A wide advertisement which will be shown on all devices. (700 x 100)

ފީފާ ވޯލްޑުކަޕް 2018: ގްރޫޕް އީ ދެވަނަ ބުރުގެ ފޯރި ގަދަ ވެފައި

ނައިޖީރިއާގެ ވޯލްޑް ކަޕްގެ އުއްމީދު ތަކާއި ގުޅިފައިވާ އަހުމަދު މޫސާ ކުރި ވޯލްޑް ކަޕްގައިވެސް 2 ގޯލު ޖެހި.

ފީފާ ވޯލްޑް ކަޕް 2018 ގައި މިރޭ ކުޅެވުނު ގްރޫޕް އީ ދެ މެޗާއެކު ދެވަނަ ބުރުގެ ޖާގައިގެ ފޯރި ވަނި ގަދަ ވެފައެވެ. ކޮސްޓަރީކާ މުބާރާތުން ކެޓި އިރު އަނެއް 3 ޓީމުގެ ވާދަވެރިން ވަރަށް ބޮޑެއްވެ. ބްރެޒިލަށް ފަހު ވަގުތު ލިބުނު މޮޅާއެކު ޖެހެނީ ގްރޫޕްގެ ފަހު މެޗުތަކުގެ ނަތީޖާއަށް އިންތިޒާރު ކުރާށެވެ. ގްރޫޕް ޑީ ގައި އައިސްލޭންޑާއި ނައިޖީރިއާ ބައްދަލު ކުރި މެޗުން މޮޅުވެ ނައިޖީރިއާ ވެސް ވަނީ ދެވަނަ ބުރުގެ އުއްމީދު އައުކޮށްފައެވެ.

ސުވިޒަރލޭންޑުން ވަނީ ފަހަތުން އަރައި ސާބިއާ 2-1 ން ބަލިކޯށް ގުރޫޕުގެ ވާދަ ވެރިކަން ބޮޑުކޮށްފައެވެ.

ގްރޫޕް އީ: ބްރެޒިލް 2 – 0 ކޮސްޓަރިކާ، ސްވިޒަރ ލޭންޑް 0 – 2 ސާބިއާ

މިއަދު ކުޅެވުނު ގްރޫޕް އީ ގެ ފުރަަތަމަ މެޗުގައި ބްރެޒިލުން ވަނީ މެޗުގެ އިތުރު ވަގުތުގައި ދެ ގޯލު ޖަހައި 2-0 ން މެދުތެރެ އެމެރިކާގެ ކޮސްޓަރިކާ ބަލިކޮށްފައެވެ. މި މޮޅާއެކު ބްރެޒިލަށް 4 ޕޮއިންޓް ލިބި ދެވަނަ ދުރުގެ އުއްމީދު ވަނި ބޮޑުކޮށްފައެވެ.

މި އަދުގެ މެޗުގައި މުޅިންހެން ވެސް ބްރެޒިލުން މެޗުގެ ކޮންޓްރޯލް ހޯދައި އިދިކޮޅަށް ހަމަލާ ދޭން މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ހާފުގައި ހުސް ފުރުސަތެއް ހޯދޭގޮތް ނުވީ ކޮސްޓަރިކާއިން ކުޅުނު ދިފާޢީ ކުޅުމެއްގެ ސަބަބުންނެވެ. ނަމަވެސް ދެވަނަ ހާފުގައި ހުސް ފުރުސަތު ތަކެއް ލިބުނު ނަމަވެސް މެޗުގެ ފަހު ވަގުތާއި ހަމަޔަށ ްވެސް ދިޔައީ ގޯލެއް ކާމިޔާބު ނުކުރެވި މެޗު 0-0 ން އެއްވަރު ވެގެން ނިމޭނެ ކަމަށް ވެސް ބެލުނެވެ. މެޗުގެ ފަހު 10 މިނިޓް ތެރޭގައި ރެފްރީ ބްރެޒިޅާށް ޕެނަލްޓީއެއް ވެސ ްދިނެވެ. ނަމަވެސް ކޮސްޓަރިކާއިން މައްސަލަ ޖެއްސުމުން ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީއާއެކު، އަލުން އެ ހާދިސާ ބެލުމަށްފަހު ނިންމުން ބަދަލުކުރިއެވެ.

ބްރެޒިލަށް ފުރަތަމަ ގޯލު ކާމިޔާބު ކުރެވުނީ ވެސް އިތުރު ވގުތަށް ދެއްކި 6 މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި ކޫޓީނީއޯ އެވެ. ދެވަނަ ގޯލު ނޭމާ ޖެހީ އިތުރު ވަގުތުގެ ވެސް އިތުރު ވަގުތުގައި، 97 ވަނަ މިނިޓްގައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކި ބްރެޒިލްގެ ފިލިޕް ކޫޓީނިއޯ އެވެ.

މި ގްރުޕުގައި ދެން ކުޅެވުނީ ސްވިޒަރލޭންޑާއި ސާބިއާގެ މެޗެވެ. މިމެޗަށް ނިކުތް އިރު ސާބިއާ އޮތީ ފުރަތަމަ މެޗުން މޮޅުވެ 3 ޕޮއިންޓާއެކުއެވެ. މިމެޗުގެ 5 ވަނަ މިނިޓްގައި ސާބިއާގެ މިޓްރޮވިޗް ބޮލުން ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ނެގިއެވެ.

ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ސާބިއާގެ ޓީމުންނެވެ. ނަމަވެސް ސްވިޒަރލޭންޑުން ވެސް އިދިކޮޅު ގޯލަށް ދޭތެރެ ދޭތެރެއިން ނުރައްކާ ކުރަމުން ގޮސް ފައި ވެއެވެ.

ދެވަނަ ހާފުގައި ސްވިޒަރލޭނޑްގެ ކުޅުްން ވަރުގަދަ ކޮށްމެޗުގެ 52 ވަނަ މިނިޓްގައި އެޓީމުގެ ޒާޚާ ގޯލެއް ޖަހަިއ ނަތީޖާ ހަމަހަމ ކުރިއެވެ. އަދި ފަހު މިނިޓުގައި ޝަކީރީ ކައުންޓަރ އެޓޭކެއްގައި ކާމިޔާބުކުރި ގޯލައެކު 2-1ން މޅުވެ 4 ޕޮއިންޓް ހަމަކުރިއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކީ ސްވިޒަލޭންޑްގެ ޝަކީރީ އެވެ.

މި ގްރޫޕްގައި ދެން ކުޅޭނީ؛

ބްރެޒިލް އާއި ސާބިއާ

ސްވިޒަރލޭންޑާއި ކޮސްޓަރިކާ އެވެ.

ގްރޫޕް ޑީ؛ ނައިޖީރިއާ 2 – 0 އައިސް ލޭންޑް

މިރޭ ދެން ކުޅެވުނީ ގްރޫޕް ޑީ ގެ ނައިޖީރިއާ އާއި އައިސް ލޭންޑްގެ މެޗެވެ. މިމެޗު 2-0 ން ކާމިޔާބު ކުރީ ނައިޖީރިއާއެވެ. މިނަތީޖާއާއެކު މިގްރޫޕް އެއްވެސް ޓީމެއް އަދި ނުކަޓައެވެ. ނަމަވެސް ގްރޫޕުން ކޮލިފިކޭޝަން ޔަގީން ކުރެވުނީ ރޭ އާޖެންޓީނާ ބަލި ކުރި ކްރޮއޭޝިއާ އަށެވެ.

މިމެޗުގައި ނައިޖީރިއާގެ އަހުމަދު މުސާގެ މޮޅު ދެ ގޯލު ފެނިގެން ދިޔައިރު މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ. މިނަތީޖާ އާއެކު ގްރޫޕްގައި ނައިޖީރިއާ އާއި އާޖެންޓީނާ ކުޅޭ މެޗުން މޮޅުވާ ޓީމަށް ގަދަ 16 ގެ ގްރޫޕްގެ ދެވަނަ ޖާގަ ލިބުމުގެ ފުރުސަތު ބޮޑެވެ.

ބްރެޒިލް 2014ގެ ވޯލްޑް ކަޕްގައި އަލަށް ވޯލްޑްކަޕަށް ނިކުތް އަހުމަދު މުސާ ވަނީ އެ މުބާރާތުގައި އާޖެންޓީނާ ކޮޅަށް ވެސް ދެ ގޯލު ޖަހާފައެވެ.

ނައިޖީރިއާ މޮޅުވެއްޖެ ނަމަ، ގްރޫޕުގެ 2 ވަނަ 6 ޕޮއިންޓާއެކު ލިބި، ފަސޭހަކޮށް ދެވަނަ ބުރަށް ދާނެއެވެ. ނަމަވެސް އާޖެންޓީނާ މޮޅުވެއްޖެނަމަ، އެ ގްރޫޕްގެ ކްރޮއެޝިއާ އައިސްލޭންޑް ބައްދަލު ކުރާ މެޗުގެ ނަތީޖާއަށް ބަލަން ޖެހޭނެއެވެ.

އާޖެންޓީނާ އަށް ދެވަނަ ބުރަށް ދެވޭނީ ނައިޖީރިއާ މެޗުން މޮޅުވެ، އައިސް ލޭންޑް ކްރޮއޭޝިއާ މެޗުން އެއްވަރު ނުވަތަ ބަލި ވެގެންނެވެ. ކްރޮއޭޝިއާ މެޗުން އައިސް ލޭންޑް މޮޅުވެ، އާޖެންޓިނާ ވެސް މޮޅު ވެއްޖެނަމަ، ޖެހޭނީ ދެޓީމުގެ ގޯލަށް ބަލާށެވެ.

އައިސްލޭންޑް 1-0 މޮޅުވެ އާޖެންޓީނާ 2-0ން މޮޅުވެގެން އާޖެންޓިނާއަށް ދެވަނަ ބުރަށް ދެވެނީ ގޯލް ތަފާތު 1- ން އެއްވަރުވެ ޖެހި ގޯލުން، 1 ގޯލުން ކުރި ލިބިގެންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !