A wide advertisement which will be shown on all devices. (700 x 100)

ވޯލްޑް ކަޕް 2018: ފްރާންސް އާއި ކްރޮއޭޝިއާ ގްރޫޕުގެ އެއްވަނައަށް

އާޖެެންޓީނާ އާއި ނައިޖީރިއާ ބައްދަލު ކުރާ މެޗުގައި ގޯލު މިޖަހަނީ މުޅިންވެސް މެސީ އާއި ރޯހޯ. މިމެޗުން އާޖެންޓީނާ މޮޅުކޮށްދިން ގޯލު ޖެހި ރޯހޯ. ފޮޓޯ: ފީފާ

ރަޝިއާގައި މިހާރު ކުޅެވޭ ފީފާ ވޯލްޑް ކަޕް 2018ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި މިރޭ ފްރާންސް ކުޅުނު މެޗު އެއްވަރުވީ ނަމަވެސް ގްރޫޕް ޑީގައި އާޖެންޓީނާއާއި ކްރޮއޭޝިއާ އިްނ މޮޅެއް ހޯދިއެވެ. ގްރޫޕް ސީ ގެ އެއްވަން ފްރާންސަށ އަދި ގްރޫޕް ޑީ ގެ އެއްވަނަ ކްރޮއޭޝިއާ އިން ހޯދިއެވެ. އަދި ގްރޫޕް ސީ އިން ޑެންމާކް އަދި ގްރޫޕް ޑީ އިން އާޖެންޓީނާ ދެވަނަ ހޯދައިގެން ވަނީ ދެވަނަ ބުރަށް ކޮލިފައިވެފައެވެ.

ގްރޫޕް ސީ: ފްރާންސް 0 – 0 ޑެންމާކް، ޕެރޫ 2 – އޮސްޓްރޭލިއާ

ގްރޫޕް ސީ ގައި އެއްވަގުތަކު މިރޭ ފްރާންސްއާއި ޑެންމާކް ބައްދަލު ކުރި މެޗަމަކީ މި ވޯލްޑް ކަޮޕްގައި ގޯލެއް ނުޖެހި އެއްވަރުވި ފުރަތަމަ މެޗެވެ. އެންޓޮއިން ގްރިޒްމަން އާއެކު މެޗުފެށި އެމްބާޕޭ އާއި ޕޮގްބާ ބެންޗުގައި ބަހައްޓާފައެވެ. ޑެންމާކްގެ ކްސްޓިއަން އެކިކްސަންގެ ދެމަހަމަލާއެއް ފްރާންސްގެ ގޯލަށް ނުރައްކާ ވިއެވެ. ގިނަ ބަދަލުތަކަކާއެކު ދެ ޓީމުން ވެސް ކުޅުނު މިމެޗުގެ މޮޅު ކުޅުންތެރިއކަށް ހޮވުނީ ފްރާންސްގެ ކާންޓޭ އެވެ.

ގްރޫޕް ޑީ: އާޖެންޓީނާ 2 – 1 ނައިޖީރިއާ، އާއި ކްރޮއެޝިއާ 2 – 1 އައިސްލޭންޑް

ގްރޫޕް އޮފް ޑެތު ގައި މިރޭ އާޖެންޓީނާއާއި ނައިޖީރިއާ ބައްދަލުކުރި މެޗު 2-1ން ކާމިޔާވބު ކޮށްގެން އާޖެންޓީނާއިން ވަނީ ދެވަނަ ބުރުގެ ޖާގަ ޔަގީން ކޮށްފައެވެ. މެޗުުން މޮޅުވެގެން ނައިޖީރިއާއަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތް މި މެޗު ފެށި އާޖެންޓީނާ ބޮޑު ޕްރެޝަރެއްގައި އޮވެ ބޮޑެތި ބަދަލުތަކަކާ އެކުއެވެ.

ފުރަތަމަ ހާފު ފެށިގެން އާޖެންޓީނާގެ މޮޅު ކުޅުން ފެނިގެން ދިޔައީ މެސީގެ ކުރު ރީތި ޕާސްތަކާއެކު އެވެ. މިމެޗުގައި ފުރަތަމަ 11 އަށް ނިކުތް ބަނޭގާ މަތިން ދިން ލޯންގް ޕާހެއް ފަލަމަސްގަނޑުން ކޮންޓްރޯލްކޮށް، ބިމުގައި ނުޖައްސައި ދެވަނަ ފަހަރަށް ފައިތިލައިން ކޮންޓްރޯލް ކޮށް ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވެދެ ގޯލުގެ ދުރުކަނަށް ބޯޅަ ވައްދާލި ޖެހި ގޯލުން އާޖެންޓީނާ މެޗުގެ ލީޑު ނެގީ 14 ވަނަ މިނިޓްގައެވެ.

މިހާފުގައި ޑީމަރިއާ ހިފައިގެން ދިޔަ ބޯޅައަކަށް ނައިޖީރިއާ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން، ޕެނަލްޓީއޭރިއާ ބޭރުން ލިބުނު ހިލޭޖެހުން މެސީ ގޯލަށް ފޮނުވާލި ބޯޅަ ނައިޖީރިއާ ގޯލްކީޕަރު އަތުގެ އިނގިލިގެ ކުރީގައި ޖެހިފައި ގޮސް ގޯލުގެ އަރިމަތީ ދަނޑިގައި ޖެހިފައި ބޭރުވީ ކޯނަރަކަށެވެ.

ދެވަނަ ހާފުގައި ނައިޖީރިއާގެ ކޯނަރެއްގައި މަޝަރާނޯ ނައިޖީރިއާ ކުޅުންތެރިއެއްގެ ގައިގައި ހިފެހެއްޓުމުން އޭނާއަށް ރީނދޫ ކާޑެއް ދައްކައި ރެފުރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ 1-1ން އެއްވަރު ކުރިއެވެ. މެޗުގެ ފަހު 5 މިނިޓްގައި ކުޅެން ނިކުތް އަގުއޭރޯ އާއެކު އާޖެންޓިނާއިން ނައިޖީރިއާގެ ދިފާީ ލަސް ކުޅުމަށް ހިތްނުތަނަވެސް ވަފއި ތިއްބައި އަރިމަތިން ހުރަސްކުރި ބޯޅައަކަށް ރޯހޯ އަރާ ގޯލެއް ކާމިޔާބުކޮށްދީ އާޖެންޓީނާ ދެވަނަ ބުރަށް ގެންގޮސް ދިނެވެ.

ފާއިތުވި 2014 ގެ ވޯލްޑް ކަޕުގައި މިދެޓީމު ބައްދަލުކުރި މެޗުން ވެސް 3-2ން ޓިމު މޮޅުކޮށް ދިނީ ވެސް ރޯހޯގެ ގޯލަކުންނެވެ. އެމެޗުގައި މެސީ ދެގޯލު ޖެހިއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އާޖެންޓީނާ ގެ ކެޕްޓަން މެސީ އެވެ.

މި ގްރޫޕްގައު ދެން ކުޅެވުނު މެޗު ވެސް 2-1ން ކްރޮއެޝިއާ ކާމިޔާބުކޮށް 9 ޕޮއިންޓާއި އެކު ގްރޫޕްގެއެއްވަނ ހޯދިއެވެ. މިގްރޫޕުން ކެޓީ ނައިޖީރިއާ އާއި (3 ޕޮއިްނޓް) އައިސްލޭންޑް (1 ޕޮއިންޓް) އެވެ.

މާދަމާ ކުޅެވޭނީ

ގްރޫޕް އެފް:ޖާރުމަނާއި ސ.ކޮރެއާ އަދި މެކްސިކޯ އާއި ސްވިޑްން އެވެ.

ގަދަ 16 ގައި، 30 ޖޫން އަދި 1 ޖުލައި

ފްރާންސް އާއި އާޖެެންޓީނާ

އުރުގުއޭ އާއި ޕޯރޗްގަލް

ސްޕެއިން އާއި ރަޝިއާ

ކްރޮއޭޝިއާ އާއި ޑެންމާކް

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !