17 އޮކްޓޯބަރ 2018 ( ބުދަ )

banner

ވެޓެރަންސް ފުޓްސަލް މުބާރާތް 2018ގެ ޗެމްޕިއަންކަން އެފްސީ ދިގުވާނޑު ޓީމަށް

ފުވައްމުލައް ސިޓީ ކައުންސިލުން ކުރިޔަށް ގެންދިޔަ 2 ވަނަ ވެޓެރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ދިގުވާނޑު ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗުގައި އެފްސީ ދިގުވާނޑު ޓީމުން އިއްޔެ ރޭ ވަނީ އެމްއެންޑީއެފް ފުވައްމުލައް ޓީމުގެ މައްޗަށް 6 ލަންޑު 0 ލަންޑުން ކުރި ހޯދައިފައެވެ. މުބާރާތުގެ ފައިނަލް މެޗަށްފަހު މިމުބާރާތުގެ މަގާމުތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.

މުބާރާތުގެ ޗެމްޕިއަން އެފްސީ ދިގުވާނޑު ޓީމަށް ވަނީ ރަން މެޑެލާއި ޓްރޮފީ އަދި ފައިސާގެ އިންމު ވަނީ ހަވާލުކޮށްފައެވެ. މުބާރާތުގެ ރަނަރަޕް ޓީމު، އެމްއެންޑީއެފް ފުވައްމުލައް ޓީމަށްވެސް ވަނީ ރިހިމެޑެލާއި އިނާމު ހަވާލުކޮށްދީފައެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމަށް އެފްސީ ދިގުވާނޑު ޓީމުގެ މުޙައްމަދު އަޝްރަފު ޖާޒީ ނަމްބަރު 10 ހޮވުވުނީ މުބާރާތުގައި 15 ގޯލު ޖަހައިގެންނެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އެފްސީ ދިގުވާނޑު ޓީމުގެ ކޯޗު ހަސަން ސަޢީދު އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ދިގުވާނޑު ޓީމުގެ ޖާޒީ ނަމްބަރު 17 އަޙުމަދު ސަޢީދު އެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަނީ:

އެފްސީ ދިގުވާނޑު ޓީމުގެ ޖާޒީ ނަމްބަރު 17 އަޙުމަދު ސަޢީދު

އެފްސީ ދިގުވާނޑު ޓީމުގެ ޖާޒީ ނަމްބަރު 10 މުޙައްމަދު އަޝްރަފު

އެފްސީ ދިގުވާނޑު ޓީމުގެ ޖާޒީ ނަމްބަރު 18 ނިއުޝާދު އަލީ

އެމްއެންޑީއެފް ފުވައްމުލައް ޓީމުގެ ޖާރޒީ ނަމްބަރު 5 ނާއިފު ސަޢީދު

ފުވައްމުލައް ސިޓީ ޕޮލިސް ޓީމުގެ ޖާޒީ ނަމަބަރު 7 އިބްރާހިމް އަކުރަމް އެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗުގެ ނަތީޖާ:

ފުވައްމުލައް ސިޓީ ޕޮލިސް ޓީމުގެ 3 – 6 އެފްސީ ދިގުވާނޑު ޓީމު

މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ދިގުވާނޑު ޓީމުގެ ޖާޒީ ނަމްބަރު 17 އަޙުމަދު ސަޢީދު އެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗު:

އެމްއެންޑީއެފް ފުވައްމުލައް ޓީމު 4 – 2 ޓީމު ފެނަކަ  

މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެމްއެންޑީއެފް ފުވައްމުލައް ޓީމުގެ ޖާރޒީ ނަމްބަރު 5 ނާއިފު ސަޢީދު  އެވެ.  

ފާއިތުވި އަހަރު އޮކްޓޯބަރު މަހު ބޭއްވި ސިޓީ ކައުންސިލްގެ ފުރަތަމަ ވެޓެރަންސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ މިސްކިތްމަގު އެންމެގެ ގުޅުމުގެ ޓީމުންނެވެ. މިފަހަރުގެ މުބާރާތުގައި އެޓީމުން ބައިވެރިވެފައެއް ނުވެއެވެ.

ގުޅޭ ލިންކު: ވެޓަރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މިސްކިތްމަގަށް

banner

ކިޔުންތެރިންގެ ޚިޔާލު