20 ސެޕްޓެމްބަރ 2018 (ބުރާސްފަތި)


ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށްދާ ޓީމުތައް ކަނޑައެޅިއްޖެ

ޓީމު ހައުސިން ކްއާރޓަރ ފައިނަލުގައި ބަލިވީ 1 - 0 ން މިސްކިތްމަގު ޓީމު އަތުން. ފޮޓޯ:ފވމ ސިޓީ ކައުންސިލް

ޓީމު ހައުސިން ކްއާރޓަރ ފައިނަލުގައި ބަލިވީ 1 - 0 ން މިސްކިތްމަގު ޓީމު އަތުން. ފޮޓޯ:ފވމ ސިޓީ ކައުންސިލް

މިހާރު ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ކޯޓުގައި ކުޅެވެމުން ދާ ސިޓީ ކައުންސިލްގެ 2 ވަނަ ފުޓްސަލް މުބާރާތުގެ ކްއާޓަރ ފައިނަލް މެޗުތަކުގައި މިއަދާއި މިރޭ ކުޅެވުނު މެޗުތަކުން ސެމީ ފައިނަލްގެ ޓީމުތައް ކަނޑައެޅިއްޖެއެވެ.

ފުރަތަމަ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރާނީ ފުވައްމުލައް ސިޓީ ޕޮލިސް ޓީމާއި ހޯދަޑު ސްޕޯރޓްސް އެވެ. ދެވަނަ ސެމީފައިނަލް މެޗުގައި ބައްދަލުކުރާނީ ކުރީގެ ޗެމްޕިއަމް އެމްޕީއެލް އާއި މިސްކިތްމަގު ޓީމެވެ.

ކްއާރޓަރ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ފުވައްމުލައް ސިޓީ ޕޮލިސް ޓީމާއި އެފްސީ ދޫނޑިގަލާނޯ ގެ ޓީމެވެ. މިމެޗު 8-6 ލަނޑުން ކާމިޔާބުކޮށް ސެމީ ފައިނަލުގެ ޖާގަ ހޯދީ ފުވައްމުލައް ސިޓީ ޕޮލިސް ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ފުވައްމުލައް ސިޓީ ޕޮލިސް ޓީމުގެ އަޙުމަދު ސިނާހު (ޖ.20) އެވެ.

ދެވަނަ މެޗުގައި ހޯދަޑު ސްޕޯރޓްސް މޮޅުވީ 1 ލަނޑު 0 ލަނޑުންނެވެ. މިމެޗުގެ އެޓީމާއި ވާދަކުރީ އެމްއެންޑީއެފް ފުވައްމުލައް ޓީމު އެވެ. މިމެޗުގެ މޮޅު ކުޅުންތެރެއަކީ ހޯދަޑު ޓީމުގެ އަލީ ލިރުޣާމު (ޖ.9) އެވެ.

މިރޭ ކުޅެވުނު ކްއަރޓަރ ފައިނަލުގެ 3 ވަނަ މެޗުގައި އެމްޕީއެލް ޓީމާއި ފުވައްމުލައް ސިޓީ ފަޔަރ ސްޓޭޝަން ޓީމު ބައްދަލުކުރި މެޗު 6 ގޯލު 4 ގޯލުން ކާމިޔާބުކޮށް ސެމީ ފައިނަލުގެ ޖާގަ ހޯދީ އެމްޕީއެލްގެ ޓީމެވެ. މިމެޗުގެ މޮޅު ކުލުންތެރިއަކީ އެމްޕީއެލް ޓީމުގެ އަޙުމަދު މުޢާޒު (ޖ.11) އެވެ.

މިރޭ ކުޅެވުނު ކްއާރޓަރ ފައިނަލުގެ ފަހު މެޗުގައި މިސްކިތްމަގު ޓީމުން ވަނީ ޓީމު ހައުސިން 1-0 ން ބަލިކޮށް ސެމީގެ ޖާގައެއް ހޯދާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ މިސްކިތްމަގު ޓީމުގެ އަޙުމަދު ޒައިން (ޖ.10) އެވެ.

މާދަމާ ކުޅެވޭ ސެމީފައިނަލް މެޗުތައް:

ސެމީ ފައިނަލް 1: 8:30 ގައި ފުވައްމުލައް ސިޓީ ޕޮލިސް ޓީމާއި ހޯދަޑު ސްޕޯރޓްސް

ސެމީ ފައިނަލް 2: 9:30 ގައި އެމްޕީއެލް އާއި މިސްކިތްމަގު ޓީމު

މުބާރާތުގެ ފައިނަލް މެޗު ކުޅެނީ 30 ޖޫން ވާ ހޮނިހިރު ދުވަހުގެ ރެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!