17 އޮކްޓޯބަރ 2018 ( ބުދަ )

banner

އެމްޖޭއެސްގެ ކްރިކެޓް ޓީމު: ފޮޓޯ: ކްރިކެޓް ފުވައްމުލައް

ފުވައްމުލަކު ސްކޫލްތަކުގެ ކްރިކެޓް މުބާރާތް ފޯރިއާއެކު ކުރިޔަށް

ފުވައްމުލަކު ސްކޫލްތަކުގެ މެދުގައި ބާއްވާ ކްރިކެޓް މުބާރާތް ފޯރިއާއެކު ކުރިޔަށް އެބަދެއެވެ. މިމުބާރާތުގެ ކުޅުން އޮންނަނީ ފުވައްމުލަކު ކްރިކެޓް ގްރައުންޑްގައެވެ. މި އޭޕްރީލް މަހު 7 ގައި ފެށި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބައިގެ މެޗުތައް މިވަނީ ނިމިފައެވެ. ދޮން އޮތީ ސެމީ ފައިނަލް މެޗުތަކެވެ.

މުބާރާތުގައި ވާދަކުރާ ފުވައްމުލަކު ސްކޫލުގެ އަންހެން ޓީމު ވަނީ ގްރޫޕް ސްޓޭޖުން އެއްވަނަ ހޯދައި ފައިނަލަށް ދަތުރުކޮށްފައެވެ. އަދި ފިރިހެން ކުދިންގެ 13 އަހަރުން ދަށުގެ ބައިން އެމްޖޭއެސްގެ ޓީމު ވެސް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. މާދަމާ ކުޅެވޭ ސެމީ ފައިނަލު މެޗުތަކަށް ފަހު ފައިނަލުގައި ވާދަކުރާނެ ޓީމުތައް ކަށަވަރު ވެގެން ދާނެއެވެ.

މުބާރާތުގައި ދެން ހިމެނޭ 14 އަހަރުން ދަށުގެ ބައިގެ މެޗުތައް ކުޅެން ފަށާނީ މިމަހު 11 ވާ ބުދަ ދުވަހުއެވެ.

މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހޭޒްގެ އަންހެން ކުދިންގެ ޓީމާއި އެމްޖޭއެސްގެ އަންހެން ކުދިންގެ ޓީމެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްއެސްގެ 13 އަހަރުން ދަށުގެ ފިރިހެން ޓީމާއި ހޭޒްގެ 13 އަހަރުން ދަށުގެ ފިރިހެން ޓީމެވެ.

މާދަމާ ފުރަތަމަ މެޗު 1:45 ގައި އަދި ދެވަނަ މެޗު 4:00ގައި ފަށާނެއެވެ. މުބާރާތުގެ މެޗުތައް ނިމޭނީ 16 އޭޕްރީލް ވާ ހޯމަ ދުވަހުއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު