28 މެއި 2020 ( ބުރާސްފަތި )

banner

ކްރޮއޭޝިއާ އިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލަށް. ފޮޓޯ: ފީފާ

ހިތްދަތި ގޮތަކަށް އިނގިރޭސިން ބަލިކޮށް ކްރޮއޭޝިއާއިން ފައިނަލަށް

ރޭ މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމް ގަި ކުޅެވުނު ފިފާ ވޯލްޑްކަޕް 2018 ގެ ސެމީ ފަިއނަލ ދެވަނަ މެޗުގައި އިންގިރޭސިން ހިތްދަތި ގޮތަކަށް ބަލިކޮށް ކްރޮއޭޝިއާ އިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ. މިމެޗު ނިމުނީ އިތުރު ވަގުތުގެ ފަހު ހާފުގައި ޖެހި ގޯލަކާއެކު 2-1 ން ކްރޮއޭޝިއާ މޮޅުވެގެނެވެ. 

ރޭގެ މެޗު އިންގިރޭސިން ފަށައިގަތީ އުއްމީދާއެކު ބޯޅަ ކޮންޓްރޯލް ހޯދައިގެންނެވެ. ނަތީޖާއަކަށް ވީ މެޗުގެ 5 ވަނަ މިނިޓްގައި އިނގިރޭސިން ގޯލެއް ޖަހައި މެޗުގެ ލީޑް ނެގުމެވެ.

މި ގޯލު އިނގިރޭސިންނަށް ކާމިޔާބުކޮށް ދިނީ ޑީއޭރިއާ ކައިރިން ލިންގާޑު ހިފަިއގެން ދިޔަ ބޯޅައަކަށް މޮޑަރިޗް ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުމެއްގައެވެ. މި ހިލޭ ޖެހުން ކޮރޮޝިއާގެ ފުޅައް މަތިން ގޯލުގެ މަތީ ކަނަށް ފޮނުވާލީ އިންގްލޭންޑްގެ ޑިފެންޑަރ ޓްރިޕިއަރ އެވެ.

މި ލަނޑާއެކު ކްރޮއޭޝިއާގެ ކުޅުން ވަރުގަދަ ކުރިއެވެ. ނަމަވެސް މިހާފުގައި އަނެއްކާ ވެސް ގޯލު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ އިނގިރޭސި ކެޕްޓަން ހެރީ ކޭން އަށެވެ. އޭނާ ގޯލް އެރިއާ ތެރެއަށް އަރިމަތިން ވަދެ ފޮނުވާލި ބޯޅަ ކްރޮއޭޝިއާ ކީޕަރު ވެއްޓިގަތުމުން ފައިގައި ޖެހިފައި ނިކުން ބޯޅަ ދެވަނަ ފަހަރަށް ވެސް ގޯލު ދަނޑި ކައިރިން ކޭން އަށް ލިބުނެވެ. މިފަހަރު ފޮނުވާލި ބޯޅަ ވެސް ކްރޮއޭޝިއާގެ ކީޕަރު ވެއްޓިގެން ފައިން ޖަހާ ސަލާމަތް ކުރީ ގޯލު ރޮނގު މަތިންނެވެ. 

ދެވަނަ ހާފު ފެށިގެން ކްރޮއޭޝިއާގެ ހަމަލާތައް އިތުރު ކުރިއެވެ. އެގޮތުން މެޗުގެ 68 ވަނަ މިނިޓްގައި ކްރޮއޭޝިއާގެ ހުރަހެއްގައި ގޯލް އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް ޕެރަސިޗު ފޮނުވާލި ބޯޅައިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެހިސާބުން އިނގިރޭސިން ފެނުނީ މެޗު ޑްރޯއަކަށް ކުޅުނުތަނެވެ. މިހާފުގައި ދެން ވެސް ފެނުނީ ކްރޮއޭޝިއާގެ ނުރައްކާތެރި ހަމަލާއެކެވެ. މިފަހަރު ޕެރަސިޗް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ހުހަށް ހުރެ ގޯލުގެ ދުރު ކަނަށް ފޮނުވާލި ބޯޅަ އަމާޒުވީ ދުރު ދަނޑިީގެ ބުޑަށެވެ. ދަނޑީގައި ޖެހިފައި ނިކުތް ބޯޅަ ވެސް ކްރޮއޭޝިއާ ކުޅުންތެރިއަކު ގޯލަށް ފޮނުވާލިއެވެ، ނަމަވެސް އެބޯޅަ އިނގިރޭސި ކީޕަރު ހިފީއެވެ.

ނަތީޖާއަކަށް ބަދަލެއް ނައައިސް މެޗު އިތުރު ވަގުތުގެ 15 މިނިޓްގެ ދެހާފަށް ދިޔައެވެ. މީއީ މި މުބާރާތުގައި ކްރޮއޭޝިއާ އިން އިތުރު ވަގުތު ކުޅެން ޖެހުނު 3 ވަނަ މެޗެވެ. މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތު ލިބި ވަނިީ ބޭކާރު ވެފައެވެ. އިތުރު ވަގުތުގެ ފަހު ހާފުގައި ކްރޮއޭޝިއާގެ ހުރަހެއްގައި އިންގްލޭންޑްގެ ޑިފެނޑަރުން ތެރެއިން ކުރިއަށް ޖެހިލައި ޔުވެންޓަސްއަށް ކުޅޭ ފޯވަޑް މަންޒުކިޗު ފައިން ގޯލުގެ ދުރު ކަނަށް ވައްދާލި ބޯޅައާއެކު އެޓީމު ތާރީޚުގެ ތެރެއަށް ގެން ގޮސް ދިނެވެ.

މި ނަތީޖާއާއެކު ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅޭނީ ފްރާންސާއި ކްރޮއޭޝިއާއެވެ. އެ މެޗު އޮންނާނީ ޖުލައި 15 ވަނަ ދުވަހުގެ ރެއެވެ. މުބާރާތުގެ 3 ވަނަ ހޮވާ މެޗުގައި އިންގްލޭންޑާއި ބައްދަލު ކުރާނީ ބެލްޖިއަމް އެވެ.     


ކިޔުންތެރިންގެ ޚިޔާލު