A wide advertisement which will be shown on all devices. (700 x 100)

ވޯލްޑް ކަޕް 2018: އުރުގުއޭ އާއި ސްޕޭން ގްރޫޕުގެ އެއްވަނައަށް

މި ވޯލްޑްކަޕްގައި އީރާނު ޓީމުން ވަނީ ކުރިން އުއްމީދު ނުކުރާވަރުގެ މޮޅު ކުޅުމެއް ދައްކާފައި. ފޮޓޯ: ފީފާ

މިރޭ ކުޅެވުނު ވޯލްޑް ކަޕް 2018ގެ ގްރޫޕް އޭ އާއި ބީގެ މެޗުތަކަށް ފަހު ގްރޫޕްގެ އުރުގުއޭއާއި ސްޕެއިނުން ހޯދައިފިއެވެ. އުރުގުއޭ ވަނީ މުބާރާތް ބޭއްވޭ ރަޝިއާގެ މައްޗަށް 3-0 ގެ މޮޅެއް ހޯދާފައެވެ. އަދި ސްޕެއިން މެޗުގެ އިތުރު ވަގުތުގައި ނިމުނީ އެއްވަރު ވެގެންނެވެ.

ގްރޫޕް އޭއިން 1 ވަނަ އުރުގުއޭ، 2ވަނަ ރަޝިއާ

ގްރޫޕް ބީ އިްނ 1 ވަނަ ސްޕޭން، ދެވަނަ ޕޯޗްގަލް 

ގްރޫޕް އޭ: އުރުގުއޭ 3-0 ރަޝިއާ، ސައުދިއަރަބިއާ 2-1 މިސްރު

މިރޭ ކުޅެވުނު ގްރުޕް އޭ ގެ މެޗު ފަހު ފަސޭހަ ކަމާއެކު އުރުގުއޭއަށް ކާމިޔާބުކުރެވުނީ ރއަޝިއާޓީމުގެ ކުޅުންތެރިއަކަށ ްފުރަތަމަ ހާފުގައި ދެރީނދޫ ކާޑައެކު ރަތް ކާޑެއް ދެއްކުމުންވެ. ނަމވެސް އިއިގެ ކުރިން މެޗުގެ 10 ވަނަ މިނިޓްގައި ލުއިސް ސުއަރޭޒް ވަނީ އުރުގުއޭއަށް މެޗުގެ ލީޑު ގައިދިން ފުރަތަމ ގޯލު ޖަހައި ދީފައެވެ. 

އޮލާލާފައި ޖެހި ހިލޭ ޖެހުމަކުން ސުއަރޭޒްގެ މި ގޯލާއެކު އުރުގުއޭގެ ގައުމީ ޓީމަށް އެންމެ ގިނައިން ދެވަނައަށް ލަޑު ޖެހި ކުޅުންތެރިއަކަށް ސުއަރޭޒް ވެގެން ދިޔައީ ކުރީގެ ކެޕްތަން ޑިއެގޯ ފޯލާން ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ރަޝިއާގެ ބަދުނަސީބަކަށް ދިމާވި އަނެއްކަމަކީ މިމެޗުގައި އުއްމީދީ ޑިފެންޑަރު ޝެރީޝެވް އަތުން ބައިކޯލަށް ވަން ގޯލުްނނެވެ. މިއއީ އުރުގގުއޭގެ ޑިއޭގޯ ލަކްޒާލްޓް ފޮނުވާލި ބާރު ޝޫޓެއް އޭނާގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ބައިކޮޅަށް ވަން ގޯލެކެވެ. މިއި މި ވޯލްޑްކަޕްގައި ބައިކޮޅަށް ވަން 6 ވަނަ ގޯލެވެ. މިއީ ވޯލްޑް ކަޕްޕެއްގައި ބައިކޮޅަށް ޖެހި ގޯލުގެ ރެކޯޑެވެ.

މެޗުގެ 3 ވަނަ ގޯލު ކާމިޔާބުކޮށް ދިނީ ކެޕްޓަން އެޑިސްން ކަވާނީ (ޖ10)އެވެ. މިމިޗުގެ މޮޅު ކުޅުންތެރިއަކީ ލުއިސް ސުއަރޭޒް (ޖ.9) އެވެ.

މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަން އުރުގުއޭއަށް ލިބުނު އިރު ދެވަނ ލިބެނީ ރަޝިއާއަށެވެ. 

މިގްރޫޕްގައި މިރޭ ދެން ކުޅެވުނު ސައުދިއާރަބިއާ އާއި މިސުރުގެ މެޗު 2-1ން ކާމިޔާބުކުރި ސައުދި އަރެބިއާއެވެ. ސައުދީން އަދި މިސްރު ވެސް މުބާރާތުން ކަޓާފައި ތިބެގެން ކުޅުނު ގްރޫޕްގެ ފަހު މެޗު ކާމިޔާބު ކުރުމުން ގްރޫޕްގެ 3 ވަނަ ސައުދީއަށް ލިބެނީ 3 ޕޮއިންޓުންނެވެ.

ގްރޫޕް ބީ: ސްޕޭން 2-2 މޮރޮކޯ، ޕޯޗްގަލް 1-1 އީރާން

ގްރޫޕް ބީ ގެ ދެމެޗު ވެސް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. މުބާރާތުން ކަޓާފައިވާ މޮރޮކޯ އިން މެޗުގެ 14 ވަނަ މިނިޓްގައި ސްޕެއިން ކޮލޅަށް ގޯލު ޖަހަިއ ލީޑް ނެގިއެވެ. ނަމަވެސް އެއިގެ 5 މިނިޓް ފަހުން ސްޕެއިނުން ގޯލެއް ޖަހައި މެޗުގެ ނަތީޖާ 1-1 ން އެއްވަރު ކުރިއެވެ. މޮރޮކޯގެ ގޯލު ކާމިޔާބުކޮށް ދިނީ ބައުތައިބު އެވެ. އަދި ސްޕެއިންގެ ގޯލު ޖެހީ އިސްކޯ އެވެ.

ދެވަނަ ހާފުގައި، މެޗުގެ 81 ވަނަ މިނިޓްގައި މޮރޮކޯގެ ބަދަލު ކުޅުންތެރިޔާ އެން-ނަސީރީ ގޯލެއް ޖަހައި މެޗުން ކުރި ހޯދިއެވެ. އަދި އެނަތީޖާއިން މެޗުނ ނިމޭނެ ކަމަށް ބަލައިގެން ތިބި ސްޕެއިނަށް ގްރޫޕް ދެވަނަ އިްނ ފުއްދާލަން ޖެހެނެ ކަމަށް ނިންމައިގެން ތިައްބައި މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ސްޕއިނުގެ ބަދަލު ކުޅުތެރިޔާ އިއާގޯ އެސްޕާސް ގޯލެއް ޖެހިއެވެ. ފުރަތމަ ރެފްރީ އެއި އޮފްސައިޑް ލަނޑަކަށް ނިންމި ނަމަވެސް ފަހުން ވީޑިއޯ އެސިސްޓެންޓް ރެފުރީގެ އެހީގައި ވީޑީއޯ ބެލުމަށްފަހު އަލުން ނިންމީ ރަނގަޅު ގޯލެއް ކަމަށެވެ. އެއާއެކު ސްޕޭނަށް ގްރޫޕްގެ އެއްވަން ލިބުނީ ފަހު މިނިޓްގައި ޕޯޗްގައލް މެޗު ވެސް އެއްވަރު ވުމުންނެވެ. 

ސްޕޭނަށް ގްރޫޕްގެ އެއްވަނ ލިބެނީ 5 ޕޮއިންޓާއި އެކު ފައިދާ ގޯލު 1 އަދި ޖިެހި ގޯލުން 1 (ޖުމްލަ 6 ޖެހި ގޯލު) ގޯލް ޕޯޗްގަލް އަށވުރެ އިތުރު ވުމުންނެވެ.

