20 ޖުލައި 2018 (ހުކުރު)


މިރޭގެ ބޮޑު ފައިނަލް މެޗު ބެލުމުގެ ކުރިން - ރިއާލް މެޑްރިޑް އާއި ލިވަރޕޫލް

 ޔުކުރޭންގެ ވެރިރަށް ކިއެވްގައި މިރޭ ޔޫއެފާ ޗެމްޕިއަންސް ލީގު ގެ ފައިނަލްގައި ކުޅޭނީ ރިއާލް އާއި ލިވަރޕޫލް. ފޮޓޯ: ޔޫއެފާ

ޔުކުރޭންގެ ވެރިރަށް ކިއެވްގައި މިރޭ ޔޫއެފާ ޗެމްޕިއަންސް ލީގު ގެ ފައިނަލްގައި ކުޅޭނީ ރިއާލް އާއި ލިވަރޕޫލް. ފޮޓޯ: ޔޫއެފާ

ޔޫރަޕުގެ އަދި ދުނިޔޭގެ ކްލަބުތަކުގެ ވެސް އެންމެ ޝަރަފުވެރި މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގު ގެ ފައިނަލް ކުޅެން ޔުކުރޭންގެ ވެރިރަށް ކިއެވް މިވަނީ ތައްޔާރު ވެފައެވެ. މިރޭގެ ފައިނަލްގައި ބައްދަލުކުރަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ސްޕެއިންގެ ރިއަލް މެޑްރިޑާއި އިނގިރޭސި ވިލާތުގެ ލިވަރޕޫލް އެވެ. މި ދެ ޓީމަށް ވެސް މި އަހަރު އަމިއްލަ ގައުމުގެ ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. ބޮޑަށް ފޯމުގައި ކުޅެފައިވަނީ ލިވަރޕޫލް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. މިރޭގެ ފައިނަލް މެޗު ކުޅޭނީ 70000 މީހުންގެ ޖާގައިގެ ކިއެވްގެ އެންއެސްސީ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. 

މިރޭގެ މެޗު ބައެއް މީހުން ސިފަ ކުރަނީ އަލަށް ވިދަން ފެށި ލިވަރޕޫލްގެ ފޯވަރޑް މުހައްމަދު ސަލާޙު އާއި މަޝްހޫރު ފުޓުބޯޅަ ތަރި ކްރިސްޓިއާނާ ރޮނަލްޑޯގެ ކުރިމަތިލުމެއް ކަމަށެވެ. މިމުބާރާތް ލިވަރ ޕޫލަށް ކާމިޔާބު ކުރެވިއްޖެނަމަ ސަލާހުއަށް ދުނިޔޭގެ އެނެމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާއަށް ލިބުމާއި ގާތްކަމަށް ގިނަ ބަޔަކު ދެކެއެވެ. 

ކްރިސްޓިއާނާ ރޮޮނަލްޑޯއަށް އަމިއްލަ ގައުމުގެ ލީގުގައި މިފަހަރު އެންމެ އަލިގަދަކޮށް ފެނިގެން ނުދިޔައަސް މިމުބާރާތުގައި ފެންނަނީ ވަރަށް ކާމިޔާބުކޮށެވެ. އެގޮތުން މުބާރާތުގެ މިހާތަނަށް އެންމެ ގިނަ ގޯލު، (15 ގޯލު، 2 އެސިސްޓް) ޖަހާފައި ވަނީ އޭނާއެވެ.

ސަލާހު އިނގިރޭސި ޕްރިމިއަރ ލީގުގައި ފެންގެން ގޮސްފައި ވަނީ ވަރަށް ފޯމުގައި ކުޅެމުން ދިޔަތަނެވެ. ލީގުގައި އެންމެ ގިނަ ގޯލު ޖަހައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ވަނީ ހޯދާފައެވެ. އަދި މި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކައި 10 ގޯލާއި 4 އެސިސްޓާއިއެކު އުޅެނީ ގޯލުގެ ގޮތުން ދެވަނާގައެވެ. މިމުބާރާތުގައި އެންމެ ގިނަ ގޯލު (30 ގޯލު) ޖަހާފައި ވަނީ ވެސް ސަލާހުގެ ލިވަރޕޫލުންނެވެ. މިމުބާރާތުގެ ގޯލު ލިސްޓުގައި 3 ވަނަ އަދި 4 ވަނާގައި ވެސް ތިބީ ލިވަރޕޫލްގެ ފޯވަޑުންނެވެ. އެގޮތުން ރޮބާޓޯ ފާމިނޯއާއި ސާޑިއޯ މާނޭ ހިމެނެއެވެ.   

މުބާރާތުގެ ތާރީޚަށް ބލާއިރު ރިއަލް މެޑްރިޑުން ވަނީ 15 ފައިނަލްގައި ކުޅެ 12 ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ. ލިވަރޕޫލް ވަނީ 7 ފައިނަލް ކުޅެ 5 ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ. މިމުބާރާތަށް ބަލާއިރު ސްޕެއިނާއި އިނގިރޭސިވިލާތުގއި ވެސް އެންމެ ކާމިޔާބު ދެޓީމަކީ މިއީއެވެ.

މިފަހަރުގެ މުބާރާތުގެ ތަފާސް ހިސާބަށް ބަލާއިރު:

ޕާސް ކޮމްޕލިޝަން:

މެންޗެސްޓަރ ސިޓީ %89 

ޕެރިސް ސެއިންޓް ޖާމަނީ %89

ރިއަލް މެޑްރިޑް %89 

ބާސެލޯނާ %88 

ބޯލް ޕޮސެޝަން (އަމިއްލަ ކޮންޓްރޯލް ދަށުގައި ބޯޅަ ގެންގުޅުން)

މެންޗެސްޓަރ ސިޓީ %62

ބާސެލޯނާ %61

ބެޔާން މިޔުނިކް %56

ޑޯމުންޑް %56 

އިދިކޮޅު ގޯލަށް ހަމަލާ ދިނުން (ގޯލަށް ޖެހުން)

ބެޔާން މިޔުނިކް 219

ރިއަލް މެޑްރިޑް 208

ލިވަރޕޫލް 189

އޭއެސް ރޯމާ 161

ގޯލް ޖެހުން

ލިވަރޕޫލް 40 

ރިއަލް މެޑްރިޑް 30

ޕެރިސް ސެއިންޓް ޖާމަނީ 27

ބެޔާން މިޔުނިކް 26  

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!