16 އޮކްޓޯބަރ 2018 ( އަންގާރަ )

banner

ޒޯން 8 ގެ ފައިނަލް ގެ ފުރަތަމަ މެޗު ދޫޑިގަލާނޯ އަށް ގެއްލިއްޖެ

ފުވައްމުލަކު މައިލޯ ދަޑުގައި ކުރިއަށްދިޔަ ޒޯން 8 ގެ ފައިނަލްގެ ފުރަތަމަ ލެގުގައި ދޫޑިގަލާނޯގެ މައްޗަށް އައްޑުއަތޮޅު ހިތަދޫ ފުޓްބޯޅަ ކުލަބުން ކުރިހޯދައިފިއެވެ. މިމެޗު ހިތަދޫ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ހިތަދޫ ޓީމުން ކޮންމެ ހާފެއްގައިވެސް ގޯލެއް ކާމިޔާބުކުރިއެވެ. ފުރަތަމަ ގޯލް ކާމިޔާބުކުރީ ހިތަދޫ ޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ޑޭވިޑް އޮސާގީއެވެ.

މެޗްގެ ދެވަނަ ހާފަށް ދޫނޑިގަލޯނާ އިން އިތުރު ހިތްވަރަކާއި އެކު ނިކުމެ ގޯލެއް ޖެހޭތޯ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ދެވަނަ ހާފް ފަށައިގެން ގިނައިރުތަކެއް ނުވެ ހިތަދޫ ޓީމުގެ އަޓަންގާނާ އޮނަންބެލޭ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 0-2 އަށް ބަދަލުކޮށްފައެވެ. 

ފައިނަލް މެޗުގެ ދެވަނަ ލެގު އޮންނާނީ މިމަހު 10 ވަނަ ދުވަހު އައްޑުއަތޮޅު ހިތަދޫގައެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު