A wide advertisement which will be shown on all devices. (700 x 100)

ފީފާ ވޯލްޑް ކަޕް 2018 :އިންގްލޭންޑް ދެވަނަ ބުރަށް

ހެރީ ކޭން މުބާރާތުގައި 5 ގޯލު ޖަހަިއ ސްކޯރ ޗާރޓުގެ ކުރީގައި. ފޮޓޯ: ފީފާ

މިއަދާއި މިރޭ ކުޅުންު ގްރޫޕްޖީ ގެ މެޗުން ފަސޭހަ މޮޅަކާއެކު އިންގްލޭންޑް ދެވަނަ ބުރުގެ ޖާގަ ޔަގީން ކޮށްފިއެވެ. ނަމެވެސް ގްރޫޕް އެޗް ގެ ފަހު ދެމެޗާއި ހަމަޔަށް ދިޔައިރު ވެސް ދެވަނަ ބުރަށް ދާނެ ޓީމެއް ކަނޑައެއް ނޭޅެއެވެ. ނަމަވެސް މިގުރޫޕް މިރޭގެ ބައްޔާއެކު ޕޮލޭންޑް ވަނީ ކަޓާފައެވެ. ގްރޫޕް އެޗުން ދެވަނަ ބުރަށް ދާނެ ޓީމެއް ކަނޑައެޅޭނީ އެއްވަގުތަކު ކުޅޭ ފަހު ދެ މެޗުގެ ނަތީޖާއިންނެވެ.

ގްރޫޕް ޖީ: އިންގްލޭންޑް 6 – 1 ޕެނަމާ 

މިއަދު ހަވީރު ކުޅެވުނު އިންގްލެންޑާއި އަލަށ ްވޯލްދް ކަޕް ކުޅޭ ޕެނަމާ ބައްދަލުކުރި މެޗު ނިމުނީ ބޮޑު ތަފާތަކުން އިންގްލޭންޑް މޮޅުވެގެނެނެވެ. މި މެޗުގައި އިންގްލޭންޑުން ވަނީ 6 ގޯލު ޖަހައި މިމުބާރާތުގެައި މިހާތަނަށް މެޗެއްގައި ޖެހި އެންމެ ގިނަ ގޯލު ސްކޯ ކޮށްފައެވެ. މެޗުގެ 8 ވަނަ މިނިޓާއި 40 ވަނަ  މިނިޓްގައި އިންގްލޭޑްގެ ސްޓޯން  ދެގޯލު ކާމިޔާބުކުރި އިރު  ކެޕްޓްން ހެރީ ކޭން ވަނީ މުބާރާތުގެ ދެވަނަ ހެޓްރިކް ހަދާފައެވެ. ހެރީ ކޭންގެ ފުރަތަމަ ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގައި ލިބުނު ދެ ޕެނަލްޓީއިންނެވެ. އެއގެ އިތުން އިންގްލޭންޑުގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ލިންގާޑް އެވެ.

އިްނގްރޅޭންޑުްނ ފުރަތަމަ ހާފުގައި 5 ގޯލު ޖެހި އިރު ދެވަނ ހާފުގައި ޖެހުނީ އެއްގޯލެވެ. މިއީ އިނގިރެސިން ވޯލްޑްކަޕް މެޗެއްގައި 4 ގޯލަށް ވުރެ ގިނައިން ޖެހި ފުރަތަމަ ފަހަރެވެ. މިފަހަރު އެރެކޯޑު މިހެދީ 6 ގޯލު ޖަހަިއގެންނެވެ. މިމެޗުގައި ހެރީ ކްން ހެދި ހެޓްރިކާއެކު އޭނާ ވަނީ މުބާރާތުގައި މިހާތަނަށް 5 ގޯލު ޖަހައިގެން އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިއާއަށް ވެފެއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ހެރީ ކޭން އެވެ.

ޕެނަމާއިން މުބާރާތުން ކެޓުމުގެ ކުރިން ހިތްހަމަޖައްސާލީ ވޯލްޑް ކަޕްގައި ފުރަތަމަ ގޯލެއް ކާމިޔާބު ކުރުމާއެކުގައެވެ. މި ގޯލު ކާމިޔާބުކޮށް ދިނީ އެޓީމުގެ ބެލޮއީއެވެ. 

މި ގްރޫޕުން ބެލްޖިއަމާއި އިންގްލޭންޑް ވަނި ދެވަނަ ބުރަށް ކޮލިފައިވެފައެވެ. ގްރޫޕުގެ އެއްވަނަ އެނގޭނީ ފަހު މެޗުގައި އިންގްލޭންޑާއި ބެލްޖިއަމް މެޗުގެ ނަތީޖާ އިންނެވެ.

މިގްރޫގައި ދެން ކުޅޭނީ 

ގްރޫޕް އެޗް: ޖަޕާން 2 -2 ސެނެގާލް، ކޮލަމްބިއާ 3 – 0 ޕޮލޭންޑް

ގްރޫޕް ސްޓެޖުގައި ކޮންމެ ޓީމަކަށް ދެމެޗު ކުޅެވުނު އިރު މިގްރޫޕުން ދެވަނ ބުރަށް ދާނެ ޓީމެއް ކަނޑައެޅޭ ވަރެއް ނުވެއެވެ. ނަމަވެސް ދެމެޗުން ބަލިވެ ޕޮލޭންޑު ވަނީ މުބާރާތުން ކަޓާފައެވެ.

މިރޭގެ ފުރަތަމަ މެޗު ޖަޕާނާއި ސެނެގާލް ބައްދަލު ކުރި މެޗު 2-2ން އެއްވްރުވުމުން ދެޓީމަށް ވެސް ވަނީ 4 ޕޮއިންޓް ލިބި ގްރޫޕުގެ ކުރީގައެވެ. ސެނެނގާލުްގެ މާނޭގެ ގޯލުން ލީޑު ނަގާފައިވަނިކޮށް ހާފު ނިމުމުގެ ކުރިން ޖަޕާނުގެ ތަކަޝީ އިނުއީ ގޯލެއްޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. ދެވަނަ ހާފުގައި ވެސް ފުރަތަމަ ގޯލު ޖެހީ ސެނެގާލްގެ ވޭގޫ އެވެ. ނަމަވެސް އެއިގެ 6 މިނިޓް ފަހުން ޖަޕާންގެ ހޮންޑާ ގޯލެއް ޖަހައި ނަތީޖާ 2-2 ން އެވައރުކޮށް ދިނީއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ސެނެގާލްގެ ސާޑިއޯ މާނޭ އެވެ.

މިރޭގެ ދެވަނަ މެޗުގެ ފުރަތަމަ ހާފު ގައި ވަރަށް އެއްވަރުގައި ދެޓީމު ކުޅެމުން ގޮސް ކޮލަމްބިއާއިން ލީޑު ނެގީ މެޗުގެ 40 ވަނަ މިނިޓުގައި އެޓީމުގެ މިނާ އެވެ. ދެވަނަ ހާފުގައި ކެޕްޓަން ފަލްކާއޯ ގެ ގޯލަކާއި މޮޅު ކުޅުމެއް ދެއްކި ކްއާޑްރާޑޯގެ ގޯލަކާއެކު ނަތީޖާ ނިމުނީ 3 -0 ން ކޮލަމްބިއާ މޮޅުވެގެންނެވެ. މިގްރޫޕްގައި މިހާރު ދެން ކުޅޭ ފަހު ދެމެޗގެ ނަތީޖާއިން ކޮލިފަިއވާނެ ދެޓީމެއް ކަނޑައެޅޭނެއެވެ. 

މި ގްރޫޕްގައި ދެން ކުޅޭނީ:

ސެނަގާލް އާއި ކޮލަމްބިއާ

ޖަޕާން ޕޮލޭންޑް އެވެ. 

މާދަމާއިން ފެށިގެން ކޮންމެ ރެއަކު އެއްގައޑިއެއްގައި ދެމެޗު ކުޅޭނެއެވެ. އަދި ކޮންމެ ދުވަހުކު 4 މެޗު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ގްރޫޕް ސްޓެޖުގެ 3 ވަނަ ރަންޑުގެ މެޗުތައް މާދަމާއިން ފެށޭނެއެވެ.      

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !