ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޏ.އަތޮޅު ހޮސްޕިޓަލުގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި ފުޓްސަލް މެޗްތައް މިއަދު ހަވީރު ކުޅެފިއެވެ. އަންހެނުންގެ މެޗުގައި ފުވައްމުލަކު ހޮސްޕިޓަލުގެ ޓީމާއި ވާދަކުރީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ އަންހެން ޓީމެކެވެ. އަދި ފިރިހެނުންގެ މެޗުގައި ޏ.އަތޮޅު ހޮސްޕިޓަލް ގެ ޓީމާއި ވާދަކުރީ ވެމްކޯ-ފުވައްމުލަކުގެ ޓީމެކެވެ.
އެކުވެރިކަމުގެ އަންހެނުންގެ މެޗު ނިމުނީ 3-3 ން ދެޓީމު އެއްވަރުވެގެންނެވެ. ފިރިހެނުންގެ އެކުވެރިކަމުގެ މެޗު ނިމުނީ 5-0ން ޏ.އަތޮޅު ހޮސްޕިޓަލުގެ ޓީމު މޮޅު ވެގެންނެވެ. މިމެޗުތައް ކުޅެފައި ވަނީ ފުވައްމުލަކު މެދު ދާއިރާގެ ފުޓްސަލް ކޯޓުގައެވެ.
+1
+1
ޚިޔާލުތައް