A wide advertisement which will be shown on all devices. (700 x 100)

ފޯރިއާއެކު ވެޓެރަންސް ފުޓްސަލް މުބާރާތް ކުރިޔަށް

ފުވައްމުލައް ސިޓީ ކައުންސިލްގެ ވެޓެރަންސް މުބާރާތް 2018. ފޮޓޯ؛ ފވމސިޓީ ކައުންސިލް

މި މޭ މަހު 1 ގައި ފެށި ވެޓެރަންސް ފުޓްސަލް މުބާރާތުގެ ދެދުވަހުގަިއ ވަނީ 4 މެޗް ކުޅޭފައެވެ. މިހާތަނަށް ހުރިހާ ޓީމަކުން ވެސް ވަނީ މަދުވެގެން އެއް މެޗު ކުޅެފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ދަޑިމަގު ނެރެގަނޑު ޓީމާއި ފުވައްމުލަކު އެމްއެންޑީއެފް ޕޯސްޓްގެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 3-3 ން އެއްވަރު ވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެމްއެންޑީއެފް ޓީމުގެ ޖާރޒީ ނަމްބަރު 5 ނާއިފް ސައީދެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ގްރޫޕް ބީގެ ފުވައްމުލައް ސިޓީ ޕޮލިސް ޓީމާއި، ޓީމް ފެނަކަ ބައްދަލކުރި މެޗު ނިމުނީ 5 – 5 ން ދެ ޓީމު އެއްވަރުވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ މިމެޗުގެ މޮޅު ކުޅުންތެރިއަކީ ފުވައްމުލައް ސިޓީ ޕޮލިސްޓީމުގެ ޖާރޒީ ނަމަބަރު 6 އިބްރާހިމް އަކުރަމް އެވެ.

މެ 1 ވަނަ ދުވަހުގެ ރޭ ކުޅެވުނު ފަހު މެޗުގައި ބައްދަލުކުރީ ގްރޫޕް އޭ ގެ އައިޑިއަލް ސްކޫލުގެ ޓީމާއި އެފްސީ ދިގުވާނޑު ޓީމެވެ. މިމެޗު ނިމުނީ 9 – 1 ގެ ބޮޑު ތަފާތަކުން އެފްސީ ދިގުވާނޑު މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ދިގުވާނޑު ޓީމުގެ ޖާރޒީ ނަމްބަރު 10 އަހުމަދު އަޝްރަފެވެ.

އިއްޔެ ކުޅެވުނު މުބާރާތުގެ 4 ވަނަ މެޗު ތީމް ފެނަކައިން ފަސޭހަކަމާއެކު ކާމިޔާބުކުރީ 10 – 0 އިން މާލެގަމު ޔޫތު ފައުންޑޭޝަންގެ ޓީމު ބަލިކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ޓީމު ފެނަކައިގެ ޖާޒީ ނަމްބަރު 4 ގާސިމް މުޙައްމަދެވެ.

މިނަތީޖާއާއެކު މާލެގަން ޠޫތު ފައުންޑޭޝަންގެ ޓީމަށް ކުޅުނު ދެމެޗުން ބަލިވެ މުބާރާތުގަިއ އިތުރަށް ކުރިޔަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

މިއަދު ވެސް މުބާރާތުގެ 3 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ހަވީރު 4:30ގައި ބައްދަލުކުރާނީ އެމްއެންޑީއެފް ފުވައްމުލައް ޕޯސްޓގެ ޓީމާއި އެފްސީ ދިގުވާނޑު ޓީމުގެ މެވެޗެ. މިރޭގެ ފުރަތަމަ މެޗުގައި ދަށިމަގު ނެރަގަނޑު ޓީމާއި އައިޑިއަލް ސްކޫލް ކުޅެ އިރު ދެވަނަ މެޗުގައި ފުވައްމުލައް ސިޓީ ޕޮލިސް ޓީމާއި މާލެގަމު ޔޫތު ފައުންޑޭޝަން ޓީމު ބައްދަލުކުރާ މެޗު ފަށާނީ 9:30 ގައެވެ. 

މިއީ ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަމުންއަންނަ މުބާރާތުމުބާރާތެކެވެ މި މުބާރާތުގައި ބައިވެރިވެފައި ވަނީ 7 ޓީމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !