20 ސެޕްޓެމްބަރ 2018 (ބުރާސްފަތި)


ވަރުގަދަ ސެމީފައިނަލުން ފްރާންސް ފައިނަލަށް

މެޗުން މޮޅުވި ގޯލު ޖެހުމަށްފަހު ފްރާންސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. ފޮޓޯ:ފީފާ

މެޗުން މޮޅުވި ގޯލު ޖެހުމަށްފަހު ފްރާންސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. ފޮޓޯ:ފީފާ

ރޭ ރަޝިއާގެ ސެންޓް ޕީޓަރސްބަރގް ގައި ކުޅެވުނު ފީފާ ބވޯލްޑް ކަޕް ސެމީ ފައިނަލުގެ ފުރަތަމަ މެޗު 1-0ން ކާމިޔާބުކޮށްގެން ފްރާންސް ފާއިފުތި 20 އަހަރު ތެރޭގައި 3 ވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދަތުރު ކޮށްފިއެއެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި އެޑިން ހަޒާޑްގެ ބެލްޖިއަމް ގެ މައްޗަށް ފްރާސުން ކުރި ހޯދީ ދެވަނަ ހާފުގައި ސެންޓްރަލް ޑިފެންޑަރ އުމްޓީޓީ ޖަހައި ދިން ލަޑަކުންނެވެ.

ފްރާންސް ގެ ގޯލަކީ ގްރިޒްމަން ނަގައިދިން ކޯނަރެއްގައި، ޕެނަލްޓީ އޭރިއާ ތެރެއިން ދުވެފައި ކުރިއަށް ޖެހިލައި، މާކު ކުރަން ހުރި މަރުއާން ފެލެއިނީއަށް ވުރެ ކުރިން ބޯޅަށް އަރާއި ޑިފެންޑަރ އުމްޓީޓީ ގޯލުގެ ކައިރިކަނަށް ބޮލުން ޖަހައި ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގައި ބެލްޖިއަމުން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ފްރާންސުގެ ގޯލަށް ދިނެވެ. ނަމަވެސް ފްރާނސްގެ ދިފާޢު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ފްރާންސްގެ ގޯލު އައީ މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅު 51 ވަނަ މިނިޓް) ގައެވެ. ކްއާރޓަރ ފައިނަލްގައި މޮޅަށް ކުޅެ މެޗުން ފާހަގަ ވެގެން ދިޔައީ ފްރާސްގެ ޑިފެންޑަރ ރަފޭލް ވެރާން އެވެ. މިމެޗުގައި ނަތީޖާ ނެރުނީ ޑިފެންޑަރ، އަދި މެޗުގެ މޮޅު ކުޅުންތެރިޔާ އުމްޓީޓީއެވެ. 

މުޅި މެޗުގައި ވެސް ފްރާނސްގެ ގޯލް ކީޕަރު ލޯރިސް އާއި ބެލްޖިއަމްގެ ދިގު ކީޕަރ ތީބޯޓް ކޯޓޯސް ގެ ސޭވް ތައް ފާހަގަ ވެގެން ދިޔައެވެ. ދެވަނަ ހާފުގައި ޖެހުނު ގޯލާއެކު ފްރާންސުން ދިފާއަށް އިސްކަން ދިންތަން ފާހަގަ ކުރެވުނެވެ. ނަތީޖާ އަކީ ބެލްޖިއަމް އިން ގިނައިރު ފްރާންސްގެ ހާފުގެތެރޭގައި ކުޅެން ފުރުސަތު ލިބުމެވެ.

މި މެޗްގައި ވެސް ފްރާނސްގެ ޒުވާން ފޯވަޑް އެމްބާޕޭގެ މޮޅު ކުޅުން ފާހަގަ ވެގެން ދިޔައެވެ. އަދި އޭނާގެ މޮޅު ޓެކްޓިކްސް ބޭނުންކޮށްގެން ޖިރޫ އަށް ހުސްކޮށް ދިން ފުރުސަތާއި އޭނާ އަމިއްލައަށް ހޯދި ފުރުސަތު ވެސް ފާހަގަ ވިއެވެ. މިމެޗުގައި ފްރާސްގެ މިޑްފިލްޑަރ ޕޮގްބާ އެޓޭކަށް ވުރެ ބޮޑަށް ދިފާއަށް ކުޅުނު ތަން ފާހަގަ ވިއެވެ.

މެޗުތައް ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ފްރާސްގެ ޓީމުގެ މޮޅު ކުޅުން ފެންނަނީ ހުރިހާ ޑިޕާޓްމެންޓަކުން ނެވެ. އެކި މެޗުގައި އެކި ޑިޕާޓްމެންޓްގެ ކުޅުމުން ތަފާތު ގެނެސްދޭތަން ވަނީފެނިފައެވެ. އެގޮތުން ދެވަނަ ބުރުގެ އާޖެންޓީނާ މެޗުގައި ފޯވާރޑްންގެ މޮޅުކަމާއި ކްއާރޓަރ ފައިނަލާއި ސެމީ ފައިނަލުގައި ޑިފާޢީ ކުޅުންތެރިންނާއި ގޯލް ކީޕަރުގެ ފަރާތުން ތަފާތެއް ދައްކައިގެން ކާމިޔާބު ހޯދާފައިވާ ކަމަށް ށެވެ.

ރޭގެ މޮޅާއެކު ފްރާންސް ގެ ކޯޗު، އަދި ކުރީގެ ކެޕްޓަން ޑިޝޮމްޕް މިވަނީ ފްރާންސްގެ ގައުމީ ޓިމަށް ވޯލްޑް ކަޕްގެ އެންމެ ގިނަ މެޗުގައި ކޯޗު ކޯށްދިނުމުގެ ރެކޯޑް ރޭގައި 11 މެޗާއެކު މިވަނީ ހަދާފައެވ. އަދި މި ރެކޯޑް، ފައިނަލް މެޗާއެކު 12 މެޗަށް ވެގެން ދާނެއެވެ. 

މިރޭ ކުޅެވޭނީ ސެމީ ފައިނަލް 2 ވަނަ މެވެ. މިމެޗުގައި ބައްދަލު ކުރާނީ ކޮރޮއޭޝިއާ އާއި އިންގްލޭންޑެވެ. 

މެޗު ފެށޭނީ ރޭގަނޑު 11:00 ގައެވެ. 

މުބާރާތުގެ 3 ވަނަ ހޮވާ މެޗުގައި ބެލްޖިއމާއި ބައްދަލު ކުރާނީ މިރޭގެ މެޗުން ބަލިވާ ޓީމެކެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!