މި ގްރޫޕުގައި އެއްވަގުތެއްގައި ކުޅުނު ދެވަނަ މެޗުގައި ޕޯޗަގަލް އާއި އިރާން ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް އިްނ މޮލަށް ކުޅެ، ހާފު ނިމެނިކޮށް ޕޯޗްގަލްގެ ކަރިސްމާ ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ނެގިއެވެ. ނަމަވެސް އިރާނުން ވެސް އިދިކޮޅު ގޯލަށް ހަމަލާތަކެއް ދެމުން ދިޔައެވެ. ދެވަނަ ހާފުގައި ވީއޭއާރުގެ އެހީގައި ބެލުމަށްފަހު ޕޯޗްގަލްއަށް ރެފްރީ ޕެނަލްޓީއެއް ދިނެވެ. ރޮނަލްޑޯ ޖެހި މިޕެނަލްޓީ އީރާނު ކީޕަރު މަތަކޮށް މުބާރާތުގައި ކުރިޔަށް ދިއުމުގެ އުއްމީދު އާކުރިއެވެ. މިހާފުގައި މޮޅަށްކުޅުނީ އިރާނު ޓީމުންނެވެ. ނަމަވެސް. މެޗުުން މޮޅު ވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތް އީރާނުން މޮޅަށް ކުޅުނު ނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވި މެޗު ތުރުވަގުތަށް ދިޔައެވެ. އިތުރު ވަގުތުގެ 6  މިނިޓްގެ ތެރެއިން 3 ވަނަ މިނިޓްގައި އަނެއްކާ ވެސް ވީއޭއާރުގެ އެހީގައި ރެފްރީ އީރާނަށް ދިން ޕެނަލްޓީ އެޓީމުގެ ކަރީމް (ޖ10) ގޯލުގެ މަތީ ކަނަށް ވައްދާލައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 1-1ން ނެވެ. 

ފަހުހާފު ނިމެން ކައިރިވެފައި ވަނިކޮށް ޕޯޗްގަލްގެ ކެޕްޓަން ރޮނަލްޑޯ އުޅަބޮށިން އީރާނު ކުޅުންތެރިއަކަށް ހަމަލާދިން މަންޒަރު ރެފުރީ ވީޑިއޯ އެހީގައި ބެލުމަށްފަހު ދެއްކީ ރިނދޫ ކާޑެކެވެ.

މި ނަތީޖާއިން ގްރޫޕުގެ 3 ވަނައަށް އީރާން ދިޔައީ 4 ޕޮއިންޓާއެކު އެވެ. 4 ވަނަ ލިބުނީ މޮރޮކޯއަށެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ޕޯޗްގަލްގެ ގޯލް ކާމިޔާބުކޮށްދިން ރިކާޑޯ ކަރިސްމާއެވެ.

މިރޭ ކުޅެވުނު ގްރޫޕް އޭ އަދި ގްރޫޕް ބީ ގެ ނަތީޖާ ނިކުތް ގޮތުން އެފްރީކާގެ ފުޓުބޯޅައަސްވުރެ އޭޝިއާގެ ފުޓުބޯލަ ކުރިއަރަމުން ދާ ކަން ދައްކުވައިދެވެ. އެހެނީ މި ދެ ގްރޫޕްގައި ވެސް ހިމެނޭ އޭޝިއާގެ ދެޓީމު، ސައުދިއަރަބިއާ އާއި އީރާނުން ވަނީ އެފްރިކާގެ ދެޓީމު ފަހަތަށް ޖައްސައި ގްރޫޕްގެ 3 ވަނަ ހޯދާފައެވެ.

ދެވަނަ ބުރުގައި ބައްދަލުކުރާނީ:

އުރުގުއޭ އާއި ޕޯރޗްގަލް

ސްޕެއިން އާއި ރަޝިއާ 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !