A wide advertisement which will be shown on all devices. (700 x 100)

ހޯދަޑު ސްޕޯރޓްސް ބޮޑު މޮޅަކާއެކު ދެވަނަ ބުރަށް

ކުރީ އަހަރުގެ ފުޓްސަލް މުބާރާތުގައި ވެސް ކާމިޔާބެއް ނުހޯދުނު މާލެގަން ޓީމު ވަނީ މިފަހަރުގެ މުބާރާތުން ވެސް ކަޓާފައި. ފޮޓޯ: ފވމ.ޗިޓީ ކައުންސިލް

ފުވައްމުލަކު ސްޓޭޑިއަމް ފުޓްސަލް ކޯޓުގައި ކުރިޔަށްދާ ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ދެވަނަ ދުވަހު އެންމެ ބޮޑު ތަފާތަކުން މެޗު ކާމިޔާބު ކުރީ ހޯދަޑު ސްޕޯރޓްސް އެވެ. އެޓީމުން ވަނީ ދޫނޑިގަލޯނާ ޖރ. ކޮޅަށް 12 ގޯޅު ޖަހައި ދެވަނަ މެޗުން ވެސް މޮޅު ދަވަނަ ބުރަށް ދަތުރުކޮށްފައެވެ.

ގްރޫޕް 1: އެމްއެންޑީއެފް ފުވައްމުލައް 9 – 4 ފްރައިންޑްސް ކްލަބު ފުނާޑް ބޯއިސް

ގްރޫޕް 1 ގެ ދެވަނަ މެޗުގައި މިއަދުގެ ފުރަމަ ބައްދަލުކުރީ އެމްއެންޑީއެފް ފުވައްމުލައް ޓީމާއި ފްރައިންޑްސް ކްލަބު ފުނާޑް ބޯއިސް ގެ ޓީމެވެ.މިމެޗު 6-4 ލަނޑުން ކާމިޔާބުކުރީ އެމްއެންޑީއެފް ފުވައްމުލައް ޓީމެވެ. މިގްރޫޕްގެ ފުރަމަ މެޗު ނިމިފައި ވަނީ އެއްވަރު ވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެމްއެންޑީއެފް ފުވައްމުލައް ޓީމުގެ ޖާޒީ ނަމްބަރު 5 އަބްދުﷲ އިމްރާން އެވެ. އޭނާ ވަނީ ކުޅުނު ފުރަތަަ މެޗުގެ ވެސް މޮޅު ކުޅުންތެރިޔާކަން ހޯދާފައެވެ.

ގްރޫޕް 2؛ ހޯދަޑު ސްޕޯރޓްސް 12 – 1 އެފްސީ ދޫނޑިގަލޯނާ ޖޫނިއަރ (ޖރ)

ގްރޫޕްގެ ދެވަނަ މެޗުގައި ހޯދަދު ސްޕޯރޓްސްއިން ވަނީ ދޫނޑިގަމުގެ ދެވަނަ ޓީމު ކަމަށްވާ ދޫނޑިގަލޯނާ ގެ ޓީމު  12-1 ލަންޑުގެ ބޮޑު ތަފާތަކުން ބަލިކޮށްފައެވެ. ހޯދަޑު ޓީމުން ވަނީ މި ގްރޫޕްގެ ފުރަމަ މެޗުގައި ދޫނޑިގަމު ބޮޑު ޓީމުންވެސް 5-1 ން ބަލިކޮށް ފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ހޯދަޑު ްސްޕޯރޓސް ގެ ޖާޒީ ނަމްބަރު 9 އަލީ ލިރުޣާމު އެވެ.

ގްރޫޕް 3: ޓީމް ހައުސިން 5 – 3 ކްލަބް ވެމްކޯ

ގްރޫޕް 3 ގައި މިރޭ ބައްދަލުކުރީ ޓިމް ހައުސިން ގެ ޓީމައި ކްލަބު ވެމްކޯގެ ޓިމެވެ. މިމެޗް 5-3 ލަނޑުން ކާމިޔާބުކުރީ ޓީމް ހައުސިންގ އެވެ. ޓީމު ހައުސިން ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. މި މެޗްގެ މޮޅު ކުލުންތެރިއަކީ ޖާޒީ ނަމްބަރު 7 އަހުމަދު އަޖުމަލް އެވެ.

ގްރޫޕް 4: ފުވައްމުލައް ސިޓީ ފަޔަރ ސްޓޭޝަން 7 – 3 މާލެގަން ޔޫތު ފައުންޑޭޝަން

ގްރޫޕް 4 ގައި މިރޭ ކުޅުން މެޗުން ފުވައްމުލައް ސިޓީ ފަޔަރ ސްޓޭޝަން ގެ ޓީމު މޮޅު ވީ 7 – 3 ން ނެވެ. މިމެޗުގައި ވާދަކުރި މާލެގަން ޓީމު ވަނީ ކުޅުނު ދެމެޗުން ވެސް ބަލިވެ މުބާރާތުން ކަޓާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ފުވައްމުލައް ސިޓީ ފަޔަރ ސްޓޭޝަން ގެ ޓީމުގެ ޖަޒީ ނަމްބަރު 9 އިބްރާހިމް އަހުމަދެވެ. 

މާދަމާ ކުޅެވޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗްތަކެވެ. އެއާއި އެކު ދެވަނަ ބުރަށް ދާ އިތުރު ޓީމުތައް ކަނޑައެޅިގެންދާނެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !