17 އޯގަސްޓް 2018 (ހުކުރު)


ސްކޫލް ކުދިންގެ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޭޒް އާއި އެމްޖޭއެސްގެ ޓީމުތަކަށް

ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހޭޒްގެ 14އ.ދ އަންހެން އަދި ފިރިހެން ޓީމާއި އެމްޖޭއެސްގެ 12 އ.ދ އަދި 13 އ.ދ ޓީމު.

ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހޭޒްގެ 14އ.ދ އަންހެން އަދި ފިރިހެން ޓީމާއި އެމްޖޭއެސްގެ 12 އ.ދ އަދި 13 އ.ދ ޓީމު.

ފުވައްމުލަކު ސްކޫލްތަކުގެ މެދުގައި ބޭއްވި ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މިފަހަރު ހޯދީ އެމްޖޭއެސް އާއި ހޭޒްގެ ޓީމުތަކުން ނެވެ. އިއްޔެ ފުވައްމުލަކު ކްރިކެޓް މި އޭޕްރީލް މަހު 7 ގައި ފެށި މުބާރާތުގެ ކުޅުން އިއްޔެ ނިންމާލިއިރު މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އާއި ހާފިޒް އަޙުމަދު (ހޭޒް) އާއި ދެސްކޫލުން ވެސް ވަނީ ދެބައިގެ 1ވަނަ މަގާމު ހާސިލު ކޮށްފައެވެ.

ހޭޒް އިން ވަނީ 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ ބައިން ވެސް ޗެމްޕިއަންކަން ހޯދާފައެވެ. ފާއިތުވި އަހަރު ވެސް އަންހެން ކުދިންގެ ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހޭޒްގެ އަންހެން ޓީމުނެވެ. އެމްޖޭއެސް ޗެމްޕއަންކަން ހޯދީ 12 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބަޔާއި 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިންނެވެ. ފައިތުވި އަހަރު ފިރިހެން ކުދިންގެ ބައިން ޗެމްޕއިންހަކން ހޯދާފައިވަނީ އެމްޖޭއެސްގެ ޓީމުންނެވެ. ނަމަވެސް އެފަހަރު މުޅި މުބާރާތުގައި އއޮތީ އެއް އޭޖް ގްރޫޕެވެ. މިފަހަރުގެ މުބާރާތުގައި އަންހެން ދަރިވަރުން ބައިވެރިިވެފައި ވަނީ ހަމައެކަނި 14 އަހަރުން ދަށުގެ ބައިގައެވެ.

މިދެ ސްކޫލުގެ ިއތުރުން މިމުބާރާތުގައި ވާދަކުރީ ފުވައްމުލަކު ސްކޫލުގެ ޓީމުތަކުންނެވެ. އެސްކޫލުގެ ޓީމުތައް ވެސް ވަނީ ދެ ފައިނަލް ގައި ވާދަކޮށްފައެވެ. ފުވައްމުލަކު ސްކޫލުގެ ކްރރިކެޓް ޓީމު އަންނަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދަމުން ކަމަށް ކްރިކެޓް ފުވައްމުލައް އިން ހާމަކުރެއެވެ.

މި އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާގެ ސްކޫލުކު ދިންގެ ކްރިކެޓް ޓީމެއް ވެސް ވަނީ ފުވައްމުލަކަށް ޒިޔާރަތްކޮށް އެކުވެރިކެމުގެ ކްރިކެޓް މެޗްތަކެއް ކުޅެފައެވެ.

މިއީ ކްރިކެޓް ފުވައްމުލައް އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ގުޅިގެން ހިންގާ ޔޫތު ޑިވެލޮޕްމެންޓް ކުރިކެޓް ޕްރޮގާމެކެވެ. މިމުބާރާތުގެ އިތުރުން ކްރިކެޓް ކޯޗެއްގެ އިރުޝާދުގެ ދަށުން މުޅި އަހަރުތެރޭގައި ހިލޭ ކްރިކެޓް ޓްރެއިންގ ފުވައްމުލަކުގައި ކުރިޔަށް ގެންދާތާ ދެއަހަށް ވުރެވެސް ގިނަ ދުވަސް ވެއްޖެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!