24 މެއި 2018 (ބުރާސްފަތި)


ކުޅިވަރުގެ ރޮނގުން އެންމެ މަތީ ކާމިޔާބީއެއް ހޯދި ފުވައްމުލަކުގެ ފަރާތަކަށް ޖޫޒާން

ޖޫޒާން ޒަރީރު 'މިހާރު'ގެ އެންމެ މޮޅު އަންހެން ވޮލީ ބޮޅަ ކުޅުންތެރިއާގެ ޓްރޮފީއާއި ހަވާލު ވަނީ. ފޮޓޯ: މިހާރު ނޫސް

ޖޫޒާން ޒަރީރު 'މިހާރު'ގެ އެންމެ މޮޅު އަންހެން ވޮލީ ބޮޅަ ކުޅުންތެރިއާގެ ޓްރޮފީއާއި ހަވާލު ވަނީ. ފޮޓޯ: މިހާރު ނޫސް

ކުޅިވަރުގެ ރޮނގުން މިހާތަނަށް ފުވައްމުލަކުގެ މީހަކު ހޯދި އެންމެ މަތީ ކާމިޔާބީ ވޮލީ ބޯޅަ ކުޅުންތެރިޔާ ޖޫޒާން ޒަރީރު ހޯދައިފިއެވެ. ޖޫޒާން ގެ މިކާމީޔާބީ ގުޅިފަިއވަނީ ފާިތުވި 2017 ވަނަ އަހަރު އަންހެންުންގެ ވޮލީގެ އެކިއެކި މުބާރާތްތަކުގައި ދެއްކި މޮޅު ކުޅުމުންނެވެ. ޖޫޒާން އަށް ވަނީ 'މިހާރު' ނޫހުން ހޮވާ ރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީބޯލަ ކުޅުންތެރިޔާގެ މަގާމު ލިބިފައެވެ. މިއީ މިހާތަނަށް ފުވައމްުލަކުގެ ކުޅިވަރު ކުޅުންތެރިއަކަށް ލިބިފައިވާ ޝަރަފެއް ނޫނެވެ.

ކުރިން 'ހަވީރު' ނޫހުން ކުރިޔަށް ގެންދިޔަ ފާއިތުވާ އަހަރުގެ އެންމެ މޮޅު ކުޅިވަރު ކުޅުންތެރިންގެ ހޮވައި އިނާމުދިނުމުގެ ބައި ކުރިޔަށް ގެންދިއުމަށް 'މިހަރު' ނޫހުން މިވަނީ ފަށާފައެވެ. މިއީ ގައުމީ ފެންވަރުގައި ކުރިޔަށް ގެންދެވޭ އިނާމުދިނުމުގެ ރަސްމިއްޔާތެކެވެ.

ޖޫޒާން އަށް މިމަގާމަށް އާދެވުނީ ފާއިތުވި 2017 ވަނަ އަހަރު ރާއްޖެގެ ވޮޅި ވގައި ދެއްކި މޮޅު ކުޅުމުންނެވެ. އޭނާ ވަނީ ފާއިތުވި އަހަރު އަންހެނުންގެ ހުރިހާ ވޮޅީ ބޯޅަ މުބާރާތެއް ކާމިޔާބުކުރި ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޓީމުގެ ކާމިޔާބީތަކުގައި ވަރަށް ފުރިހަމަ އިސްރޯލެއް އަދާކޮށްފައެވެ. 

ވޮލީބޯޅައިގެ ސެޓަރުގެ މަގާމަށް ކުޅޭ ޖޫޒާން އަށް ވަނީ ފާއިތުވި އަހަރު ބޭއްވުނު އަހްނެނުންގެ ހުރިހާ ވޮލީ ބޯޅަ މުބާރާތެއްގެ އެއްވަނަ ސެޓަރުގެ މަގާމު ޖޫޒާން ޒަރިރު ވަނީ ހޯދާފައެވެ. އަދި ފާއިތުވި އަހަރުގެ ގައުމީ އަންހެން ވޮލީ ބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ވަނީ ހާސިލުކޮށްފައެވެ.

"އުއްމީދު ކުރެވުނު ކޮންމެވެސް ވަރަކަށް އެއީ މިދިޔަ އަހަރު ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން ލިބިފައި. ހުރިހާ މުބާރާތެއްގެ މޮޅު ސެޓަރު ލިބިފައި. ގައުމީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި އިނީމަ. ކޮންމެވެސް ވަރަކަށް ހީވި އެވޯޑް ލިބިދާނެއޭ. އެކަމު ޔަގީނެއް ނުކުރަން. ދެން ވަރަށް އުފާވެއްޖެ ލިބުނީމަ. މިއީ ހުވަފެނެއް ހަގީގަތަކަށް ވުން،" ޖޫޒާން 'މިހާރު' ނޫހަށް ބުންޏެވެ.  

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!