A wide advertisement which will be shown on all devices. (700 x 100)

ހޯދަޑު ފުޓުސަލް ދަނޑު ހުޅުވައިފި

ހޯދަޑު ފުޓްސަލް ދަނޑު - ހަރުމަލުގެ ކުރިމަތިން: ކުދިންތަކެއް ކުޅެނީ

ފުވައްމުލަކުގެ ކޮންމެ އަވަށަކަށް ފުޓްސަލް ދަނޑެއް އަޅައި ދިނުމުގެ މަޝްރޫޢުގެ ދަށުން ފުވައްމުލަކު ހޯދަޑު އަވަށުގައި ހެދި ފުޓްސަލް ދަނޑު ފިތުރު ޢީދަށް ނިންމައި އާއްމުންނަށް ވަނީ ހުޅުވާލައިފައެވެ. މި ފުޓްސަލް ދަނޑު ހެދުމުގައި އަމަލީގޮތުން މަސައްކަތް ކުރި ފެނަކަ ކޯޕަރޭޝަންގެ އެސިސްޓެންޓް މެނޭޖަރު ހަސަން އަބްދުﷲ މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވަރަށް ބާރު ސްޕީޑެއްގައި މަަސްކަތްކޮށް ހޯދަޑުގެ ފުޓްސަލް ދަނޑު ފިތުރު ޢީދާއެކު އާއްމުންނަށް ހުޅުވާލާނެ ކަމަށެވެ.

ހޯދަޑު ފުޓްސަލް ދަނޑާއެކު ފުނާޑުގެ ފުޓްސަލް ދަނޑާއި މާލެގަމު ފުޓްސަލް ދަނޑުގެ މަސައްކަތް ވެސް ނިންމުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިއާއެކު ފުވައްމުލަކުގެ 8 އަވަށުގެ ތެރެއިން މާދަޑާއި ދިގުވާނޑު ފިޔަވައި ކޮންމެ އަވަށެއްގައި ފުޓުސަލް ދަނޑެއް އެޅުނީއެވެ. ކޮންމެވެސް ސަބަބަކާހެދި މި ދެއަވަށުގައި އަދި ވަނީ ފުޓްސަލް ދަނޑެއް ހެދޭ ގޮތް ނުވެފައެވެ. 

ޕިީޕީއެމްގެ ހަރަކަތްތަކުގައި ހޯދަޑުން އިސްވެ ހަރަކާތްތެރިވާ ކޯ ޓީމުގެ ލީޑަރު ހަސަން އަބްދުﷲ ނުވަތަ ކޭ ހަސަން ހާމަކުރައްވާ ގޮތުން ވަރަށް އަވަހަށް ހޯދަޑުގެ ބޮޑު ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ވެސް ފެށިގެން ދާނެއެވެ.

ހޯދަޑުގެ ފުޓްސަލް ދަނޑު ހަދަމުންދާ ގޮތާއި މެދު ފާޑުކިޔާ މީހުން ބުނަމުން ދަނީ އެ ދަނޑުގައި ޓާފު އަޅާފައި ވަނީ ވެލިގަނޑުގެ މަތީ ފަށަލަ އެއްވަރު ނުކޮށް ކަމަށެވެ. އެއާއެކު އަކިރިފުއްތައް ޓާފުގަނޑު ތެރެއަށް ވަދެގެން ޓާފުގަނޑު ހަލާކުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެންމެ ފުރަތަމަ ދަނޑުގެ ފަސްގަނޑު އެއްވަރު ކުރުމަށް ފަހު 6 މަހަށް ވުރެވެސް ގިނަ ދުވަސް ވެފައި، އަލުން މަސައްކަތް ފެށިއިރު ދަނޑުގައި އަޑިގުޑަން ވެފައިވާ ތަންތަން ރަނގަޅު ނުކޮށް ޓާފު އެޅުމަކީ ކަމަކަށް ކަމެއް ކޮށްލުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. 

މިފަދަ ވާހަކަތަކަށް ރަށްދު ދެމުން ކޭ-ހަސަަން ބުނެފައި ވަނީ ޓާފު އަޅައި އަދި އެއިގެ މަތިން ހިލަވެލި އަޅާލުމުން ދަނޑުގެ އަކިރިތަކުގެ އަސަރެއް ނުކުރާނެ ކަމަށާއި، ދަނޑު ހަދަނީ ކަމުގެ ތަޖުރިބާކާރުންގެ ފުރިހަމަ ބެލުމުގެ ދަށުން ފެންވަރު ރަނގަޅުކޮށް ކަމަށެވެ.

ނަމަވެސް ފަހަގަ ކުރެވޭ އެހެން ކަމަކީ ޓާރފް ދަޑުތައް ހަދަން ބައުންޑަރީ ވަކިކޮށް ދާ ޖެހުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ދަނޑުގެ މަސައްކަތް މެދުކެޑިފައި އޮތް ކަމެވެ. އަދި އަލުން މަސައްކަތް ފެށިއިރު ދަނޑުގެ ވަށައި ޖަހާފައިވާ ދާ ހަރުކުރާ ދަގަނޑުތަކުގައި ދަބަރުޖަހައި ފީވެފައިވާ ކަމެވެ. އަދި އެ ދަބަރު ފިލުވައި ދަގަނަޑުތައް މަރާމާތު ކުުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާކަމެވެ.

ނަމަވެސް މިއަދު އެ އޮތީ ހޯދަޑުގެ ޒުވާނުން ކުޅެން ފުޓްސަލް ދަނޑެއް ހަދާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !