17 އޮކްޓޯބަރ 2018 ( ބުދަ )

banner

ރޮނަލްޑިނިއޯ އާއި އޭޏާ އެއްފަހަރާ ކައިވެނި ކުރަން އުޅޭ ޕްރިސިއްލާ އާއި ބީޓްރިޒް

ރޮނަލްޑީނިއޯ އެއްފަހަރާ ދެމީހުނާއި އިންނަނީ

ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮނަލްޑިނިއޯ އެއްފަހަރާ ދެ މީހުނާއި ކައިވެނި ކުރަން ތައްޔާރުވަމުން އަންނަކަމުގެ ކަބަރުތައް ފެތުރެން ފަށައިފިއެވެ. ރޮނަލްޑީނިއޯ އެއް ވަގުތެއްގައި ކައިވެނި ކުރަން އުޅެނީ އޭނާ ގެ ދެ ލޯބިވެރިންނާއެކު އަންނަ އޯގަސްޓް މަހުގައެވެ.

ރޮނަލްޑޯ އިންނަން އުޅޭ ދެމީހުންގެ ތެރެއިން ފުރަތަމަ ލޯބިވެރިޔާ އާއީ އެކު ގިނަ ދުވަސްތަކެއް ވަންދެން ގުޅުން ބާއްވަމުން އައިސްފައި ވެއެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން އައު ކުއްޖަކާއި ރައްޓެހިވެގެން ގުޅުން ކުރިޔަށް ގެންދިޔައިރު ވެސް ކުރީގެ ލޯބިވެރިޔާއާއި އެކު އޮތް ގުޅުން ވެސް ކުރިޔަށް ގެންދާ ކަމަށް ކަބަރުތައް ބުނެއެވެ.

އަން އޮގަސްޓްމަހުގައި ރޮނަލްޑީނިއޯ އިންނަން އުޅޭ ދެ އަންހެނުންނަކީ ޕްރިސިއްލާ އާއި ބީޓްރިޒް އެވެ. ރޮނަލްޑީނިއޯ އާއެކު މި ދެމީހުން އެކުގައި ދިރިއުޅޭނީ ބްރެޒިލްގެ ރިއޯ ޑި ޖެނެރީރޯ ގައި ހުންނަ އޭނާގެ 35 މިލިޔަން ޕައުންޑްގެ އަގު ބޮޑު ގެއެއްގައެވެ.

ރޮނަލްޑީނިއޯ މި ދެ މީހުންނާއި މެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށް ކަބަރުތައް ބުނެއެވެ. އެގޮތުން އެކަކަށް ދޭ ކޮންމެ ހަދިޔާއެއް އަނެކަކަށް ވެސް ދޭ ކަމަށް ވެއެވެ. ދާދި ފަހުން ރޮނަލްޑީނިއޯ ޖަޕާނަށް ކުރި ދަތުރެއްގައި މި ދެ މީހުންނާއެކު ނަގާފައިވާ ފޮޓޯތަކަކާއި ވީޑިއޯއެއް އާނާގެ އިންސްޓްގްރާމްގައި ޝެއަރކޮށްފައި ވެއެވެ.  

ރޮނަލްޑޯގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ބްރެޒިލްގެ ރިއޯގައި ހުންނަ ކޮންޑޮމީނިއަމް އެއްގައި ވަރަށް އާދައިގެ ގޮތަކަށް ކަމަށް ވެއެވެ. އެހެނީ ބްރެޒިލްގައި ދެމީހުނާއި އިނުމަކީ އެހާ ބަލައިގަންނަ ކަމަކަށް ނުވާތީކަމަށް ބެލެވެއެވެ.

ބެލެވޭ ގޮތުގައި ރޮމާރީއޯ އެކޭ އެއްގޮތަށް ކުރީގެ ބާސެލޯނާގެ ވެސް ތަރި ރޮނަލްޑީނިއޯ ދެން ވަންނާނީ ބްރެޒިލްގެ ސިޔާސީ ދާއިރާއަށެވެ. ބްރެޒިލިއަން ރިޕަބްލިކަން ޕާޓީއާއި އޭނާ ވެސް ގުޅޭނެ ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް ބައެއް ފަރާތްކުން ބުނާ ގޮތުގައި މި ދެ ކައިވެނީީގެ ސަބަބުން ސިޔާސީ ގޮތުން އޭނާއަށް ގެއްލުންތަކެއް ވާނެއެވެ.   

banner

ކިޔުންތެރިންގެ ޚިޔާލު