16 އޮކްޓޯބަރ 2018 ( އަންގާރަ )

banner

މިދިޔަ އަހަރު ސިޓީ ކައުންސިލުން ބޭއްވި ވެޓަރަންސް ފުޓްސަލް މުބާރާތުގެ ތެރެއިން. ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

ވެޓެރަންސް ފުޓުސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކުރާ ވެޓެރަންސް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މެއި މަހު 1 ވަނަ ދުވަހުން ފެށިގެންނެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ ފުވައްމުލަކު ގެ އޮފީސްތަކާއި އަވަށްތަކުގެ ޓީމުތަކަށެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމުތަކުން މި އޭޕްރީލް މަހުގެ 22 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހަޅަން ޖެހެއެވެ.

ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު އެއިދާރާގެ ފޭސްބުކް ޕޭޖުންނާއި އެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެކަމަށް މިއަދު ކުރި އިއުލާނުގައި ވެއެވެ.

 މިއީ އެ އިދާރާއިން ބާއްވާ ދެވަނަ ވެޓަރަންސް ފުޓްސަލް މުބާރާތެވެ. އެއިދާރާގެ ކުޅިވަރު ކަލަންޑަރުގައި ވާގޮތުން މި އަހަރުގެ ރޯދައިގެ ފަހުން ކުރިޔަށް ގެންދިއުމަށް އަދި އިތުރު ގިނަ މުބާރާތްތަކެއް ރާވާފައި ވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު