18 ޖުލައި 2018 (ބުދަ)


އަޑުގަދަ އިނގިރޭސިން ބަލިކޮށް ބެލްޖިއަމް ގްރޫޕުގެ 1 ވަނައަށް

މި ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުންދާ ބެލްޖިއަމަށް 9 ޕޮއިންޓާއެކު ގްރޫޕްގެ 1 ވަނަ. ފޮޓޯ؛ ފީފާ

މި ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުންދާ ބެލްޖިއަމަށް 9 ޕޮއިންޓާއެކު ގްރޫޕްގެ 1 ވަނަ. ފޮޓޯ؛ ފީފާ

މިރޭ ކުޅެވުނު ވޯލްޑް ކަޕް ގްރޫޕް އީ ގެ ފަހު މެޗުގައި އަޑުގަދަ އިނގިރޭސިން 1-0 ން ބަލިކޮށް ބެލްޖިއމް ޓީމުން ވަނީ އެއްވެސް މެޗަކުން ބަލި ނުވެ %100 ރެކޯޑަކާއެކު 9 ޕޮއިންޓް ހޯދައިގެން ގްރޫޕުން 1 ވަނަ ހޯދާފައެވެ. މިއި އެޓީމުން ބަލި ނުވެ ހަމަކުރި 23 ވަނަ މެޗެވެ.

ބެލްޖިއަމް 1-0 އިނގިރޭސިވިލާތް، ޓިއުނީޝީއާ 2-1 ޕެނަމާ

މިރޭ ކުޅެވުނު ގްރޫޕް ޖީގެ މެވުން ބެލްޖިއަމް މޮޅުވީ މުހިންމު ގިނަ ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދީ ފައެވެ. އެގޮތުން ކެޕްޓަން އެޑިން ހަޒާޑް ވެސް މެޗުގައި ނުކުޅޭއެވެ. ނަމަވެސް އޭނާގެ ކޮށްކޮ ޓޯގަން ހަޒާޑު މެޗުގައި ކުޅުނެވެ. ބެލްޖިއަމުން މޮޅަށް ކުޅުނު މެޗުގެ ހަމައެކަނި ގޯލު ޖެހި ދެވަނަ ހާފުގެ ކުރި ކޮޅުއެވެ. މިމެޗުގައި އިނގިރޭސި ކެޕްޓަން ހެރީކޭން ގެ ބަދަލުކގައި ކުޅުނީ ވާޑީއެވެ.

މެޗު އެއްވަރު ވެގެން ނިމުނު ނަމަ ފީފާ ފެއަރ ޕްލޭ އުސޫލުގެ ދަށުން އިނގިރޭސި ވިލާތަށް ގްރޫޕުގެ 1 ވަނަ ލިބޭނެއެވެ. މިމެޗަށް ނުކުތް އިރު ވެސް މި ދެޓީމު ވަނީ ދެވަނަ ނުރަށް ކޮލިފައިވެފައެވެ.

ދެވަނަ ބުރުގައި ބެލްޖިއަމް ބައްދަކުރާނީ ޖަޕާނާއި ދެކޮޅަށެވެ. އަދި އިނގިރޭސިން ކުޅެން ޖެހޭނީ ސައުތު އެމެރިކާގެ ވަރުގަދަ ކޮލަމްބިއާ އާއި ދެކޮޅަށެވެ.

މިގްރޫޕްގައި ދެން ކުޅެވުނީ މުބާރާތުން ކަޓާފައިވާ އެފްރިކާގެ ޓިއުނީޝީއާ އާއި މެދުތެރޭ އެމެރިކާގެ ޕެނަމާއެވެ. މިމެޗު 2-1 ކާމިޔާބުކުރީ ޓިއުނީީޝއާއެވެ. ފުރަތަމަ ހާފުގައި ޓިއުނީޝީއާ ކުޅުންތެރިއެއްގެ އަތުން ބައިކޯލަށް ވަން ގޯލާކާއެކު ޕެނަމާއަށް މެޗުގެ ލީޑު ލިބުނު ނަމަވެސް ފަހަތުން އަރައި ޓިއުނީޝީއާއިން ވަނީ 2 ގޯލު ޖަހައި ގްރޫޕްގެ 3 ވަނަ މަގާމު ހޯދާފައެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!