17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

މިރޭ ޖަރުމަން ބަލިވެ ކެޓީ ވޯލްޑް ކަޕްގެ ތާރީޚު އިޔާދަވެގެން ދިޔަ މެޗެއްގައި.

އެންމެ ފަހުގެ ޗެމްޕިއަން ވަރުގަދަ ޖަރުމަން ގްރޫޕް ސްޓޭޖުން ކަޓައިފި

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މިރޭ ޖަރުމަނާއި ސައުތު ކޮރެއާ ބައްދަލު ކުރި މެޗު 2-0ން ސ.ކޮރެއާ ކާމިޔާބު ކުރުމުން މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު ޓީމަށް މުބާރާތް ނިމިއްޖެއެވެ. ގަރޫޕް އެފް ގެ ފަހު މެޗުގައި މިރޭ ސައުތު ކޮރެއާއާއި ދެކޮޅަށް ނިކުތް އިރު ޖާރުމަނަށް މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތެވެ. ނަމަވެސް 0-0ން އެއްވަރުވާން ދިޔަ މެޗުގެ އިތުރު ވަގުތުގައި ކޮރެއާއިން 2 ގޯލު ޖަހައި ޖަރުމަން ޓީމު މުބާރާތުން ކަޓުވާލީއެވެ.

މިއީ، ޗެމްޕިއަންނުން ޖެހިގެން އަންނަ ވޯލްޑްކަޕް މުބާރާތުގެ ފުރަތަމަ ބުރުން ކެޓުމަކީ ވޯލްޑް ކަޕްގެ ތާރީޚު މީގެ 20 އަހރު ކުރިްނ ފެށިގެން ދައްކާ ގޮތޭވެސް ބުނެވިދާނެއެވެ.

އެގޮތުން 1998 ގެ ވޯލްޑް ކަޕް ތަށި އުފުލި ފްރާންސް ޖެހިގެއަނ އައި 2002 ވަނަ އަހަރުގެ ވޯލްޑްކަޕ މުބާރާތުގެ ގްރޫޕް ސެޓޭޖުން ކެޓީއެވެ.

2006 ވަނަ އަހަރު މުބާރާތުގެ ޗެމްޕައަން ކަން ހޯދި އިޓަލި ޖެހިގެން އައި 2010ގެ ވޯލްޑް ކަޕް މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓީއެވެ.

2010 ވަނަ އަހަރު މުބާރާތުގެ ޗެމްޕައަން ކަން ހޯދި ސްޕެއިން ޖެހިގެން އައި 2014ގެ ވޯލްޑް ކަޕް މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓީއެވެ.

ހަމަ އެގޮތަށް 2014 ގެ ޗެމްޕައަން ޖަރުމަން މިފަހަރުގެ (2018)ގެ ވޯލްޑް ކަޕް މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓީއެވެ.

މިރޭގެ މެޗުގެ ފުރަތމަ ހާފުގައި މާއެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ހާފު ނިމެން ކައިރިވެފައިވަނިކޯށް ކޮރެއާއަށް ގޯލު ޖަހަން ރނަގަޅު ފުރުސަތެއް ލިބި ޖަރުމަނުގެ ކީޕަރު ނޯޔާ ދިފާޢު ކުރިއެވެ.

ދެވަނަ ހާފު ފެށިގެން 4 ފަހަރު ވޯލްޑްކަޕްގެ ޗެމްޕިއަން ޖަރުމަނުން ހަމަލާތައް ކުރިއަށް ޖެހެން ފެށިއެވެ. ހާފުގެ ކުރި ކޯލު ޖަރުމަނުނގެ ހަމަލާއެއް ކޮރެއާ ކީޕަރު ހުޝިއާރުކަމާއެކު ދިފާޢު ކުރިއެވެ. އަދި އޮޒިލްއާއި ރިއުސް ގެ ޕާސްތަކުން އުފެއްދި ހަމަލާއެއް ވާނާރ އިދިކޮޅު ގޯލަށް އަމާޒުކުރި ނަމަވެސް ގޯލަކަށް ހަދާލެވޭ ގޮތެއް ނުވިއެވެ. ޖަރުމަނުން ކުރިއަށް ޖެހުމުން ކައުންޓާރ އެޓޭކުގައި ކޮރެއާގެ ފުރަތަމަ ގޯލު މެޗުގެ ކާމިޔާބުކޮށް ދިނީ ޑިފެންޑަރު 93 ވަނަ މިނިޓްގައެވެ. އިތުރު ވަގުތަށް 9 މިނިޓް ދެއްކި މިމެޗުގެ ފަހު ގޯލު ކޮރެއާ ޓީމަށް ކާމިޔާބުކޮށް ދިނީ 96 ވަނަ މިނިޓްގައި ސޮންއެވެ. 

މި ނަތީޖާއާއެކު ޖަރުމަން ގުރޫޕްގެ ފުލަށް ވެއްޓުނު އިރު ކޮރެއާވެސް ވަނީ 3 ޕޮއިްނޓާއެކު މުބާރާތުން ކަޓާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ކޮރެއާގެ ޔޯ ހެއޮން ވޫ އެވެ.

މިގްރޫޕްން އެއްވަނަ ހޯދީ މިރޭ ކުޅެވުނު އަނެއް މެޗުން 3-0 ން މޮޅުވެގެން ސްވިޑެން އެވެ. ސްވިޑެންގެ 3 ގޯލު ވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. ފުރަތަމަ ގޯލު ލުޑް ވިގް އޮގަސްޓިންސަން ކާމިޔާބުކޯށްދިން އިރު 2 ވަނަ ގޯލު ޕެންަލްޓީއަކުން ކާޟިޔާބުކުރީ ގްރަންކްވިސްޓްއެވެ. އަދި 3 ވަނަ ގޯލަކީ ބައިކޮޅަށް މެކްސިކޯ ކުޅުންތެރިއަކު ޖެހި ގޯލެކެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކި ސްވިޑްގެ ލުޑް ވިގް އޮގަސްޓިންސަން އެވެ.

ގަދަ 16ގައި މެކްސިކޯ ބައްދަލުކުރާނީ ބްރެޒިލްއާއެވެ. އަދި ސްވިޑެން ބައްދަލުކުރާނީ ސްވިޒަރލޭންޑާއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު