A wide advertisement which will be shown on all devices. (700 x 100)

ފީފާ ވޯލްޑުކަޕް 2018: ރަޝިއާ އާއި އުރުގުއޭ ދެވަނަ ބުރަށް

މިހާތަނަށް އެންމެ ގިނަ ގޯލު (4 ގޯލު) ޖެހީ ރޮނަލްޑޯ. ފޮޓޯ؛ ފީފާ

ގްރޫޕް އޭ: އުރުގުއޭ 1 – 0 ސައުދި އަރެބިއާ

ގްރޫޕް އޭ ގައި މިރޭ ކުޅުވުނު ސައުދި އަރެބިއާ ގެ މެޗު 1-0 ން އުރުގުއޭ ކާމިޔާބު ކުރުމާއެކު މި ގްރޫޕުން ރަޝިއާ އާއި އުރުގުއޭ ކޮލިފައިވާނެ ދެެވަނަ ބުރަށް ކޮލިފައި ވީއެވެ. މި ގުރޫޕުގެ އެއްވަނަ ޓީމު ކަނޑައެޅޭނީ ރަޝިއާ އާއި އުރުގުއޭ ބައްދަލުކުރާ މެޗުގެ ނަތީޖާ އިންނެވެ. އެ މެޗު އެއްވަރުވެއްޖެ ނަމަ ގުރޫޕްގެ 1 ވަނަ ލިބޭނީ ރަޝިއާ އަށެވެ.

މިރޭ އުރުގުއޭ އާއި ސައުދި އަރަބިއާ ބައްދަލު ކުރި މެޗު 1-0ން އުރުގުއޭ މޮޅު ވިކަމުގައި ވިޔަސް ސައުދީން ވަނީ ކުރީ މެޗާއި ޚިލާފަށް މޮޅުކުުމެއް ދައްކާފައެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ، މެޗުގެ ކޮންޓްރޯލް ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ ބޮޑު ބާރެއް ކަމަށްވާ އުރުގުއޭ ގެ މައްޗަށް ސައުދީން ވަނީ ހޯދާފައެވެ.

މި މެޗުގައި އުރުގުއޭގެ ގޯލު ކާމިޔާބުކޮށް ދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އެ ޓީމުގެ ލުއިސް ސުއަރޭޒް އެވެ. މިއި ސުއަރޭޒް ގެ ބައިނަލް އަގުވާމީ 100 ވަނަ ގޯލެވެ.


ގްރޫޕް ބީ: ޕޯރޗްގަލް 1 -0 މޮރޮކޯ

ގުރޫޕް ބީ ގައި މިރޭ ޕޯރޗުގަލް އާއި މޮރޮކޯ ބައްދަލުކުރި މެޗު ވަރަށް އުނދަގޫ ގޮތަކަށް ޕޯޗުގަލް މޮޅުވެ ދެ ވަނަ ބުރުގެ އުއްމީދު އާލާކުރީ 1 – 0 ން މޮރޮކޯ ބަލިކޮށް ގެންނެވެ. މި ގުރޫޕުގެ ފުރަތަމަ މެޗުގައި ސްޕޭނާއި ޕޯޗުގަަލް 3-3 ން އެއްވަރުވި އިރު ދެވަނަ މެޗުގައި އީރާނުން ވަނީ މޮރޮކޯގެ މައްޗަށް 1-0ގެ މޮޅެއް ހޯދާފައެވެ.

މިއާއެކު މޮރޮކޯއަށް ގާތްގަޑަކަށް މުބާރާތް ގެއްލުނީއެވެ. މިރޭ މޮސްކޯގެ ލުޒުނިކީ ސްޓެޑިއަމްގައި ކުޅެވުނު މެޗުގައި ޖެހި ހަމައެކަނި ގޯޯލު ކްރިސްޓީއާނާ ރޮނަލްޑޯ ޖެހި މެޗުގެ 6 ވަނަ މިނިޓުގައި އެ ޓީމުގެ ކޯނަރެއްގައި ބޮލުން ޖަހައިގެނެނެވެ.

މިއާއެކު މިމުބާރާތުގައި ރޮނަލްޑޮ ޖެހި ގޯލުގެ އަދަދު 4 އެރީ އެވެ. އަދި މިއީ ޔޫރަޕުގެ ކުޅުންތެރިންގެ ބައިނަލް އަގުވާމީ ރެކޯޑް މުގުރާލި ގޯލެކެވެ. މިއީ ބައިނަލް އަގުވާމީ މެޗުތަކުގައި ރޮނަލްޑޯ ޖެހި 85 ވަނަ ގޯލެވެ. މިރެކޯޑު ކުރިން އޮތީ ޔޫރަޕުން ފްރޭންކް ޕުސްކާސް އަތުގައެވެ. މުޅި ދުނިޔޭގެ ރެކޯޑު އަދިވެސް އޮތީ އީރާނުގެ އަލީ ދާއި އަތުގައި 105 ގޯލުންނެވެ.

މުބަރާތުގެ ފުރަތަމަ މެޗާއި ޚިލާފަށް މޮރޮކޯއިން މި މެޗުގައި މޮޅު ކުޅުމެއް ދެއްކިއެވެ. މެޗުން ޕޯޗުގީޒް ޓީމު މޮޅު ކޮށްދިނުމުގައި އެޓީމުގެ ގޯލް ކީޕަރު ރުއީ ޕެޓްރީޝިއޯގެ މޮޅު ސޭވްއް ފާހަގަ ކުރެވުނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ކްރިސްޓީއާނާ ރޮނަލްޑޯއެވެ.

މި ގުރޫޕުގައި މިރޭ ދަންވަރު ކުޅެވޭ ސްޕެއިން އީރާނު މެޗު ނިމޭ ގޮތަކުން ގްރޫޕްގެ ވަނަތައް ދެނެގަތުމަށް ފަހިވެގެން ދާނެއެވެ.

ބެލެވޭ ގޮތުން މި ގްރޫޕުން ދެވަނަ ބުރަށް ހޮވޭނީ ޔޫރަޕުގެ ދެޓީމު ކަމަށްވާ ސްޕޭނާއި ޕޯޗުގަލް އެވެ.

ސްޕެއިން – އީރާން

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !