18 ޖުލައި 2018 (ބުދަ)


ގިނަ އަހަރުތަކަކަށް ފަހު މަޝްހޫރު އިނގިރޭސިން ސެމީ ފައިނަލަށް

ކްރޮއޭޝިއާ އިން މި މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކަމުން އާދޭ. ފޮޓޯ: ފީފާ

ކްރޮއޭޝިއާ އިން މި މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކަމުން އާދޭ. ފޮޓޯ: ފީފާ

ރޭ ރަޝިއާގެ ސަމާރާ އެރީނާ ގަިއ ކުޅޭވުނު ވޯލްޑްކަޕް ކުއާރޓަރ ފައިނަލުގެ ފުރަތަމަ މެޗު 2-0ން ކާމިޔާބުކޮށް އިނގިރޭސިން ވަނީ ގިނަ އަހަރު ތަކަކަށް ފަހު ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ރޭގެ ދެވަނަ މެޗުގައި މުބާރާތް ބޭއްވޭ ރަޝިއާއާއި ވަރުގަދަ ކްރޮއޭޝިއާ ބައްދަލުކުރި މެޗުގައި ނަތީޖާ ނެރެން ޖެހި ޕެނަލްޓީަގއި 4-3ން ކުރި ހޯދައި، ކްރޮއޭޝިއާ ވަނީ އެގައުމުގެ ފުޓުބޯޅަ ތާރީޚުގައި 2 ވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕް ސެމީ ފައިނަލުން ޖާގަހޯދާފައެވެ.

އިންގްލޭންޑް 2 - 0 ސްވިޑެން

އިޓާލިއާ 90' ގެ ވޯލްޑް ކަޕަށްފަހު އިނގިރޭސިން ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދީ ރޭ ކުޅެވުނު ކްއާރޓަރ ފައިނަލް މެޗު 2-0ން ސްވިޑެން ބަލިކޮށްގެނެނވެ. ރޭގެ މެޗުގައި އިނގިރޭސިންގެ ފުރަތަަމ ގޯލު ޖަހައި ދިނީ ޑިފެންޑަރު ހެރީ މެގުއާ އެވެ. އޭޝްލީ ޔަންގް ގެ ކޯނަރެއްގައި ޕެނަލްޓީ އޭރިއާ ތެރެއިން އިދިކޮޅު ކުޅުންތެރިންގެ ބޯމަތިން، ބޮލުން ޖަހައި ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައި އިނގިރޭސިންގެ އުއްމީދު އާކޮށްދިނީ މެޗުގެ 30 ވަނަ މިނިޓްގައެވެ. މި މުބާރާތުގައި އިނގިރޭސިންގެ ހިލޭ ޖެހުންތަކުގެ ނުރައްކާ އިދިކޮޅު ގޯލަށް ބޮޑުކަން ފާހަގަ ކުރެވެއެވެ.

ސްވިޑެންގެ ކުޅުންތެރިންގެ ވަރުގަދަ ހަމަލާތަކުން އިނގިރޭސިން ރޭގައި ސަލާމަތްކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ޒުވާން ގޯލްކީޕަރު ޖޯޑާން ޕިކްފޯޑްއެވެ. ދެވަނަ ހާފުގައި ރަޝިއާގެ މާރކަސް ބާރގް ބޮލުން ގޯލުގެ ތިރީ ކަނަށް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެސް ޕިކްފޯޑް ޑައިވްކޮށް އަތުން ޖައްސައި ބޯޅަ ބޭރުކޮށްލިއެވެ. 

މެޗުގެ ދެވަނަ ގޯލު ޑެލީ އަލީ ބޮލުން ޖެހީ ލިންގާޑުގެ ހުރަހެއްގައި މެޗުގެ 59 ވަނަ މިނިޓްގައެވެ. އެއިގެ ކުރިން ސްޓަރލިން އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔައެވެ. ނަމަވެސް ރޭގެ މެޗުގައި ސްޓާރލިންގެ ބޯޅަ ހިފެހެއްޓުންތަކުން ރަޝިއާގެ ޑިފެންސްލައިނަށް ބާރު ބޮޑުވެގެން ދިޔައެވެ. ޜޭގައި ބޮޑަށް ފެނިގެންދޔައީ މުޅި އިނގިރޭށި ޓީމުގެ ކުޅުމެކެވެ. 

ރޭގެ ބަލިވުމާއެކު ސްވިޑެން ގެ އުއްމީދުތަކުގެ ނިމުން އައީއެވެ. ނަމަވެސް އެޓީމުގެ ރޮބިން އޮސްލެން އާއި ވިކްޓަރ ލިންޑެލޯފްގެ ހުނަރުތައް ފާހަގަ ވެގެން ދިޔައެވެ. އަދި ރޭގައި ނުކުޅެވުނު އިތުބާރު ޑިފެންޑަރު މައިކަލް ލަސްޓިސް ނެތްތަން ރަޝިއާ ޓީމުން ފާހަގަ ވިއެވެ.

ކްރޮއޭޝިއާ 2 - 2 (4-3) ރަޝިއާ

ރޭ ކުޅެވުނު ކްއާރޓަރ ފައިނަލުގެ ފަހު މެޗުގައި މުބާރތް ބޭއްވޭ ރަޝިއާ އާއި ދިކޮޅަށް ނުކުތީ މުބާރާތުގެ އެންމެ މޮޅު ކުޅުމެއް ދައްކަމުންދާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކްރޮއޭޝިއާ އާއި ދެކޮޅަށެވެ. ކްރޮއޭޝިއާއިން ވޯލްޑް ކަޕް ކުޅެން ފެށި ފަހުން މި ވީ 20 އަހަރު ތެރޭގައި މިއީ ދެވަނަ ފަހަރަށް ސެމީ ފައިނަލުން ޖާގަ ހޯދި ފަހަރެވެ. ބަލްކަން އަށް ނިސްބަތްވާ ކްރޮއޭޝިއާ އިން ރޭގައި މޮޅު ވީ 2-2ން އެއްވަރުވެ ޕެންލަޓީގައި 4-3 ން ކުރި ހޯދައިގެންނެވެ.

ރޭގެ މެޗު ފޯރިގަދަ ވެގެން ދިޔައީ، މެޗުގެ ފުރަތަމަ ގޯލު، އަމިއްލަ ގައުމުގެ ސަޕޯރޓަރުން ކުރިމަތީގައި ރަޝިއާއިން ޖެހުމާއި މެޗު ދެކޮޅަށް ކިރެމުން ކުރިޔަށް ދިއުމުންނެވެ. ކައުންޓަރ އެޓޭކެއްގައި ރަޝިއާއިން ގޯލު ކާމިޔާބުކޮށް ދިނީ ޑެނިސް ޝެރީޝެވް މެދުތެރެއިން ޑަބަލް ޕާހެއް ހަދައި ކުރިޔަށް ބޯޅައާއެކު ޖެހިލައި އޭރިއާ ބޭރުން ގޯލުގެ މަތީ ކަނަށް ވައްދާލައިގެންނެވެ. ރަޝިއާއިން ގޯލެއް ކާމިޔާބުކުރިތާ 8 މިނިޓްރޭގައި ކްރޮއޭޝިއާއިން ވެސް ކައުންޓަރ އެޓޭކެއްގައި ހުރަސްކުރި ބޯޅައެއް އަންޑްރޭ ކްރެމަރިޗް ބޮލުން ގޯލަށް ވައްދާލައި ރަޝިއާ ސަޕޯޓަރުންގެ އަޑު ކަނޑުވާލިއެވެ.

ދެވަނަ ހާފުން ދެ ޓީމުން ވެސް ބޮޑަށް މަސައްކަތް ކުރީ މެޗުން ބަލިނުވުމަށެވެ. ނަމަވެސް ކްރޮއޭޝިއާގެ ޕެރަސިޗު ފޮނުވާލި ހަމަލާ ގޯލު ދަނޑީގެ އެތެރޭގައި ޖެހިފައި ގޯލު ހުރަސް ވެގެން ގޮސް ނިކުތީއެވެ.

އިތުރު ވަގުތަށް މެޗު ދެމިގެން ދިއުމުން ކްރޮއޭޝިއާން ވަނީ ފުރަތަމަ ހާފުގައި މެޗުގެ ލީޑް ނަގާފައެވެ. އެޓީމުން  2ވަނަ ގޯލު ކާމިޔާބު ކުރީ މޮޑަރިޗްގެ ކޯނަރެއްގައި ޑޮމަގޯ ވިޑާ  ބޮލުން ޖަހައިގެން ނެވެ. މި ނަތީޖާއާއެކު މެޗު ނިމިދާނެ ކަމަށް ބެލެވުނު ނަމަވެސް މެޗުގެ ފޯރި އަނެއްކާ ވެސް ގަދަވީ މެޗުގެ އިތުރު ވަގުތުގެ ފަހު ހާފުގެ ވެސް ފަހު 5 ވަނަ މިނިޓގައި ރަޝިއާގެ ހިލޭ ޖަހުމެއްގައި ފާނަންޑެޒް ބޮލުން ގޯލެއް ކާމިޔާބުކޮށް، މެޗު 2-2ން އެއްވަރު ވުމުންނެވެ.

ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހި ޕެނަލްޓީން ރަޝިއާގެ 2 ޕެނަލްޓީ ކާމިޔާބު ނުކުރެވުނު އިރު ކްރޮއޭޝިއާގެ އެއް ޕެނަލްޓީ ކާމިޔާބު ނުވެ ނަތީޖާ 3-4 ން ކްރޮއޭޝިއާ ސެމީ ފައިނަލުގެ ޖާގަ ހޯދީއެވެ. 

މިއީ ވޯލްޑް ކަޕްގައި ނަތީޖާ ނެރުމަށް ޕެނަލްޓީ ތައާރަފު ކުރި ފަހުން ޕެނަލްޓީ ޖެހި 30 ވަނަ މެޗެވެ. ފުރަތަމަ ޕެނަލްޓީ ޖަހާފައިވަނީ  1982 ގެ ސެމީ ފައިނަލުގައި ވެސްޓް ޖަރުމަން އާއި ފްރާންސް މެޗުގައެވެ. މިއީ މުބާރާތް ބާއްވާ ގައުމުން ޕެނަލްޓީ ޝޫޓްގައި ނަތީޖާ ނެރެން ޖެހުނު ދެ ވަނަ ވޯލްޑް ކަޕެވެ. ކްރޮއޭޝިއާގެ ފަހު ޕެނަލްޓީ ޖަހާ އިތުބާރު ކުޅުްނތެރިއަކީ ރަކިޓިޗް ކަން ރޭގެ މެޗާއި ޑެންމާކް މެޗުން އެގުނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކީ ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑަރިޗް އެވެ. ރޭގެ މެޗާއި ޑެންމާކް މެޗުގައި ވެސް އޭނާ ވަނީ ޕެނަލްޓީ ޝޫޓްއައުޓުގެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ނަމެވސް ޑެންމާކް މެޗުަގއި ކުޅުމުގެ ތެރެއިން ޖެހި ޕެނަލްޓީ އޭނާއަށް ގޯލަކަށް ް ނެހެދުނެވެ. 

ސެމީ ފައިނަލް މެޗް

10 ޖުލައި ދަންވަރު 11:00 ގައި ބެލްޖިއަމް އާއި ފްރާންސް

11 ޖުލައި ދަންވަރު 11:00 ގައި އިންގްލޭންޑް އާއި ކްރޮއޭޝިއާ 

3 ވަނ ހޮވާ މެޗު 14 ޖުލައި ރޭގަނޑު 7:00ގައި

ފައިނަލް މެޗު 15 ޖުލައި ރޭގަނޑު 8:00ގައި 

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!