18 ޖުލައި 2018 (ބުދަ)


ފުޓްސަލް މުބާރާތުގެ ފައިނަލަށް ހޯދަޑު ސްޕޯރޓްސް އާއި އެމްޕީއެލް

ފވމ ސިޓީީ ކައުންސިލްގެ 2 ވަނަ ފުޓްސަލް މުބާރާތުގެ ފުރަތަމ ސެމީފައިނަލް މެޗު ފެށުމަށް ތައްޔާރުވަނީ. ފޮޓޯ ފވމ ސިޓީ ކައުންސިލް

ފވމ ސިޓީީ ކައުންސިލްގެ 2 ވަނަ ފުޓްސަލް މުބާރާތުގެ ފުރަތަމ ސެމީފައިނަލް މެޗު ފެށުމަށް ތައްޔާރުވަނީ. ފޮޓޯ ފވމ ސިޓީ ކައުންސިލް

މިރޭ ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ކޯޓުގައި ކުޅެވުނު ސެމީފައިނަލް ދެމެޗުން މޮޅުވެގެން ހޯދަޑު ސްޕޯރޓްސް އާއި އެމްޕީއެލްގެ ޓީމު ފައިނަލަށް ދަތުރުކޮށްފިއެވެ. 

ސެމީފައިނަލް ފުރަތަމަ މެޗުގައި ހޯދަޑު ސްޕޯރޓްސް މޮޅުވީ ފުވައްމުލައް ސިޓީ ޕޮލިސް އާއި ވާދަކޮށް 4 ލަންޑު 3 ލަންޑުންނެވެ. ކުޅުން ހުރިހާ މެޗަކުން މޮޅުވެގެން ހޯދަޑު ސްޕޯރޓސްގެ ޓީމު ވަނި ފައިނަލަށް ދަތުރުކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޯދަޑު ސްޕޯރޓްސް ގެ ޖާޒީނަމްބަރު 17 އަލީ ޒައިދާން ރަމީޒުއެވެ.

ދެވަނަ ސެމީ ފައިނަލުގައި މިރޭ، އެންމެ ފަހުގެ ޗެމްޕިއަން  އެމްޕީއެލްގެ ޓީމާއި ބައްލުކުރީ މިސްކިތް މަގު ޓީމެވެ. މިމެޗު ފަސޭހަކަމާއެކު އެމްޕީއެލް ޓީމުން ކާމިޔާބުކުރީ 6 ލަނޑު 1ލަނޑުންނެވެ. މި ނަތީޖާއާއެކު އެމްޕީއެލް ޓީމު ވަނީ ކުލުނު ހުރިހާ މެޗަކުން މޮޅުވެ ފައިނަލުގެ ދެވަނަ ޖާގަލިބިފައެވެ. މިމެޗުގެ މޮލު ކުޅުންތެރިއަކީ އެމްޕީއެލް ޓީމުގެ ޖާޒީ ނަމްބަރު 11 އަޙުމަދު މުޢާޒެވެ.

މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ވަނީ ހަމަޖެހިފައި ވަނީ މާދަމާ ނޫން އަނެއް ދުވަހު (ހޮނިހިރު)ގެ ރޭ 8:30 ގައެވެ.

މިއީ ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މިމުބާރާތް ކުރިޔަށް ގެނދާ ދެވަނަ ފަހަރެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!