17 އޮކްޓޯބަރ 2018 ( ބުދަ )

banner

ކޮކާކޯލާ ލޯންގްރަން މެރަތަން ހައްމާދު ކާމިޔާބުކޮށްފި

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ކޮކާކޯލާ ލޯންގް ރަން ގެ މެރަތަން ކެޓަގަރީ ހައްމާދު ޝަފީގު ކާމިޔާބުކޮށްފިއެވެ. މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ކުރިއަށްދިޔަ ލޯންގުރަން ގެ މެރަތަން ހައްމާދު ނިންމާފައިވަނީ 3 ގަޑި 30 މިނިޓް 58 ސިކުންތުންނެވެ. ހައްމާދު ފަހަތުން ދެވަނައަށް މިރޭސް ނިންމާފައިވަނީ މަޝްހޫރު ދުވުންތެރިއާ އާތިފެވެ. އާތިފު މެރަތަން ނިންމާފައިވަނީ 03 ގަޑި 35 މިނިޓް 44 ސިކުންތުންނެވެ.

ޓީއެފްޖީން އިންތިޒާމް ކުރި މިއިވެންޓްގައި ޖުމްލަ 1500 އެއްހާ ބައިވެރިންވަނީ 4 ކެޓަގަރީއަކުން ބައިވެރިވެފައެވެ. އެއީ މެރަތަން އާއި ހާފް މެރެތަން އާއި 10 ކިލޯމީޓަރުގެ ކެޓަގަރީގެ އިތުރުން 5 ކިލޯ މީޓާރުގެ ކެޓަގަރީ އެވެ. 

ދިގު ދުވުންތަކުގައި ފުވައްމުލަކު ބައިވެރިން ދަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން 312 ބައިވެރިންނާއިއެކު މިދިޔަ އަހަރު އައްޑު އަތޮޅުގައި ކުރިއަށްގެންދިޔަ “ކޮކާކޯލާ ރަން އިން އައްޑޫ” ގެ ހާފްމެރަތަން ބައިން އެއްވަނަ ހޯދައިފައިވަނީ ވެސް ފުވައްމުލަކުގެ ދުވުންތެރިއެކެވެ. ފުވައްމުލަކު ބީޗްވޭ، ހަސަން އާމިރު އެރޭސް ނިންމާފައި ވަނީ 1:50:16 އިންނެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު