20 ޖެނުއަރީ 2019 ( އާދީއްތަ )

banner

މި 3 ކުޅުންތެރިން ވެސް އަދި އިތުރު ގޯލު ޖެހުމުގެ ފުރުސަތު އެބަ އޮތް.

މިވޯލްޑް ކަޕްގެ ތަފާސް ހިސާބު

ފީފާ ވޯލްޑް ކަޕްގައި 32 ޓީމު ކުޅެން ފެށި ފަހުން ކޮންމެ މުބާރާތެއްގައި ވެސް ކުޅެނީ 64 މެޗެވެ. އެ 64 މެޗުގެ ތެރެއިން މިމުބާރާތުގައި މިހާތަނަށް މިވަނީ 61 މެޗު ކުޅެވިފައެވެ. ބާކީ އޮތީ 3 މެޗެވެ. އެއީ މިރޭ ކުޅޭ ސެމީ ފައިނަލް ފަހު މެޗާއި މުބާރާތުގެ 3 ވަނަ ހޮވާ މެޗާއި ފައިނަލް މެޗެވެ.

މި ފަހަރުގެ މުބާރާތުގައި، މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައި ވަނީ އިންގްލޭންޑްގެ ހެރީ ކޭން އެވެ. އެއީ 6 ގޯލެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ގުނުމުގައި، ނަތީޖާ ނެރުމަށް ޖަހާ ޕެނަލްޓީގައި ކާމިޔާބު ކުރާ ގޯލް ނުގުނައެވެ. ދެވަނަ ބެލްޖިއަމްގެ ލުކާކޫ 4 ގޯލު އަދި 3 ވަނަ ރަޝިއާގެ ޑެނިސް ޝެރީ ޝެވް، 4 ގޯލެވެ. ވަނަ ދިނުމުގައ ޖެހި ގޯލު އެއްވަރުވުމުން ދެން ބަލަނީ އެސިސްޓަށެވެ.

ގޯލު: މި މުބާރާތުގައި މިހާތަނަށް 158 ގޯލު ޖަހާފައި ވާއިރު، އެއީ މެޗަކަށް އެވްރެޖުކޮށް 2.6 ގޯލެވެ. މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ބެލްޖިއަމް ޓީމުންނެވެ. އެއީ 14 ގޯލެވެ. އެންމެ ގިނަ ގޯލު ޖެހި މެޗަކީ ބެލްޖިއަމް – ޓިއުނީޝީއާ މެޗެވެ. އެއީ 7 ގޯލެވެ.

ހަމަލާ: އިދިކޮޅު ގޯލަށް އެންމެ ގިނައިން ހަމަލާ ދީފައި ވަނީ ބްރެޒިލް ޓީމުންނެވެ. އެޓީމުން ވަނީ އިދިކޮޅަށް 292 ހަމަލާ ދީފައެވެ. އެންމެ އެޓޭކިން ޓީމަކީ ބްރެޒިލް އެވެ. އެންމެ ގިނަ ހަމަލާ ދިން ކުޅުންތެރިއަކީ ބްރެޒިްލގެ ނޭމާ އެވެ. އޭނާ އިދިކޮޅު ގޯލަށް 27 ހަމަލާ ދިނެވެ. އެންމެ ގިނަ ހަމަލާ ދިން މެޗަކީ ޓިއުނީީޝއާ ބެލްޖިއަމް ބައްދަލުކުރި މެޗެވެ. އެމެޗުގައި 31 ހަމަލާ އިދިކޮޅު ގޯލަށް ދީފައި ވެއެވެ. މި މުބާރާތުގެ މެޗަކަށް އެވްރެޖް ކޮށް ހަމަލާ ދީފައި ވަނީ 18.4 ހަމަލާ އެވެ.

ދިފާޢު: މުބާރާތުގައި އެންމެ ގިނައިން ދިފާޢު ކުރި ޓީމަކީ ރަޝިއާ ޓީމެވެ. އެ ޓީމުން ވަނީ 259 ބޯޅަ އެކި ގޮތްގޮތުން (ޓެކްލް، ސާފުކޮށްލުން، ގޯލުން ސަލާމަތްކުރުން) ދިފާޢުކޮށްފައެވެ. އެންމެ ގިނަ ހަމަލާ ގޯލުން ސަލާމަތްކުރި މެކްސިކޯގެ ކީޕަރު އޮޗޯއާ ވަނީ 25 ބޯޅަ ގޯލުން ސަލާމަތް ކޮށްފައެވެ.

ކާޑު: މުބާރާތުގައި މިހާތަނަށް 210 ރީނދޫ ކާޑު އަދި 4 ރަތް ކާޑު ދައްކާފައި ވާއިރު، އެއީ މެޗަކަށް 3.5 ރީނދޫ ކާޑެވެ. އެންމެ ގިނަ ރީނދޫ ކާޑު ދެއްކީ ބެލްޖިއަމް – ޕެނަމާ މެޗުގައެވެ. އެއީ 8 ރީނދޫ ކާޑެވެ.

ޕާސް: މިހާތަނަށް ޖުމްލަ 47031 ޕާސް ފުރިހަމަ ކުރެވިފައި ވާއިރު މިއީ މެޗަކަށް 771 ޕާހެެވެ. އެންމެ ގިނަ ޕާސް ފުރިހަމަ ކުރީ ރަޝިއާ ސްޕޭން މެޗުގައެވެ. އެއީ 1235 ޕާސް އެވެ. އެންމެ ގިނަ އިން ޕާސް ކުރި، ސްޕޭނުން ވަނީ 3120 ޕާސް ފުރިހަމަ ކޮށްފައެވެ. އެންމެ ގިނަ ފާސް ފުރިހަމައަށް ކޮށް ފައިވާ ކުޅުންތެރިއަކީ ސްޕެއިންގެ ސާޖިއޯ ރާމޯސް އެވެ.

މުބާރާތުގައި އެންމެ ބޮޑަށް ދުވީ ރަޝިއާގެ ރަޝިއާގެ ރޯމަން ޒޮބްނިން އެވެ. އޭނާ 62 ކިލޯ މީޓަރު ދުވަފައި ވެއެވެ.

މަޢުލޫމާތު :ފީފާ

banner

ކިޔުންތެރިންގެ ޚިޔާލު