17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ޖަޕާނު: މި ވޯލްށް ކަޕުގައި ވަނީ އޭޝިއާއިން އެންމެ މޮޅު ކުޅުމެއް ދެއްކި ޓީމު. ފޮޓޯ. ފީފާ

ވޯލްޑް ކަޕްގެ ގަދަ 16ގައި އޭޝިއާ ތަމްސީލުކުރަން ޖަޕާނުން އެކަނި

މިހާރު ރަޝިއާގައި ކުރިޔަށްދާ ވޯލްޑް ކަޕް 2018ގެ ގްރޫޕް އެޗުގެ ނަތީޖާ މިރޭ ނުކުތް ގޮތުން  މުބާރާތުގެ ދެވަނަ ބުރަށް ޖަޕާން ދަތުރުކޮށްފިއެވެ. ގްރޫޕް އެޗްގެ ދެވަނަ ޓީމެއްގެ ގޮތުގައި ޖަޕާން ގަދަ 16 ނުވަތަ ދެވަނަ ބުރަށް ދިޔައީ ގްރޫޕުގެ ދެވަނަ ފީފާ ފެއަރ ޕްލޭ އުސޫލުން ލިބިގެންނެވެ.

ގްރޫޕް އެޗް: ޕޮލޭންޑް 1-0 ޖަޕާން، ކޮލަމްބިއާ 1 – 0 ސެނެގާލް

ގްރޫޕް އެޗުގެ ފަހު ދެމެޗު މިރ ކުޅޭވުނު އިރު މެޗު އެއްވަރުކޮށްގެން ދެވަނަ ބުރުގެ ޔަގީންކަން ލިބެން އޮތް ޖަޕާނުން މެޗަށް ނުކުތީ 6 ބަދަލަކާއެކު އެވެ. ފުރަތަމަ ހާފުގައި މާއެދެވޭ ކުޅުމެއް ނުދެއްކުނު އިރު މުބާރާތުގައި މެޅޭއް ނުލިބި އޮތް ޕޮލޭންޑް ނުރައްކާތެރި ދެހަމަލާއެއް ޖަޕާނު ގޯލަށް ފޮނުވާލިއެވެ. ނަމަވެސް ޖަޕާން ކީޕަރު ދިފާޢުކުރީއެވެ.

ދެވަން ހާފު ފެށިގެން ކުރީކޮޅު ޕޮލެންޑުން ގޯލެއް ޖަހައި މުބާރާތުން 3 ޕޮއިންޓުގެ ހިތް ހަމަޖެހުމެއް ހޯދިއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލޭންދްގެ ޖޭން ބެޑްނަރިކް އެވެ.

 މިމެޗުން ބަލިވި ކަމުގައި ވިޔަސް ޖެޕާން ޓީމު ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މިއީ ޖަޕާން ޓީމު ވޯލްޑް ކަޕްގެ ގްރޫޕް ސެޓޭޖު ފަހަނަޅައި ކުރިޔަށް ދިޔަ 3 ވަނަ ފަހަރެވެ. އެންމެ ފުރތަަމަ 2002 ޖަޕާން އަދި ކޮރެއާގައި ބޭއްވުނު ވޯލްޑްކަޕް ގައި އާއިއ 2010ގެ ވޯލްޑް ކަޕުގައެވެ. 

މިފަހަރުގެ މުބާރާތުގައި އޭޝިއާއިން އެންމެ ރަނގަޅު ކާމިޔާބެއް މިލިބުނީ ޖަޕާނަށެވެ. 

ކުރިން އޭޝިއާއަށް ވުރެ ފުޓުބޯޅައިގެ ކުރީގައި އުޅޭ ކަމަށް ބެލެވޭ އެފްރިކާގެ ޓީމުތަކަށް މިވޯލްޑް ކަޕްގައި 2 ވަނަ ބުރުން ޖާގައެއް ނުހޯދުނެވެ. 

މިގްރޫޕުގައި ވާދަވެރިކަން ބޮޑު ވެގެން ދިޔަ މެޗަކީ ކޮލަމްބިއާ ސެނެގާލް ބައްދަލުކުރި މެޗެވެ. މިމެޗުން މޮޅުވާ ޓީމަކަށް ދެވަނ ބުރުގެ ޖާގަ ޔަގީން ވާއިރު މެޗް އެއްވަރުވެގެން ފަހަރުގައި ދެޓީމަށް ވެސް ފުރުސަތު ލިބޭނެ ހަމައެއް ވެސް އޮތެވެ. ނަމވެސް މެޗު ނިމުނީ ކޮލަމްބިއާ އިން 1-0ން މޮޅުވެ ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. މިމެޗުގައި ކޮލަމްބީއާއަށ ްގޯލު ކާމިޔާބުކޯސްދިނީ 74 ވަނަ މިނިޓްގައި

މި މެޗުގެ ބަލި ސެނެގާލް އަށް ހިތި ޒަހަރަކަށް ވީ ގްރޫޕުން ދެވަނަ ހޯދި ޖަޕާނާއި ސެނެގޭލް ޕޮއިންޓާއި ގޯލު ތަފާތު އަދި ޖެހި ގޯލުން ވެސް އެއްވަރު ވުމުން ފީފީ ފެއަރ ޕްލޭ (ރަނގަޅު ސުލޫކަށް އިސްކަންދޭ) އުސޫލުގެ ދަށުން ސައުތު ކޮރެއާއަށް ކުރި ލިބުމުންނެވެ. 

މިއާއެކު ސެނެގާލް މުބާރާތުން ކެޓުމުން އެފްރިކާގެ އެއްވެސް ޓީމަކަށް މިފަހަރުގެ ވޯލްޑް ކަޕުގެ ދެވަނަ ބުރުން ޖާގައެއް ނުލިބުނީއެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު