A wide advertisement which will be shown on all devices. (700 x 100)

ފީފާ ވޯލްޑުކަޕް 2018: އިނގިރޭސިންނަށް އުނދަގޫ މޮޅެއް

hއިނގިރޭސިން ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ. ފޮޓޯ: ފީފާ

މިރޭ ކުޅެވުނު ވޯލްޑްކަޕްގެ މެޗުތަކުގައި އިނގިރޭސިންނއި ސްވިޑުން އަށް އުނދަގުލުން މޮޅެއް ހޯދުނު އިރު ބެލްޖިއަމް އަށް ފަސޭހަ މޮޅަކުްނ މެޗު ނިންމާލީ 3-0 ގެ ތަފާތުންނެވެ. އިނގިރޭސިިން ނަށް ޓިއުނީޝިއާ ބަލިކުރެވުނީ ފަހު ވަގުތު 2-1 ން ނެވެ. ސްވިޑުން އަށް ކޮރެއާގެ މައްޗަށް 1-0 ގެ ކުރިއެރުމަކާއި އެކު އެމީހުންގެ ފުރަތަމަމެޗު ނިންމަލިއެވެ.

ގްރޫޕް އެފް: ސްވިޑްން 1 -0 ސައުތު ކޮރެއާ

މިރޭ ކުޅެވުނު ގުރޫޕް އެފްގެ މެޗުގައި ސްވިޑްން އާއި ސައުތު ކޮރެއާ ބައްދަލު ކުރި މެޗު ނިމުނީ 1 – 0 ން ސްވިޑުން މޮޅު ވެގެންނެވެ. މިއީ މީގެ 12 އަަހަރުގެ މެދުކެޑުމަކަށް ފަހު ސްވިޑްން ޓީމު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ. މިރޭގެ ގޯލަކީ 2006ގެ ވޯލްޑް ކަޕްގައި އެ ޓީމުގެ މަޝްހޫރު ފޯވަޑް ހެންރިކް ލާސަން އިންގިރޭސިން ކޮޅަށް ގޯލެއް ޖެހިފަހުން އެ މީހުންނަށް ވޯލްޑް ކަޕްގައި ކާމިޔަބު ކުރެވުނު ފުރަތަމަ ގޯލެވެ.

މިޣެ 60 އަހަރު ކުރިން 1958 ގައި މެކްސިކޯގައި ބޭއްވުނު ވޯލްޑް ކަޕްގައި އެޓީމުގެ ފުރަތަމަ މެޗުން 3-0ން މޮޅުވި ފަހުން، އެޓީމުގެ ފުރަތަމަ މެޗުން މޮޅެއް ހޯދުނީ ހަމައެކަނި މިފަހަރެވެ.

ކޮރެއާ ޓީމަށް 2002ގެ ވޯލްޑް ކަޕަށްފަހު މިމުބާރާތުަގއި އެކަށޭނަ ކާމިޔާބެއް ހޯދިފައެއް ނުވެއެވެ. މިފަހަރުގެ ޓީމުން ވެސް މާބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް އުއްމީދެއް ނުކުރެވެއެވެ.

މިރޭގެ މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ދިނީ ވެސް ސްވިޑްން ޓީމުންނެވެ. ނަމަވެސް ގޯލެއް ކާމިޔާބު މިކުރެވުނީ މެޗުގެ 65 ވަނަ މިނިޓުަގއި ލިބުނު ޕެނަލްޓީއަކުން، ޓީމުގެ ކެޕްޓަން އަންޑްރިއާސް ގްރޭންކްވިސްޓް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ.

ގްރޫޕް ޖީ: ބެލްޖިއަމް 3 – 0 ޕެނަމާ، އިނގިރޭސި ވިލާތް 2 – 1 ޓިއުނީޝިއާ

މިރޭ ކުޅެވުނު ގްރޫޕް ޖީގެ ފުރަތަމަ މެޗުގައި ބެލްޖިއަމުން ވަނީ ފަސޭހަ ކަމާއެކު ޕެނަމާ 3-0ން ބަލިކޮށްފައެވެ. މެޗުގެ ފުރަތަ ގޯލު ކާމިޔާބުކޮށް ދިނީ ޑްރައިސް މާރޓެން އާއި ރޮމޭރޯ ލުކާކޫ އެވެ. ފަހު ދެ ގޯލު ލުކާކޫ ޖެހީ ޑިބްރޭނާއާއި ހަޒާޑްގެ ދެ ޕާހުންނެވެ. މިމެޗުގައި އެޑިން ހަޒާޑްގެ ކޮށްކޮ ތޯގަން ހަޒާޑް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނެވެ.

މިމެޗުގައި ޕެނަމާ ޓީމަށް ހުހަށް ލިބުނު އެންމެ ފުރުސަތު ބެލްޖިއަމްގެ ގޯލް ކީޕަރު ތިބޯޓް ކޯޓޯސް ވަނީ ދިފާއުކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ލުކާކޫ އެވެ.

މި ގުރޫޕުގެ 2 ވަނަ މެޗުގައި ޓިއުނީޝިއާއާއި އިންގްލޭންޑް ބައްދަލުކުރި މެޗު ގެ އެންމެ ފަހު ވަގުތު ކޮޅުގައި އިންގްލޭންޑުން ކާމިޔާބުކުރި ގޯލަކުން ވަނީ މޮޅެއް ހޯދާފައެވެ. މިމެޗުގައި އިންގްލޭންދުން މޮޅު ކުމެއް ދެއްކި ނަމަވެސް ޓީއުނީޝިއާ ޓީމުގެ މަސައްކަތުގެ ރޭޓް ރަނގަޅުވުމާއި ދިފާޢު ވަރަގަދަ ކަމުން އިނގިރޭސިންނަށް ފަސޭހަ މެޗަކަށް ނުވިއެވެ.

ހެރީ ކޭން ފުރަތަމަ ހާފުގެ 11 ވަނަ މިނިޓްގައި ގޯލު ޖެހުމުން ޓިއުނީޝިއާގެ ކުޅުން ރަނގަޅުކޮށް ލިބުނު ޕެނަލްޓީއެއްގައި މިޓީމުން ނަތީޖާ 1-1ން އެއްވަރު ކުރިއެވެ. މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގައި ކެޕްޓަން ހެރީ ކޭންގެ ދެވަނަ ގޯލުން އިންގްލޭންޑަށް މެޗުގެ 3 ޕޮއިންޓް ޔަގީން ވިއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކީ އިނގިރޭސި ޒުވާން ކެޕްޓަން ހެރީ ކޭން އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !