A wide advertisement which will be shown on all devices. (700 x 100)

އެމްބާޕޭގެ މޮޅު ކުޅުމުން ފްރާންސް ކްއާރޓަރ ފައިނަލަށް

ފްރާސްގެ ޒުވާން ބާރު ދުވުންތެރިޔާ އެމްބާޕޭ މިމެޗުގައި މޮޅު ކުޅުމެއ ްދައކައި ދެގޯލު ޖަހައި ޓީމަށް ޕެނަލްޓީއެއް ހޯދާދިން. ފޮޓޯ: ފީފާ

މިރޭ ކުޅެވުން ފީފާ ވޯލްޑް ކަޕް ދެވަނަ ބުރުގެ ފުރަތަމަ މެޗުން ވަރުގަދަ އާޖެންޓީނާ ބަލިކޮށް ފްރާންސުން ކުއާރޓަރ ފައިނަލުގެ ޖާގަ ހޯދައިފިއެވެ. މިނަތީޖާ އާއިއެކު އެންމެ ފަހުގެ ވޯލްޑްކަޕްގެ 1 ވަނަ ޖަރުމަނާއި ދެވަނަ އާޖެންޓީނާ މިފަހަރުގެ ވޯލްޑް ކަޕުން ކަޓައިގެން ދިޔައީއެވެ. ދެވަނ މެޗުގައި އުރުގުއޭ އާއި ޕޯޗްގީޒް ބައްދަލުކުރި މެޗުން 2-1ން އުރުގުއޭ ކާމިޔާބުކޮށްގެން އެޓީމުން ވެސް ވަނީ ކުއަރޓަރ ފައިނަކުލެ ޖާގަ އެއް ހޯދާފައެވެ.

މިރޭގެ ފުރަތަމަ މެޗުގައި ފްރާންސްސްގެ ޒުވާން ކުޅުންތެރރިއާ އެމްބާޕޭ ވަނީ މޮޅު ކުޅުމެއް ދައިކައި ދެގޯލު ޖަހައި ފުރަތަމ ގޯލުގެ ޕެނަލްޓީ ހޯދާދީަފއެވެ. 

މި މެޗުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފްރާސްންގެ އެއްވަނަ ފޯވަރޑް ގްރިޒްމަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާގެ ޑި މާރިއާ ވަނީ އިދިކޮޅު ހާފުގެ މެދެއްހާހިސާބުން ފޮނުވާލި ބާރު ހަމަލާއަކުން ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ 1-1ން ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި މެސީގެ ޞާރު ހަމަލައެއް އާޖެންޓީނާ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ފްރާންސްގެ ގޯލަށް ވަދެ މެޗުގެ ނަތީޖާ އާޖެންޓީނާ ކޮޅަށް އެނބުރުނެވެ. ނަމަވެސް މާގިނަ އިރެއް ނުވަނީސް ފްރާންސްގެ ޕެވާރޑްގެ ބާދު ހަމަލާއަކުން ފްރާންސް ނަތީޖާ 2-2ން ހަމަހަމަ ކުރިއެވެ. އެއިގެ ކުޑައިރުކޮޅެއް ފަހުން ފްރާންސް ބާރު ދުވުންތެރިޔާ ފޯވަޑް އެމްބާޕޭ ކައިރިކައިރިގައި ޖެހި ދެގޯލުން މެޗުގެ ނަތީޖާ ފްރާސްކޮޅަށް މެޗު އެއްކޮށް އަނބުރާލިއެވެ.

ބަދަލުކުޅުންތެރި އަގުއެރޯއަށް މެޗު ނިމެމުން ދަނިކޮށް މެސީ ދިން ޕާހަކުން ބޮލުން ގޯލެއް ޖަހައި މަތީޖާ ގެ ފަރަގު 4-3 އަށް ކުޑަކުރިއެވެ. ނަމަވެސް މެޗު ނިމިގެން ދިޔައީ އިތުރު ބަދަލެއް ނުގެނެވި ފްރާންސް ކްއާރޓަރ ފައިނަލުގެ ޖާގަ ހޯދައިގެންނެވެ.

ކަވާނީގެ ދެގޯލުން އުރުގުއޭ 2-1 ޕޯޗްގަލް

މިރޭ ކުޅެވިނު ދެވަނަ މެޗުގައި އުރުގުއޭއިން ވަނީ ކްރިސްޓިއާނާ ރޮނަލދޯގެ ޕޯޗުގަލް 2-1ން ބަލިކޮށް މުބާރާތުގެ ކުއާރޓަރ ފައިނަލުގެ ޖާގައެއް ހޯދާފައެވެ. އުރުގުއޭގެ ފުރަތަމަ ގޯލު މެޗުގެ 7 ވަނަ މިނިޓްގައި ކަވާނީ ޖެހީ ލުއިސް ސުއަރޭޒްގެ ހުރަހަކުން ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. 

ދެވަނަ ހާފު ފެށިގެން މާގިނަ ިއރެއް ނުވެ ފޯޗްގަލްގެ ޕެޕޭގެ ގޯލަކުން ނަތީޖާ ހަމަހަމަ ކުރިއެވެ. ނަމަވެސް މެޗުގެ 62 ވަނަ މިނިޓްގައި ކަވާނީ ޖހެި ގޯލާއެކު މެޗުގެ ކުރި ލިބުނެވެ. އެއާއެކު ޕޯޗްގަލް އިން ކުރިއަށް ޖެހި ހަމަލަތާއް ވަރުގަދަ ކުރިއެވެ. އެމީހުންނަށް ލިބުނު ޗާންސް ބޭނުން ނުކުރެވި މެޗު ނިމުނީ 2-1ން އުރުގުއޭ މޮޅުވެ ޕޯޗްގަލް ކަޓައިގެންނެވެ.

ކުއާރޓަރ ފައިނަލުގައި ފްރާންސާއި ބައްދަލުކުރާނީ އުރުގުއެއެވެ. 

މާދަމާ ކުޅެވޭނީ އަނެއްފަޅީގެ ދެ މެޗެވެ.

ފުރަތަމަ މެޗުގައި ސްޕޭނާއި ރަޝިއާ

ދެވަނަ މެޗުގައި ކްރޮއޭޝިއާއައި ޑެންމާކް

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !