A wide advertisement which will be shown on all devices. (700 x 100)

ދެވަނަ ބުރުގެ ފަހު ދެމެޗުން އިންގްލޭންޑާއި ސްވިޑެން ކްއާރޓަރ ފައިނަލަށް

ދެވަނަ ވޯލްޑް ކަޕެއްގެ ހުވަފެނާއެކު އިނގިރޭސިން މެޗުން މޮޅުވެ އުފާ ފާޅުކުރަނީ. ފޮޓޯ: ފީފާ

ފީފާ ވޯލްޑް ކަޕް 2018 ގެ ދެ ވަނަ ބުރުގެ ފަހު ދެމެޗުން ރޭ ނިމުނު އިރު އިނގިރޭސި ވިލާތާއި ސްވިޑެއިން ކްއާރޓަރ ފައިނަލުގެ ޖާގަ ހޯދައިފިއެވެ. ރޭގެ ފުރަތަމަ މެޗުގައި ސްވިޑެން ވަނީ 1-0 ން ވާދަވެރި ސްވިޒރލޭންޑް ބަލިކޮށް ދެވަނަ ބުރުގެ ޖާގަ އެއް ހޯދާފައެވެ. ދެވަނަ މެޗުގައި އިންގިރޭސި ވިލާތާއި ކޮލަމްބިއާ ބައްދަލު ކުރި މެޗު ވާދަވެރި ކުޅުމަކަށް ފަހު ޕެނަލްޓީގައި އިންގްލެންޑުން ކުރި ހޯދައި ދެވަނަ ބުރުގެ ކޮލިފަިވީއެވެ.

ސްވިޒަރލޭންޑް 0 -1 ސްވިޑެން

ރެގޭ ފުރަތަމަ މެޗުގައި ސްވިޒަރލޭންޑާއި ސްވިޑެން ބައްދަލުކުރިމެޗު ގނަ ބަޔަކު އުއްމީދުކޮށްގެން ތިބީ ފަސޭހަ ކަމާއެކު ސްވިޑެން ބަލިކޮށް ސްވިޒަރލޭންޑް ކުއަރޓަރ ފައިނަލުގެ ޖަގަ ހޯދާނެ ކަަމަށެވެ. ނަމަވެސް މޮޅަށް ކުޅެމުން ދިޔަ ސްވިޒަރލޭންޑަށް ގޯލެއް ކާމިޔާބު ނުކުރެވުނެވެ. ސްވިޑެންއިން ހަމަލާ ދެމުން ދިަޔައީ މުޅިންވެސް ދިޔައި ކައުންޓަރ އެޓޭކްގައެވެ. ދިފާއަށް އިސްކަން ދިގެންނެވެ.

މެޗުގެ ހަމައެކަނި ގޯލު ާމިޔާބު ކުރެވުނީ ސްވިޑެންގެ އިތުބާރު ފޯވަޑް ފޯސްބާރގް ޕެނަލްޓީ އޭރިއާ ބޭރުން ޑީއޭރިއާ ހިސަބުން ފޮނުވާލި ހަމަލާއެއް ސްވިޒަރލޭްނޑްގެ ދިފާޢީ ކުޅުންތެރެއެއްގެ ފައިގައިޖެހިފައި މިސްރާބު ބަދަލުވެގެްނ ގޮސް ގޯލުގެ މަތި ކަނަށ ްވަދެގެނެވެ. ބޯޅަ ފޮނުވާލި ވަގުތު ފޮސްބާރގް އެއީ ގޯލަކަށް ވާނެ ބޯޅައެއް ކަމަށް އުއްމީދު ކުރިހެނެއް ވެސް އޭނާގެ މޫނުމަތީގެ ކުލަވަރުން ހާމަވިއެވެ. އެހާވެސް އުއްމީދު ކުޑަ ހަމަލާއެކެވެ. 

މިއީ 1994 ވަނަ އަހަރަށް ފަހު، (24 އަހަރަށް ފަހުން) ސް ވިޑެން ޓީމުން ވޯލްޑްކަޕްގެ ކްއާރޓާރ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކީ ސްވިޑެންގެ ގޯލް ކާމިޔާބުކޯށްދިން ފޯސްބާރގް އެވެ.

ރޭގެ މެޗުގައި 64000 މިހުން ކުޅިބެލިއިރު، ރޭގެ މެޗުގެ އަދަދާއެކު ފާހިއތުވި 21 (1930 ގެ ފަހުން) ވޯލްޑްކަޕްގައި ކުޅިބެލި މީހުންގެ އަދަދު މިވަނީ 40 މިލިޔަނަށް އަރާފައެވެ.

އިންގްލޭންޑް 1 – 1 (4-3 ޕ) ކޮލަމްބިއާ

ދެވަނަ ވޯލްޑް ކަޕަކަށް ދިގު އުއްމީދުތަކެއް ކުރަމުން އަންނަ އިނގިރޭސިން ރޭގައި ވަނީ ސައުތު އެމެރިކާގެ ބާރެއް ކަމަށްވާ ކޮލަމްބިއާ ޕެނަލްޓީގައި 4-3 ން  ބަލިކޮށް ކްއާރޓަރ ފައިނަލުގެ ޖާގަ ހޯދާފައެވެ.

ރޭގެ މެޗު ފެށީގެން އިނގިރޭސި ޓީމުން ވަރުގަދަ އެޓޭކިން ކުޅުމެއް ދައިަކމުން ދިޔައިރު، ރަހީމް ސްޓާރލިން އާއި ހެރީ ކޭން  އަދި ލިންގާޑް ހިފަހައްޓަން ކޮލަމްބިއާ އަށް ޖެހުނީ ގިނަ ފައުލް ތަކެއް ކުރާށެވެ. ނަމަވެސް އެއިގެ މާބޮޑު ފައިދާއެއް އިނގިރެށި ޓީމަކަށް ނުނެގުނެވެ. އަނިޔާގެ ސަބަބުން ކުޅެން ނުނެރެވުނު ޖޭމްސް ރޮޑްރިގޭޒް އާއި ނުލައި ކުޅުން ކޮލަމްބިއާއިން ދިޔައީ ކައުންޓަރ އެޓޭކުގައި ހަމަލާތައް ދެމުންނެވެ. އެޓީމުގެ ކެޕްޓަން ފަލްކާއޯ އާއި ކްއާޑްރާޑޯގެ ކުޅުން ފާހަގަ ވިއެވެ. 

ދެވަނަ ހާފުގައި ލިބުނު ކޯނަރެއްގައި ކޮލަމްބިއާގެ ކުޅުންތެރިއަކު ހެރީކޭން ގައިގައި ހިފަހައްޓާއި ވައްޓާލުމުން ލިބުނު ޕެނަލްޓީ ހެރީ ކޭން ގޯލަށް ވައްދާލައި މެޗުގެ ނަތީޖާ އިންގްލޭންޑް ކޮޅަށް އަނބުރާލިއެވެ. މި ގޯލާއެކު ލަނޑު ލިސްޓުގެ ކުރީގައި އޮތް ހެރީކޭން ގެ ޖުމްލަ 6 ލަނޑަށް ބަދަލު ވިއެވެ. މިއާއެކު އެނާ ވަނީ ވޅްޑްކަޕްގައި 6 ޯލު ޖެހި އިނގިރޭސި ދެވަނަ ކުޅުންތެރިޔާއަށެވެ. އެއްވަނަ އޮތީ 10 ގޯލު ޖެހި ކުރިގެ ކުޅުންތެރިޔާ ގެރީ ލިނެކާރ އަތުގައެވެ.

މި ނަތީޖާއާއެކު ހިތްވަރުގަދަ ކޮލަމްބިއާ ޓީމުން ކުރިއަށް ޖެހިލައި މުބާރާތުގައި ކުރިޔަށް ދިއުމަށް ކުރި މަސައްކަތަށް ހިތްވަރެއް ލިބުނީ މެޗުގެ އިތުރު ވަގުތުގައެވެ. އިތުރު ވަގުތުގެ ފަހު ވަގުތުކޮޅުގައި އެޓީމުގެ އުރީބޭ އިންގްލޭންޑްގެ ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބާރު ހަމަލާއެއް އިނގިރޭސި ކީޕަރަށް ގޯލުން ދިފާއުކޮށް ބައިކޮޅުން ބޭރުކޮށްލެވުނީ ހަމަ ކިރިޔާއެވެ. އެބޯޅާގައި ލިބުނު ކޯނަރު، ކޮލަމްއާބިއާގެ އިސްކޮޅުން ދިގު ޑިފެންޑަރު ޔެރީ މީނާ ބޮލުން ޖަހައި ކާމިޔާބުކޮށް ދިން ލަޑާއެކު ނަތީޖާ 1-1ން އެއްވަރުވެ، އިތުރު ވަގުތުގެ 30 މިނިޓްގެ ދެހާފު ކުޅެން ޖެހުނެވެ. އިތުރުވަގުތުގައި ދެ ޓީމުންވެސް މޮޅުވާން މަސައްކަތް ކުރިނަމަ ވެސް އިތުރު ގޯލެއް ނުޖެހި ނަތީޖާ ނެރެން ޖެހުނީ ޕެނަލޓްީ ޖަހާށެވެ.

އިންގްލޭންޑެގެ ހެންޑަރސަން ޖެހި ޕެނަލްޓީ ކީޕަރު މަތަކުރި އިރު ކޮލަމްބިއާގެ ކާލޯސް ބަކާ އާއި މަތެއަސް އުރީބެ ޖެހި ޕެނަލްޓީ ވެސް ކާމިޔާބު ކުރެވޭގޮތް ނުވުމުން 4-3 ން އިންގިރޭސިން މޮޅުވެ ދެވަނަ ވޯލްޑްކަޕުގެ ހުވަފެނާއި ގާތަށް ޖެހިލިއެވެ. އިނގިރޭސިންނަށް ވޯލްޑް ކަޕް ލިބިފައި ވަނީ 1966 ވަނަ އަހަރު އެވެ. 

މިމުބާރޓާުގެ ތާވަލް އޮތް ގޮތުން އިނގިރޭސިން ފައިނަލަށް ދިއުމަކީ ފަސޭހަ ކަމައްކަމުގައި ބެލެވެއެވެ. އެހެނީ ވަރުގަދަ ޓީމުތައް، ހުރީ އަނެއްފަޅިން ވާދަކުރާ ޓީމުތަކުގެތެރޭގައި ކަމަށްވުމާއި އިނގިރޭސިންނަށް ހުރި މެޗުތައް ފަސޭހަ ކަމަށް ބެލެވޭތިއެވެ. އިނގިރޭސިންނާއި ކްއާރޓަރ ފައިނަލުގައި ބައްދަލުކުރާނީ ސްވިޑެން އެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކި އިނގިރޭސި ޒުވާން ކެޕްޓަން ހެރީ ކޭން އެވެ.

ދެދުވަހުގެ ބްރޭކަކަށްފަހު ދެން ވޯލްޑްކަޕް މެޗެއް ކުޅެނީ އަންނަ ހުކުރު ދުވަހުއެވެ.

ކްއާރޓަރ ފައިނަލް 

ހުކުރު 19:00 އުރުގުއޭ އާއި ފްރާންސް

ހުކުރު 23:00 ބްރެޒިލް އާއި ބެލްޖިއަމް

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !