18 ސެޕްޓެމްބަރ 2019 ( ބުދަ )

އާޖެންޓީނާގެ ކޯޗު ޖޯޖު ސަމްޕޯލީ އާއި ކެޕްޓަން މެސީ. ފޮޓޯ: ފޮކްސް ސްޕޯރޓްސް

ވޯލްޑް ކަޕް2018: އާރޖެންޓީނާއަށް ގަދަ 16 އަށް ދެވޭނީ ކިހިނެތް؟

މިފަހުގެ ވޯލްޑް ކަޕް މެޗެއްގައި އާރޖެންޓީނާ ޓީމު ބަލި ނުވާ ވަރުގެ ބޮޑު ބައްޔަކުން ރޭގައި ވަނީ ބަލިވެ ފާޑު ކިޔުންތައް އެޓީމުގެ ކޯޗަށް ވަނީ އަމާޒު ވެފައެވެ. މިބައްޔާއެކު އެ ޓީމަށް ގަދަ 16 އިން ޖާގައެއް ލިބިދާނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެއްވެ. ނަމަވެސް އާރޖެންޓީނާ އަދި ވޯލްޑް ކަޕް މުބާރާތުން ނުކަޓައެއްވެ.

އާޖެންޓީނާއަށް ފުރަތަމަ މެޗުން އައިސްލޭންޑާއި ދެކޮޅަށް ކުޅުނު މެޗުން ލިބުު އެއް ޕޮއިންޓާއެެކު ގްރޫޕްގެ ފަހު މެޗުގައި ނައިޖީރިއާ އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން ޖެހެއެވެ. 

އައިސްލޭންޑް ކްރޮއޭޝިއާ މެޗުން މޮޅުވެއްޖެ ނަމަ 

އާޖެެންޓީނާއިން ވެސް ނައިޖީރިއާ މެޗުން މޮޅު ވާން ޖެހޭނެއެވެ. ކޮރޮއޭޝިއާ އާއި އައިސް ލޭންޑު ކުޅޭ މެޗުން އައިސްލޭންޑު މޮޅު ވެއްޖެ ނަމަ އެޓީމަށް ވެސް 4 ޕޮއިންޓް ހަމަވާނެއެވެ. ނަމަވެސް ގޯލު ތަފާތުން ކުރި ހޯދައިގެން އާޖެންޓީނާއަށް ދެވަނަ ބުރަށް ދެވިދާނެއެވެ.

އައިސްލޭންޑް 1-0ން މޮޅުވެއްޖެ ނަމަ އާޖެންޓީނާއިން ނައިޖީރިއާ މެޗުގައި 2-0ގެ ތަފާތުން މޮޅުވެގެން ދެވަނަ ބުރަށް ދެވޭނެއެވެ. އެއީ ގޯލް ތަފާތު ދެޓީމަށް ވެސް 1- އަށް ވެ، ޖެހި ގޯލު 1 ގޯލުން ކުރި ހޯދައިގެންނެވެ. 

އައިސްލޭންޑް ފަހު މެޗުން ބަލި ނުވަތަ އެއްވަރުވެއްޖެ ނަމަ

ނައިޖީރިއާ މެޗުން މޮޅުވެގެން އާޖެންޓީނާ އަށް ގަދަ 16 ގެ ބުރަށް ދެވޭނެއެވެ.  


ކިޔުންތެރިންގެ ޚިޔާލު