A wide advertisement which will be shown on all devices. (700 x 100)

ވޯލްޑްކަޕު ފޯރި މުޅި ގައުމުގައި

މި ރޭގެ މެޗުގައި އުރުގުއޭގެ ގޯލު ކާމިޔާބުކޮށްދިން ޑިފެންޑަރު ޖ. 2 ޖިމެނޭޒް

ވޯލްޑް ކަޕް 2018 ގެ ފޯރި މުޅިރާއްޖޭގައި ވެސް ވަރު ހިއްޕާލީ ފިތުރު ޢީދާވެސް އެކުއެވެ. ދުވާލު އީދުގެ ކުޅިވަރުތަކަށް ފަހު ރޭގަނޑު ވޯލްޑް ކަޕް މެޗުތައް ބެލުމުގައެވެ.

ރަޝިއާ 5 -0 ސައުދި އަރަބިއާ

ރޭ ވޯލޑްކަޕް ފުރަތަމަ މެޗުގައި މުބާރާތް ބޭއްވޭ ގައުމު ރަޝިއާއާއި ސައުދީ އަރަބިއާ ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކުރީ 5-0 ން ކާމިޔާބުކުރީ ރަޝިއާއެވެ. މިއީ ވޯލްޑްކަޕްގައި ވަރަށް މަދުން ނޫނީ ނުފެންނަ ވަރުގެ ތަފާތު ބޮޑު ނަތީޖާ އެކެވެ.

މިސްރު 0 – 1 އުރުގުއޭ

ގުރޫޕް އޭގެ ދެވަނަ މެޗު މެޗުގައި މިރޭ މިސުރާއި ދެކުނު އެމެރިކާގެ އުރުގުއޭ ބައްދަލުކުރި މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައެވެ. މިސްރުގެ މަޝްހޫރު ފޯވަޑް މުހައްމަދު ސޮލާޙު ބެންޗުގައި ބަހައްޓައިގެން ކުޅުނު މެޗު ގެ 89 ވަނަ މިނިޓުގައި އުރުގުއޭގެ ޑިފެންޑަރުގެ ގޯލަކުން 1-0 ން މެޗު ކުރި ހޯދިއެވެ.

މުޅި މެޗުގައިވެސް ގިނަ ހަމަލާތައް ދިނީ އުރުގުއީގެ ފޯވަޑުން ކަމަށްވާ ލުއިސް ސުއަރޭޒްއާއި އެޑިސަން ކަވާނީއެވެ. މިމެޗުގައި މިސްރުގެ އައު ކީޕަރުގެ މޮޅު ކުޅުމާއެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޭނާއެވެ.

މިރޭ ދެން ކުޅެވޭނީ ގްރޫޕް ބީގެ ދެމެޗު ކަމަށްވާ އީރާން އާއި މޮރޮކޯގެ މެޗާއި ސްޕޭން އަދި ޕޯޗުގަލް ބައްދަލުކުރާ މެޗެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !