A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ޔޫތު ސެންޓަރަށް ކުޅިވަރު ސާމާނު ހަދިޔާ ކުރައްވައިފި

ޔޫތު ސެންޓަރުތަކަށް ޖިމް ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުވައްމުލަކު ޔޫތު ސެންޓަރަށް ޕޮރޮޖެކްޓަރަކާއި، ކުޅިވަރު ސާމޫނގެ އިތުރުން ޖިމް ސެޓަޕް އެއް ޔޫތު މިނިސްޓްރީން ހަދިޔާ ކުރައްވައިފިއެވެ، އިއްޔެ ރޭ (އަންގާރަ ދުވަހުގެ ރޭ) މާލޭ އާރޓްގެލަރީގައި ބޭއްވި ރައީސް ޔާމީނުގެ ކުޅިވަރު ޚިދުމަތްތަކުގެ ކާމީޔާބީތައް ފާހަގަ ކުރުމުގެ ހަފުލާގައި މިތަކެތި ހަދިޔާ ކުރެއްވިކަން އިއުލާން ކުރެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމު އާދަމް އެވެ.

ރާއްޖޭގައި މިވަގުތު ގާއިމުކުރެވިފައިވާ 60 ޔޫތު ސެންޓަރުގެ ތެރެއިން ރޭގައި ތަކެތި ހަދިޔާ ކުރެއްވީ 7 ޔޫތު ސެންޓަރަކަށެވެ. އޭގެ ތެރޭގައި ފުވައްމުލަކު ޔޫތު ސެންޓަރު ވެސް ހިމެނެއެވެ. މިގޮތަށް ހަދިޔާ ކުރެވޭ ތަކެތި ބަލަހައްޓައި އެތަކެތީގެ މެއިންޓެނަންސް ކުރިޔަށް ނުގެންދެވޭނަމަ އެތަކެތިދާދި އަވަހަށް ނެތިގެން ހިނގައިދާނެ އެވެ.

ހަފުލާގައި ވާހަކަ ދައްކަމވަމުން ޔޫތު މިނިސްޓަރު ވިދާޅުވީ “މިރޭ ޒުވާނުންގެ މަރުކަޒުތަކަށް ހަމަޖެހިގެންދާ ކުޅިވަރުގެ ވަސީލަތްތަކުގެ ސަބަބުން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ތަނަސްވަސްވެގެން ދާނެ ކަމަށް އަޅުގަނޑު ދެކެން. މިރޭ ޖިމް އިކުއިޕްމަންޓް ހަމަޖެހިގެން މިދަނީ ހަތް ޒުވާނުންގެ މަރުކަޒަށް” ކަމަށެވެ. އެހެން ނަމަވެސް އިތުރު ޔޫތު ސެންޓަރުތަކަށް ޖިމް އިކްއިޕްމަންޓް ހޯދުމުގެ މަސައްކަތްކުރަމުން ގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ޔޫތު މިނސްޓަރު އިތުރަށް ވިދާޅުވީ ޒުވާނުންގެ ކުރިމަގަށާއި ކުރިއެރުމަށް ބޮޑެތި ކުރިއެރުންތަކެއްމިސަރުކާރުން ގެނެސްދޭ ރަމްޒެއްގެ ގޮތުގައި ޔޫތު ސެންޓަރު ހިމެނޭ ކަމަށެވެ.

މިނިސްޓަރު އެހެން ވިދާޅުވިއިރު ފުވައްމުލަކުގެ ޔޫތު ސެންޓަރުގެ ޙާލަތު ވަރަށް ދަށް ފެންވަރެއްގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެސެންޓަރުގެ އަމިއްލަ ލިޔެކިޔުން ބަލަހައްޓަން އޭފޯ ކަރުދާސްގަނޑެއް ހާ ހިސާބު ވެސް ނުލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ކުޑަ ބަޖެޓެއް ކަނޑައެޅިފައި ވިޔަސް އެ ބަޖެޓުން ޚަރަދު ކުރެވޭނެ އިންތިޒާމެއް ހަމަނުޖެހި އަހަރުތައް ނިމިގެންދެއެވެ.

އެ ސެންޓަރުގައި ކުރިޔަށް ގެންގޮސްފައިވާ ބައެއް ހަރަކާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ކަންތައް ހަމަނުޖެހި މީހުންގެ ޝަކުވާ ވެސް އިންތިހާއަށް ބޮޑުވެގެން ދާ ފަހަރުތައް އާދެއެވެ.

ދާދި ފަހުން ވަނީ ޔޫތު ސެންޓަރުތަކުގެ ބަޖެޓް އެރަށެއްގެ ސްކޫލްތަކާއި ހަވާލުކުރާ ގޮތަށް ހަމަޖައްސާފައެވެ. އަދި މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންކަން ނުވާނޭ ކަން ގަބޫލު ކުރުމުގެ އިޝާރާތެއް މިކަމުން ފެނިގެން ދެއެވެ. 

މީހާރު ފުވައްމުލަކު ޔޫތު ސެންޓަރުން ޒުވާނުންގެ ކުޅިވަރު އެއްވެސް ހަރަކާތެއް އިންތިޒާމު ކޮށްގެން ކުރިޔަށް ނުގެންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ވެއެވެ. 

މިފަހަރު މިހަދިޔާކުރެވުނު ސާމާނާއެކު ވެސް އެ ސެންޓަރުގެ ޚިދުމަތް ޒިވާނުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހެއެވެ.

ފުވައްމުލަކުގައި ޒުވާނުންގެ މަރުކަޒު ގާއިމުވެގެން އައި ދުވަސްވަރު އެސެންޓަރުން ވަރަށް ގިނަ ކުޅިވަރު ހަރަކާތްތަކެއް އަތޮޅު ފެންވަރުގައި ބާއްވާފައި ވެއެވެ. އަދި ޒުވާނުންގެ ޖިމްއާއި ކޮމްޕިއުޓަރ ލެބް، އަދި ފަހާ ކޯސްފަދަ ތަފާތު ހަރަކާތްތައް އާމުންނަށް ހުލުވާލެވިގެން ކުރިޔަށް ގެންދިޔަ ދުވަސްތަކެއް ވެސް ދިޔައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !