17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

މުބާރާތް ބޭއްވެ ރަޝިއާ އިން މުބާރާތުގެ ކުއާރޓަރ ފައިނަލަށް ފޮޓޯ: ފީފާ

ވަރުގަދަ ޓިކި ޓަކާ- ސްޕޭންގެ މައްޗަށް ރަޝިއާއިން ކުރިހޯދައިފި

ފުޓުބޯޅައި ގައި ކުރު ޕާސްތަކާއެކު(ޓިކި-ޓަކާ) މޮޅު ކުޅުމެއް ކުޅޭ ވަރުގަދަ ސްޕޭންގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައި ރަޝިއާއިން މުބާރާތުގެ ކުއާރޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ. އަމިއްލަ ގައުމުގައި ރަޝިއާ އިން ކުޅޭ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާރޓަރ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި ސްޕޭނާއި ދެކޮޅަށް މިރޭ ކުޅުނު މެޗު 1-1 ން އެއްވަރުވެ އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ގޯލެއް ނުޖެހުމުން ޕެނަލްޓީގައި 4-3ން މޮޅުވެގެންނެވެ.

މެޗުގެ 12 ވަނަ މިނިޓްގައި ސްޕޭނަށް ލިބުނު ހިލޭ ޖެހުމެއްގައި ސާޖިއޯ ރާމޯސްގެ ހަމަލާއެއްގައި ރަޝިއާ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ގޯލެއް ވަދެ ސްޕޭނަށް މެޗުގެ ލީޑު ލިބުނު ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަޝިއާގެ ކޯނަރެއްގައި ޑިފެންޑަރު ޖެރާޑް ޕީކޭ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ރަޝިއާއަށް ގޯލަކަށް ހަދައިދިނީ އެޓީމުގެ ޑީޒިއުބާ އެވެ.

އެއްވަރު ވެގެން މެޗު ނިމުމުން ކުޅުނު 15 މިނިޓްގެ ދެ ހާފުގައި ވެސް މޮޅަށް ކުޅުނީ ސްޕެއިނުންނެވެ. ނަމަވެސް މާ އެދެވޭ ހަމަލާއެއް އިދިކޮޅު ގޯލަށް ދެވިފައެއް ނުވެއެވެ.

ޕެނާލްޓީގައި ރަޝއާއަށް ކުރި ލިބުނި 4-3ން ނެވެ. ސްޕެއިންގެ ދެ ޕެނަލްޓީ ރަޝިއާގެ ގޯލްކީޕަރު އިގޯ އެކިންފީވް ވަނީ ދިފާޢުކޮށް ފައެވެ. ރަޝިއާ އިން ޖެހި 4 ޕެނަލްޓީ ވެސް ވަނީ ގޯލަށް ވައްދާލާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ރަޝިއާގެ ގޯލްކީޕަރެވެ.

ޕެނަލްޓީަގއި ޑެންމާކު 3-2ން ބަލިކޮށް ކްރޮއޭޝިއާ ކްއާރޓަރ ފައިނަލަށް

މިރޭގެ ދަވަނަ މެޗުގައި ކްރޮއޭޝިއާއާއި ޑެންމާކު ބައްދަލުކުރި މެޗުގެ ފުރަތަމަ މިނިޓްގައި ޑެންމާކްގެ ޔޯގެންސަން ގޯލެއް ޖަހައި ޑެންމާކަށް ލީޑު ނަގައިދިނެވެ. ނަމަވެސް އެއިގެ 3 މިނިޓް ފަހުން ކްރޮއޭޝިއާގެ މެންޒުކިޗު ގޯލެއް ޖަހައި މެޗުގެ ނަތީޖާ 1-1 ން އެއްވަރު ކުރިއެވެ.

ދެވަނަ ހާފުގައި ދެޓީމުން ވެސް ހަމަލާތަކެއް ދިން ނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވި އިތުރު ވަގުތަށް މެޗު ދިޔައެވެ. އިތިރު ވަގުތުގެ ދެފާހުގެ ތެރެއިން ފަހު ހާފުގައި ކްރޮއޭޝިއާ އަށް ލިބުނު ޕެނަލްޓީ ކެޕްޓަން މޮޑަރިޗު ފޮނުވާލުމުން ޑެންމާކްގެ ކީޕަރ ޝޫމައިކަލް ދިފާޢުކޮށް މެޗުގެ އުއްމީދު އާކޮށްދިނެވެ.

މިރޭގެ ދެވަނަ މެޗުގައި ވެސް ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ފުރަތަމަ ދެ ޓީމުން ވެސް ޖެހި ދެ ޕެނަލްޓީ އިދިކޮޅު ކީޕަރުން ދިފާޢު ކުރިއެވެ. ނަތީޖާ ނެރުމަށް ޖެހި 5 ޕެނަލްޓީގެ ތެރެއިން ޑެންމާކުން ޖެހި 3 ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ދިފާޢު ކުރިއެވެ. އަދި ޑެންމާކްގެ ކީޕަރު ވެސް ދެ ޕެނަލްޓީ ދިފާޢު ކުރިއެވެ.

ޕެނަލްޓީގައި ކްރޮއޭޝިއާ އަށް ކުރި ލިބުނީ ފަހު ޕެނަލްޓީ ރަކިޓިޗް ވައްދާލުމުން 3-2 ން ނެވެ. މިމެޗުގެ މޮޅު ކުޅުން ތެރިއަކީ ޑެންމާކްގެ ގޯލް ކީޕަރ ޝޫމައިކަލް އެވެ.

މާދަމާ ކުޅޭ މެޗުގައި ބައްދަލު ކުރާނީ:

19:00 ގައި ބްރެޒިލް މެކްސިކޯ

23:00 ގައި ޖަ÷ާން ބެލްޖިއަމް އެވެ.

މިއަދު މޮޅުވުމުން ކުއާރޓާރ ފައިނަލުގައި ކްރޮއޭޝިއާ ކުޅެންޖެހޭނީ ރަޝިއާ އާއި ދެކޮޅަށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު