18 ޖުލައި 2018 (ބުދަ)


ފީފާ ވޯލްޑުކަޕް 2018: ގަދަ 16ގެ ޖާގައަކާއި ރަޝިއާ ކައިރިޔަށް

ރަޝިއާގެ ދެވަނަ ގޯލު ކާމިޔާބުކޮށް ދިން ޒިއުބާ އާއި މިސުރުގެ ހެގަޒީ. ފޮޓޯ: ފީފާ

ރަޝިއާގެ ދެވަނަ ގޯލު ކާމިޔާބުކޮށް ދިން ޒިއުބާ އާއި މިސުރުގެ ހެގަޒީ. ފޮޓޯ: ފީފާ

މިހާރު ރަށިއާގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ޓީމުގެ ނުވަަތ 2 ވަނަ ބުރުގެ ޖާގައަކާއި ގާތަށް މުބާރާތް ބާއްވާ ރަޝިއާއިން ޖެހިލައިފިއެވެ. ރޭ ރަޝިއާއިން މިސުރާއި ވާދަކޮށް 3-1 ން މޮޅު ވުމާއެކު މުބާރާތުގައި އެޓީމުން ކުޅުުނު ދެ މެޗުން ވެސް މޮޅުވެ 6 ޕޮއިންޓާއެކު ދެވަނަ ބުރުގެ ޖާގަ ގާތްގަޑަކަށް ޔަގީނާއި ގާތް ކުރީއެވެ. 

މިރޭ ސައުދި އަރަބިއާ އަދި އުރުގުއޭ ކުޅޭ މެޗުން އުރުގުއޭ މޮޅުވެއްޖެ ނަމަ މި ގްރޫން ދެ ވަނަ ބުރަށް ދާނީ ރަޝިއާއާއި އުރުގުއޭ އެވެ. އެއާއި އެކު މުބާރާތުން މިސުރާއި ސައުދި އަރަބިއާ ކަޓާނެއެވެ.

ގްރޫޕު އޭ؛ ރަޝިއާ 3 - 1 މިސުރު 

މިސްރުގެ އުއްމީދީ ކުޅުންތެރިޔާ މުހައްމަދ ސޮލާހު އާއެކު ފެށި މެޗުގައި ވާދަވެރި ކުޅުމެއް ކުޅެމުން ދަނިކޯށް ފުރަތަމަ ހާފުގައި ރަޝިއާއަށް ގޯލެއް ކާމިޔާބު ކުރެވުނީ މިސުރުގެ ކެޕްޓަން އަޙުމަދު ފާތިގެ ފައިގައި ޖެހފައި މިސްރާބު އޮޅިގެން ގޮސް ބައިކޮޅަށް ވަން ބޯޅައަކުންނެވެ. މިއީ މިމުބާރާތުގައި ބައިކޮޅަށް ވަން 5 ވަނަ ގޯލެވެ. 

ނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ ކައިރިކައިރީ ރަޝިއާއި ދެގޯލު ޖަހައި މިސްރުގެ ވޯލްޑް ކަޕް އުއްމީދުތައް ފުނޑުފުނޑު ކޮށްލިއެވެ. ރަޝިއާގެ ފޯވަޑް ޝެރީޝެވް އާއި ޒިއުބާ ގޯލު ޖެހި 59 ވަނަ މިނިޓާއި 62 ވަނަ މިނިޓްގައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރަޝިއާގެ ފޯވަޑް ޝެރީޝެވް އެވެ.

މެޗުގައި މިސުރުގެ ގޯލު ޕެނަލްޓީއަކުން ކާމިޔާބުކޮށް ދިނީ ސޮލާހު އެވެ. 

ރަޝިއާ 6 ޕޮއިންޓް ގޯލު ތަފާތު 7+

އުރުގުއޭ 3 ޕޮއިންޓް ގޯލު ތަފާތު 1+

މިސްރު 0 ޕ. 3- ގ.ތ.

ސައުދި އާރަބިއާ 0 ޕ. 5- ގތ. 

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!