17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

މެކްސިކޯ ވަނީ ފުރަތމަ މެޗުގައި ޖަރުމަން 1-0ން ބަލިކޮށްފައެވެ. ފޮޓޯ: ފީފާ

ބޮޑު ބާރުތަކަށް މިފަހަރު ވޯލްޑް ކަޕުގައި މިވަނީ ކިހިނެތް؟

ރަޝިއާ 2018 ވޯލްޑް ކަޕް ގައި ބޮޑެތި ޓީމުތަކަށް މިވަނީ ކިހިނެތް ކަމާއި މެދު ބެލުންތެރިން ސުވާލު އުފައްދަން ފަށައިފިއެވެ. ރޭގައި ވޯލްޑްކަޕުގެ އެންމެ ފަހުގެ ޗެމްޕއިން ޖަރުމަން މެކްސިކޯއަތުން ބަލި ވިއިރު ފުޓުބޯޅާގައި އަބަދަށް ފެހި ބްރެޒިލަށް ވެސް ސްވިޒަރލޭންޑްގެ މައްޗަށް ކުރި ނުހޯދުނެވެ.

އެއިގެ ކުރީގެބޮޑު ޓީމު ތަކުގެ މެޗުތަކަށް ބަލާއިރު އާޖެންޓީނާއަށް އަލަށް ވޯލްޑްކަޕް ކުޅޭ އައިސްލޭންޑްގެ މައްޗަށް މޮޅު ނުވެވުމާއި ސްޕެއިނަށް ޕޯރޗުގަލް ބަލި ނުކުރެވުން ފާހަގަ ކުރެވެއެވެ. އަދި ޔޫރަޕުން އަލަށް ވިދާން ފެށި ސާބިއާއިން ކޮސްޓަރިކާގެ މައްޗަށް މޮޅު ވުން ގިނަ ބެލުންތެރިން ފާހަގަ ކުރެއެވެ.

މިއާއެކު ބައެއް މީހުން ލަފާކުރަނީ މިފަހަރުގެ ވޯލްޑް ކަޕް ހޯދާނީ މުޅިން އައު ޓީމެއް ކަމަށެވެ.

ގްރޫޕް އީ: ސާބިއާ 1 – 0 ކޮސްޓަރިކާ، ބްރެޒިްލ 1 – 1 ސްވިޒަރލޭންޑް

މިފަހަރުގެ މުބާރާތުގެ އެންމެ ގިނަ މީހުންގެ ފޭވަރިޓުން ކަމަށްވާ ބްރެޒިލް، ސްވިޒަލޭންޑާއި ބައްދަލުކުރި މެޗުގައި މޮޅަށް ކުޅެ މުޅި މެޗު އެމީހްުނެގ ކޮންޓްރޯލް ދަށަށް ގެނައެވެ. އެއާއެކު މެޗުގެ 20 ވަނަ މިނިޓްގައި ފިލިޕް ކޫޓީނިއޯ އިދިކޮޅު އޭރިއާ ބޭރުން “އޮޅާލާފައި” ފޮޮނުވާލި ބާރު ބޯޅަ ގޯލުގެ ދުރު ކަނަށް ވަނުމާއެކު އެކު މެޗުގެ ލީޑް ބްރެޒިލަށް ލިބުނެވެ.

ނަމަވެސް ސްވިޒަރލޭންޑް ދޫދިނުމެއް ނެތި ކުރަމުން ދިޔަ ވަރުގަދަ ދިފާއާއެކު ކައުންޓާރ އެޓޭކުގައި ދެވަނަ ހާފު ފެށިިގެން މާ ގިނަ ިއރެއް ނުވެ އެޓީމުގެ ސްޓެވެން ޒުބަރ ގޯލު އޭރިއާތެރެއިން ބޮލުން ވައްދާލި ގޯލާއެކު ނަތީ ޖާ އެއްވަރު ކުރިއެވެ.

މެޗުގައި ބްރެޒިލަށް ފަހު ވަގުތާއި ޖެހެންދެން ހުސް ފުރުސަތެއް ނުއުފެއްދުނެވެ. ނަމަވެސް މެޗު ނިމެން ކައިރިވެފައި ހުއްޓައި ލިބުނު ހުސް ދެ ފުރުސަތުވެސް ގޯލަކަށް ހަދައްއެއް ނުލެވުމުން މެޗު ވީ އެއްވެަރެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބްރެޒިލްގެ ކޫޓީނިއޯ އެވެ.

މި ގްރޫޕްގެ ފުރަތަމަމެޗުގައި ސާބިއާއާއި ކޮސްޓަރިކާގެ މެޗު 1-0ން ސާބިއާ މޮޅުވީ ވަރަށް ވާދަވެރި ކުޅުމަކަށްފަހު އެވެ. ދެޓީމަށް ވެސް

ސާބިއާގެ ގޯލަކީ މި ވޯލްޑްކަޕްގައި ސީދާ ހިލޭ ޖެހުމުން ވައްދާލި 3 ވަނަ ގޯލެވެ. ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަނަމވެސް މިފަހަރުގެ ނަތީޖާ އެނުރުނީ ސާބިއާއާއި އެއްކޮޅަށެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ސާބިއާއަށް ގޯލް ކާމިޔާބުކޮށްދިން އެލެކްޒެންޑަރ ކޮލަރޯވް އެވެ.

ގްރޫޕް އެފް: މެކްސިކޯ 1-0 ޖާމަނީ

ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި ރޭ ޖަރުމަނާއި މެކްސިކޯ ބައަދްލު ކުރި މެޗުގައި 1- 0ން މެކްސިކޯއަށް ތާރީޚީ މޮޅަކާއި އެކު ނިންމާލީ އެޓީމުން ކުޅުނު ގިނަ ވޯލްޑް ކަޕްތަކުގެ ވެސް ފުރަތަމަ މެޗުން މޮޅެއް ހޯދުމާއެކު އެވެ.

ރޭގައި މެކްސިކޯގެ ކޯޗު ޔުއާން ކާލޯ އޮސާރިއޯގެ މާސްޓަރ ޕްލޭން ކާމިޔާބު ކުރީ ދިފާއީ ކުޅުމަކަށްފަހު ކައުންޓަރ އެޓޭކުގައި ގޯލެއް ކާމިޔާބުކޮށްގެންނެވެ.

ޖަރުމަނުން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ކަމުގައި ވިޔަސް ކައުންޓަރ އެޓޭކުގައި ޕީއެސވީ އެއިންދޯވަންގެ ފޯވަޑް ހާރވިން ލޮޒާނޯ ވަނީ މެނުއަލް ނޯޔާގެ ގޯލަށް ލަނޑު ޖަހާފައެވެ.

ޔޯކިން ލޯގެ ޖާމަން ޓީމުން އެންމެ ނުރައްކާތެރި ހަމަލައެއް އިދިކޮޅު ގޯލަށް ފޮނުވާލީ ޓޯނީ ކްރޫޒް ގެ ހިލޭ ޖެހުމަކުންނެވެ. އެބޯޅަ ގޯލުގެ ކަނަށް ވަންނަން ދަނިކޯސ ްމެކްސިކޯގެ ކީޕަރު އަތު ޖެއްސުމުން ގޯލުގެ ހުރަސްދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. އެއިގެ ފަހުންވެސް ޖަރުމަނުގެ ބާރު ހަމަލައެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނިކުތެވެ.

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ތަށި ދިފާއުކުރަން ނިކުތް ޓީމު ފުރަތަމަ މެޗުން ބަލިވި 3 ވަނަ ފަހަރެވެ. އެގޮތުން އިޓާލީން 2010ގައި ކުޅުނު ފުރަތަމަ މެޗުން ބަލިވުމާއި ސްޕެއިންނުން 2014ގައި ކުޅުނު ފުރަތަމަ މެޗުންބަލިވުން ހިމެނެއެވެ.

މިމެޗުގެ ވެސް މޮޅު ކުޅުންތެރިއަކީ މެކްސިކޯއަށް ގޯލު ކާމިޔާބުކޮށްދިން ކޮޒާނޯއެވެ.

މިރޭ ކުޅެވޭނީ ގްރޫޕް އެފްގެ ސްވިޑްން އާއި ސައުތު ކޮރެއާ

ގްރޫޕް ޖީ: ސްވިޑން އާއި ސައުތު ކޮރެއާ

އަދި ބެލްޖިއަމް އާއި ޕެނަމާ ގެ މެޗެވެ.

banner

ކިޔުންތެރިންގެ ޚިޔާލު