17 އޯގަސްޓް 2018 (ހުކުރު)


ވެޓަރަންސް ފުޓުސަލް މުބާރާތުގެ ސެމީ ފައިނަލަށް ޓީމުތައް ހޮވިއްޖެ

އެފްސީ ދިގުވާޑު އަދި ދަޑިމަގު ނެރަގަނޑު ޓީމު ބައްދަލުކުރިމެޗު 4-6 ން އެފްސީ ދިގުވާނޑަށް. ފޮޓޯ: ފވމ ސިޓީ ކައުންސިލް

އެފްސީ ދިގުވާޑު އަދި ދަޑިމަގު ނެރަގަނޑު ޓީމު ބައްދަލުކުރިމެޗު 4-6 ން އެފްސީ ދިގުވާނޑަށް. ފޮޓޯ: ފވމ ސިޓީ ކައުންސިލް

މެދު ދާއިރާގެ ފުޓްސަލް ކޯޓުގައި މިހާރު ކުރިަޔަށްދާ ވެޓެރަންސް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުން އެފްސީ ދިގުވާޑު ޓީމު ޖާގަ ހޯދައިފިއެވެ. އެ ޓީމު ސެމީފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅު ވެގެންނެވެ. ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމުނު އިރު ސެމީ ފައިނަލުން ދެން ޖާގަ ލިބުނީ ގުރޫޕު 1 ން އެމްއެންޑީއެފް ފުވައްމުލައް ޓީމަށާއި ގްރޫޕް 2 ން ޓީމް ފެނަކައަށާއި ފުވައްމުލައް ޕޮލިސް ޓީމަށެވެ.

ގޫރޫޕް 1 ން ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް އެމްއެންޑީއެފް ފުވައްމުލައް ޓީމު ދިޔައީ ފައިދާ ގޯލުން ދަޑިމަގު ޓީމަށް ވުރެ ކުރި ލިބިގެންނެވެ. ދަޑިމަގު ޓީމަށް 4 ޕޮއިންޓާއި ގެއްލުން އެއް ގޯލު އޮތް އިރު އެމްއެންޑީއެފް ފުވައްމުލައް ޓީމަށް 4 ޕޮއިންޓާއި ފައިދާ އެއް ގޯލުން ކުރި ލިބެއެވެ.

މިރޭ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި އެފްސީ ދިގުވާޑު ޓީމާއި ބައްދަލުކުރާނީ ގްރޫޕް 2 ގެ ދެވަނަ ޓީމު ކަމަށްވާ ފުވައްމުލައް ޕޮލިސް ޓީމެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޓީމް ފެނަކަ އާއި އެމްއެންޑީއެފް ފުވައްމުލައް ޓީމެވެ.

މުބާރާތުގެ 5 ވަނަ މެޗު: އެމްއެންޑީއެފް ފުވައްމުލައް ޓީމު 3 - 5 އެފްސީ ދިގުވާނޑު ޓީމު

6 ވަނަ މެޗު: ދަޑިމަގު ނެރަގނަޑު ޓީމު 4 - 3 އައިޑިއަލް ސްކޫލް ޓީމު

7 ވަނަ މެޗު: ފުވައްމުލައް ސިޓީ ޕޮލިސް ޓީމު 11 - 7 މާލެގަން ޔޫތު ފައުންޑޭޝަން ޓީމު

8 ވަނަ މެޗުު: ދަޑިމަގު ނެރަގަނޑު ޓީމު 4 - 6 އެފްސީ ދިގުވާނޑު ޓީމު

9 ވަނަ މެޗު: އެމްއެންޑީއެފް ފުވައްމުލައް ޓީމު 3 - 0 އައިޑިއަލް ސްކޫލް ޓީމު

މިރޭ މުބާރާތުގެ ސެމީ ފައިނަލް ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ، 6 މެއި އާދީއްތަ ދުވަހުގެ ރެއެވެ.

މިއީ މި މުބާރަތް ފުވައްމުލަކު ސިޓީ ކައުންސިލުން ބާއްވާ ދެވަަނަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގައި 7 ޓީމަކުން ބައިވެރިވެފައި ވެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!