A wide advertisement which will be shown on all devices. (700 x 100)

ބްރެޒިލާއި ބެލްޖިއަމް ކްއާރޓާރ ފައިނަލަށް

ވަރުގަދަ ކަމަށް ކިޔާ ޓީމުތަކުގެ ތެރެއިން ކުއާރޓަރ ފައިނަލުގެ ޖާގަ ހޯދި ފުތރަތަމަ ޓީަމކަށް ބްރެޒިލް. ފޮޓޯ: ފީފާ

މިހާރު ރަޝިއާގައި ކުރިޔަށްދާ ވޯލްޑް ކަޕް 2018 ފުޓްބޯޅަ މުބާރާތުގެ ކްއާރޓާރ ފައިނަލަުން ބްރެޒިޅާއި ބެލްޖިއަމްން ޖާގަ ހޯދައިފިއެވެ. ފުޓުބޯޅައިގެ ބާރުގަދަ ގިނަ ޓީމުތަކެއް މިފަހަރުގެ ވޯލްޑް ކަޕްުގެ ގްރޫޕް ސްޓޭޖުންނާއި ދެވަނަ ބުރުން ކަޓާފައި ވާއިރު ރޭގައި ކުޅުނު މެޗުން ބެރެޒިލް ކާމިޔާބު ހޯދީ ފަސޭހަކަމާއެކު 2-0ން މެދުތެރޭ އެމެރިކާގެ މެކްސިކޯ ބަލިކޮށްގެންނެވެ.

ނަމަވެސް މުބާރާތުގެ މޮޅު ކުލޫމެއް ދައކަމުންއައި ބެލްޖިއަމަށް ޖަޕާން އަތުން ސަލާމްތް ވެވުނީ ވރަށް އުދަގުލުން މެޗުގެ ފަހުހާފުގެ އިތުރު ވަގުތުގައެވެ.

ދެވަނަ ބުރުގައި ގިނަ ބަޔަކު ހައިރާން ކުރިވަނިވި ނަތީޖާ ތަކެއް ނިކުންނަމުން އައި ކަމުގައިވިޔަސް ރޭގެ ނަތީޖާ ތައް ދިޔައީ ގިނަބަޔަކު ކުރިން ލަފާ ކުރި ގޮތަށެވެ.  

ބްރެޒިލް 2 – 0 މެކްސިކޯ

ރޭ ގެ ފުރަތަމަ މެޗުގައި އެމެރިކާ ބައްރަށް ނިސްބަތްވާ ދެ ޓީމުކަމަށްވާ މެކްސިކޯއާއި ބްރެޒިލާއި މެކްސިކޯ ބައްދަލުކުރި މެޗު ނިމުނީ 2-0 ން ބްރެޒިލް ކްއާޓަރ ފައިނަލުގެ ޖާގަ ހޯދައިގެންނެވެ.

ބްރެޒިލްގެ ތަރި ނޭމާ ވޯލްޑް ކަޕްގައި ޖެހި ގޯލުގެ އަދަދު 6 އަށް ހަމަކޮށް، މެޗުގައި މޮޅު ކުޅުމެއް ދައްކަމުން ރޭގެ ފުރަތަމަ ގޯލު އޭނާ ކާމިޔާބުކޮށް ދިނީ މެޗުގެ 51 ވަނަ މިނިޓްގައެވެ.

މެޗުފަށައިގެން ފުރަތަމަ 20 މިނިޓެއް ހާއިރު މެކްސިކޯގެ ބާރު ގަދަވެ ހަމަލާތައް އިދިކޮޅު ގޯލަށް ދެމުން ދިޔައެވެ. ނަމަވެސް ބްރެޒިލުން މެކްސިކޯ ހިފަހެއްޓުމުގައި އިންޑިވިޑުއަލް މޮޅު ކުޅުންތެރިންގެ ހުނަރު ފާހަގަ ވިއެވެ. ރޭގެ މެޗުގައި ބްރެޒިްލގެ ނޭމާގެ އިތުރުން ވިލިއަން، ޖެޒޫޒްގެ ކުޅުން ފާހަގަ ވެގެންދިޔައެވެ.

މެޗުގެ ދެވަނަ ގޯލު ބްރެޒިލަށް ކާމިޔާބުކޮށްދިނީ ނޭމާގެ ޕާހަކުން ބަދަލު ކުޅުންތެރިޔާ ފާމީނޯ، މެޗު ނިމެން 2 މިނިޓަށް ވެފައިވަނިކޮށެވެ.

މިނަތީޖާއާއކު ވޯލްޑްކަޕްގައި ޖަރުމަނުން ޖެހި ގޯލަށ ްވުރެ ބްރެޒިްލގެ ގޯލުގެ އަދަދު މިވަނީ އިތުރުވެފައެވެ. ބްރެޒިލުން މިވަނީ ވޯލްޑްކަޕްގައި 227 ގޯލު ޖަހާފައެވެ. ނޭމާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 89 މެޗު ކުޅެ 57 ގޯލު ޖަހައި ދިފައެވެ.

ބްރެޒިލްގެ ކޯޗާއެކު އެޓީމުން ކުޅުނު 25 މެޗުގެ ތެރެއިން ބައިކޮޅަށް ގޯލެއް ނުވަދެ މިވަނީ 19 މެޗް ހަމަކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ނޭމާ އެވެ.

ބެލްޖިއަމް 2 – 0 ޖަޕާން

ރޭގައި ކުޅޭވުނު ދެވަނަ މެޗުގައި ޖަޕާނުން ވަނީ މޮޅުކުޅުމެއް ދައކައި ދެގޯލުވެ ޖަހާފައެވެ. ނަމަވެސް މުބާރާތުގެ އެންމެ ވަރުގަދަ ކަމަށް ބެލެބޭ ބެލްޖިއަމުން ވަނީ ފަހަތުން އަރައި 3 ގޯލު ޖަހަިއ 3-2 ން މެޗު އެޓީމު ކޮޅަށް އަނބުރާލާފައެވެ.

ރޭ ޖަޕާން ތީމުން ދެއްކި މޮޅު ކުޅުމާއެކު އެޓީމު ދެވަނަ ބުރަށް ދިޔައީ ހައްގު ނޫން ގޮތަކަށް ކަމަށް ދެކެވޭ ވާހަކަ ތަކަށް ފުރިހަމަ ޖަވާބެއް ލިބޭނެ ކަމަށް ބެލެވެއެވެ. އެޓީަމށ ްފާޑު ކިޔުން އަމާޒު ވީ ފީފާގެ ޑިސިޕްލިން އުސުލުގެ ދަށުން ރިނދޫ ކާޑު މަދުން ދައްކާފައި ވާތީ ސެނަގާލް ގެ މައްޗަށް ކކުރި ލިބި ދެވަނަ ބުރަށް ކޮލިފައި ވުމުންނެވެ.

މުޅި މި ވޯލްޑް ކަޕްގައި ވެސް އެންމެ ވަރުގަދައަށް ކުޅޭ ކަމަށް ބެލެވޭ ބެލްޖިއަމް ޓީމު ރޭގެ މެޗަށް ނިކުތް އިރު މި މުބާރާތުގައި އެންމެ ގިނަ ގޯލުޖަހައި (9)، ފުރިހަމަ 9 ޕޮއިންޓްގެ ރެކޯޑާއެކު ދެވަނަ ބުރަށް އެޓީމުންނެވެ. 

މެޗުގެ ކުރި ކޮޅު ދެޓީމުންވެސް އޯޕަން ރީތި ފުޓުބޯޅައެއް ކުޅެ، އިދިކޮޅު ގޯލަށް ހަމަލާ ދެމުން ދިޔައެވެ. އަދި ޖަޕާނުގެ ހަމަލާތަކާއި ކުޅުން ވަރުގަދަކަން ސާބިތުކޮށްދިނެވެ. އެއިގެ ނެތީޖާއަކީ ދެވަނަ ހާފު ފެށިގެންނާއެކު ހެން ޖަޕާނެގެ ހަރަގޫޗީ ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. އަދި އެއިގެ އިރުކޅެއް ފަހުން މެޗުގެ 52 ވަނަ މިނިޓުގައި އެޓީމުގެ ޓަކަށި އިނުއީގެ ގޯލަކުން ތަފާތު 2-0 އަށް ބަދަލު ކުރިއެވެ. 

މެޗުން ޖަޕާން މޮޅުވެގެން ނިމޭނެ ކަމަށ ްގިނަ ބަޔަކު ހިކޮށްގެންތިއްބާ ބެލްޖިއަމަގެ ކޯޗު ރޮބާރޓޯ މާޓިނޭޒް ކުރި ޓެކްނިކަލް ބަދަލުން  ޓީމަށ ްފައިދާލިބެން ފެށިއެވެ. ހަމަލާތަކަށް އިސްކޮޅުން ދިގު ލުކުންތެރިން ނެރުނެވެ. އެގޮތުން 6 ފޫޓު 4 އިންޗީގެ މަރުއާން ފިލޭނީ އާއި ޗާޑްލީ ހިމެނެއެވެ. މެޗުގެ ފުރތަމަ ގޯލެއް ބެލްޖިއަމަށް ކާމިޔާބުކުރެވުނި ޖަޕާނު ކީޕަރުގެ މިސްޓޭކަކުން ދޫކޮށްލެވުނު ބޯޅައެއް ގޮސް ގޯލުގެ މަތީކަނަށް އޮހިގެންނެވެ.

ދެވަނަ ގޯލު މަރުއާން ފެލެއިނީ ބޮލުން ކާމިޔާބުކުރީ މެޗުގެ 74 ވަނަ މިނިޓްގައެވެ. މިނަތީޖާއާއެކު ދެ ޓީމު 2-2ން އެއްވަރުވެގެން ކުޅުން އިރު ދެޓީމުން ވެސް އިދިކޮޅު ގޯލަށް ހަމަލާ ދެމުން ދިޔަ ހަލުވި ކުޅުމެއް ރޭގައި ފެނިގެންދިޔައެވެ.

މެޗު އިތުރު ވަގުތަށ ްދާނެކަމަށ ްބެލެވިގެން ތިއްބައި މެޗުގެ އިތުރު ވަގުތުގެ ވެސް ފަހު މިނިޓްގައި ޖަޕާންުގެ އޭޓކަަކަށ ްފަހު ބެލްޖިއމްުން އުފެއްދި ކައުންޓާއެޓޭކެއްގައި އެޓީމުގެ ބަދަލު ކުޅުންތެރިޔާ އަށް ލިބުނު ރީތި ހުރަހެއް ފައިން ރީއްޗަށް ޖައސާލައިގެން މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށްދިނެވެ. 

ދެވަނަ ހާފު ފެށިގެން ރޭގައި ކެޕްޓަން ހަޡާދުގެ ކުޅުން އިތުރަށް ވަރުގަދަކޮށް، ގޯލެއް ނުޖެހުނު ކަމުގައި ވިޔަސް މޮޅުވުމުގައި މުހިންމު ރޯލެއް އަދާކުރިއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ހަޒާޑެވެ.

ކްއާރޓަރ ފައިނަލުގައި ބެލްޖިއމާއި ވާދަކުރާނި ބްރެޒިލެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !