17 އޯގަސްޓް 2018 (ހުކުރު)


ނެޓްބޯޅް މުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޭޒް ޓީމަށް

15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ހޭޒްގެ ޓީމު. ފޮޓޯ: ހޭޒް

15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ހޭޒްގެ ޓީމު. ފޮޓޯ: ހޭޒް

އައްޑޫ ސިޓީގައި ކުރިޔަށްދިޔަ ސްކޫލްތަކުގެ ނެޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ފުވައްމުލަކުގެ ހާފިޒް އަހުމަދު ސްކޫލު(ހޭޒް)ން ހޯދައިފިއެވެ. ހޭޒްގެ ޓީމުން މުބާރާތް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގައި ހިތަދޫ ސްކޫލްގެ ޓީމު 15 ޕޮއިންޓް 10 ޕޮައިންޓުން ބަލިކޮށް ހޭޒުގެ ޓީމުން ވަނީ މުބާރާތުގެ ތަށި އުފުލާ ލާފައެވެ.

މި މުބާރާތުގައި އައްޑޫގެ ގިނަ ސްކޫލްތަކުގެ ޓީމުތަކާއި ފުވައްމުލަކުގެ މުހައްމަދު ޖަމާލުއްދީން ސްކޫލުން (އެމްޖޭއެސް) އިން ބައިވެރިވިއެވެ.

މިމުބާރާތުގައި ހޭޒްގެ ޓީމުން ކާމިޔާބު ހޯދަފައިވާ ގޮތް:

ހޭޒްގެ ޓީމު 17-4 ޕޮއިންޓް މަރަދޫ-ފޭދޫ ސްކޫލް ޓީމު

ހޭޒްގެ ޓީމު 17-7 ޕޮއިންޓް ފޭދޫ ސްކޫލް ޓީމު

ހޭޒްގެ ޓީމު 19-10 ޕޮއިންޓް ޝަރަފުއްދީން ސްކޫލް ޓީމް

ސެމީ ފައިނަލް މެޗް: ހޭޒްގެ ޓީމު 16-9 ހުޅުދޫ ސްކޫލް ޓީމު

ފައިނަލް މެޗް: ހޭޒްގެ ޓީމު 15-10 ހިތަދޫ ސްކޫލް ޓީމު

ބައްދަލު ކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައި ވެއެވެ.

މިމުބާރާތުގައި ޖުމްލަ 14 ޓީމަކުން ވާދަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!