A wide advertisement which will be shown on all devices. (700 x 100)

ވެޓެރަންސް ފުޓްސަލް މުބާރާތުގެ ގުރުލުން މިރޭ ސިޓީ ކައުންސިލް އިދާރާގައި ބާއްވައިފި

މިރޭ ސިޓީ ކައުނސިލް އިދާރާގާިއ ބޭއްވުނު ގުރުލުމުގެ ރަސްމިއްޔާތު. ފޮޓޯ:ފވމ ސިޓީ ކައުންސިލް

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ވެޓެރަންސް ފުޓްސަލް މުބާރާތުގެ ގުރުލުން މިރޭ ސިޓީ ކައުންސިލް އިދާރާގައި ބާއްވައިފިއެވެ. މުބާރާތުގައި ބައިވެރިވި 7 ޓީމު ވަނީ ދެގްރޫޕަކަށް ބަހާލާފައެވެ. މި ފެށޭ މެއި މަހު 1 ން 6 ށް ކުޅުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ކުޅެވޭނީ ގުރޫޕް މެދުގައި ލީގު އުސޫލުން ނެވެ. 

ކޮންމެ ގްރޫޕަކުން ވެސ ްދެޓީމު ސެމީފައިނަލަށް ދާގޮތަށް ރޭވިފައިވާއިރު، ސެމީ ފައިނަލުގަިއ ވާދަކުރާނީ ކްރޮސްކޮށް ދެގްރޫޕްގެ ޓީމުތަކެވެ. ސެމީފައންލުގެ ދެމެޗުން މޮޅުވާ ޓީމުތައް ފައިނަލުގަިއ ކުޅޭނީ މެއި 6 ވަނަދުވަހުގެ ރޭގަޑު 8:30 ގައެވެ. ވަނަ ދުވަހުން ފެށިގެންނެވެ.

މުބާރޓާތުގެ ޣްރޫޕްތަކަށ ްޓީމުތައް ގްރުއަތުން ހޮވިފައި ވަނީ:

ގްރޫޕް 1 

A ދަޑިމަގު ނެރަގަނޑު

B އެމްއެންޑީއެފް ފުވައްމުލައް ޕޯސްޓްގެ ޓީމް

C އައިޑިއަލް ސްކޫލް ޓީމް

D އެފްސީ ދިގުވާނޑު

ގްރޫޕް 2 

E ފުވައްމުލައް ސިޓީ ޕޮލިސް ޓީމް

F ޓީމް ފެނަކަ  

G މާލެގަން ޔޫތު ފައުންޑޭޝަންގެ ޓީމެކވެ.

މުބާރާތް ހުޅުވާ މެޗުގައި ދަޑިމަގު ނެރަގަނޑު AB އެމްއެންޑީއެފް ފުވައްމުލައް ޕޯސްޓްގެ ޓީމް ބައްދަލުކުރާނީ 1 މެއި ދުވަހުގެ ހަވީރު 4:30ގައިއެވެ.  ދެވަނަ މެޗުގައި އެދުވަހުގެ ރޭ 8:30 ގައި ބައްދަލު ކުރާނީ E ފުވައްމުލައް ސިޓީ ޕޮލިސް ޓީމް EF ޓީމް ފެނަކަ އެވެ. ތިންވަނަ މެޗުގައި އެރޭ 9:30ގައި ބައްދަލުކުރާނީ އައިޑިއަލް ސްކޫލް ޓީމް CD އެފްސީ ދިގުވާނޑު ޓީމެވެ.

މިއީ ފުވައްމުލައް ސިޓީ ކައުންސިލުން ބާއްވާ ދެވަނަ ވެޓަރަންސް ފުޓްސަލް މުބާރާތެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !