17 އޮކްޓޯބަރ 2018 ( ބުދަ )

banner

ފްރާންސުން ފީފާ ވޯލްޑް ކަޕް ދެވަނަ ފަހަރަށް މިރޭ އުފުލާލައިފި. ފޮޓޯ؛ ފީފާ

ފްރާންސުން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލައިފި

މިރޭ މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ކުޅެވުނު ފީފާ ވޯލްޑް ކަޕް ގެ ފައިނަލް މެޗު 4-2ން ކާމިޔާބުކޮށް މުބާރާތުގެ ތަށި ފްރާންސުން ދެވަނަ ފަހަރަށް އުފުލާލައިފިއެވެ. ފްރާންސުން އެންމެ ފުރަތަމަ ވޯލްޑް ކަޕް ތަށި ހޯދާފައި ވަނީ މިހާރުގެ ކޯޗު ޑިޑިއޭ ޑިޝޮމްޕްގެ ކެޕްޓަން ކަމުގައި 1998 ގައެވެ. މިރޭ ގެ ފައިނަލް މެޗުގެ 18 ވަނަ މިނިޓްގައި ގްރިޒްމަންގެ ހިލޭ ޖުހުމެއްގައި ކްރޮއޭޝިއާގެ ސެންޓްރަލް ފޯވަޑް މަންޒުކިޗު ގެ ބޮލުގައި ޖެހިފައިގޮސް ގޯލަށް ވަދަގެން މެޗުގެ ކުރީ ކޮޅު ފްރާންސަށް ލީޑް ލިބުނެވެ.

މެޗުގައި މޮޅަށް ކުޅެމުންދިޔަ ކްރޮއޭޝިއާ އިން ވަނީ ފްރާސްންގެ ލަނޑު ޖެހުނު ތަނާ 10 މިނިޓް ފަހުން ގޯލެއް ޖަހައި މެޗުގެ ނަތީޖާ 1-1 ން ހަމަހަމަ ކޮށްދިނީ އެޓީމުގެ ޕެރަސިޗް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕްރާންސަށް ލިބުނު ޕެނަލްޓީއެއްގައި ގްރިޒްމަން ވާނީ ގޯލެއް ކާމިޔާބު ކޮށްދީ އޭނާ މުބާރާތުގައި ޖެހި ގޯލުގެ އަދަދު 4 އަށް އަރުވާފައެވެ.

ދެވަނަ ހާފު ފެށިގެން ވެސް ކްރޮއޭޝިއާގެ ކުޅުން ފުރިހަމަވެ ގިނަ އިރު ބޯޅަ ގެންގުޅުނެވެ. ނަމަވެސް ގޯލު ޖެހީ ޕޮގްބާއާއި ފްރާންސްގެ ޒުވާން ފޯވަޑް އެމްބާޕޭއެވެ. މެޗުގެ ކްރޮއޭޝިއާގެ ފަހު ގޯލަކީ ފްރާންސްގެ ކކެޕްތްން އަދި ކީޕަރަށް ހެދުނު ގޯހެއްގައި ކްރޮއޭޝިއާގެ މަންޒުކިޗުގެ ފައިގައި ޖެހިފައި ވަން ގޯލެކެވެ. މެޗު ނިމުނީ 4-2 ން ފްރާންސް މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްރާންސްގެ ގްރިޒްމަން އެވެ.

ފްރާންސްގެ ކޯޗް ޑިޝޮމްޕް އަކީ ކުޅުންތެރިޔެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ވޯލްޑް ކަޕް ކާމިޔާބުކުރި 3 ވަނަ މީހާއެވެ. އެއިގެ ކުރިން މާރިއޯ ޒަގަލޯ އާއި ފްރޭންޒް ބެކެންބަރ ވަނީ ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި ވޯލްދް ކަޕް ހޯދާފައެވެ.

މިރޭ އެމްބާޕޭ ޖެހި ގޯލާއެކު އޭނާ ވަނީ ޓީނޭޖް އުމުރުގައި ވޯލްޑް ކަޕްގައި ގޯލު ޖެހި ދެވަނަ ކުޅުންތެރިޔާއަށެވެ. ފުރަތަމަ ކުޅުންތެރިއަކީ ބްރެޒިލްގެ ޕެލޭ އެވެ.

މިރޭ މެޗު ފެށުމުގެ ކުރިން މުބާރާތް ނިންމުމުގެ ޚާއްސަ ހަރަކާތްތައްކެއް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި މުބާރާތް ނިމުމާއެކު މުބާރާތުގެ ވަނަ ތަކަށް ވަނީ އިނާމު ދީފައެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހޯދީ އިންގްލޭންޑްގެ ހެރީ ކޭން އެވެ. އޭނާ މިރަސްމިއްޔާތުގައި ބައިވެރިއެއް ނުވައެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަށް ދޭ ގޯލްޑެން ގްލަވްސް ކާމިޔާބުކުރީ މުބާރާތުގެ 3 ވަނަ ހޯދި ބެލްޖިއމްގެ ކީޕަރު ތީިބޯ ކޯޓޯސް އެވެ. އޭނާ  ވެސް މި ރަސްމިއްޔާތުގައި ބައިވެރިއެއް ނުވައެވެ.

މުބާރާތުގެ އެނެމް މޮޅު ކުޅުންތެރިއަކަށް ދޭ ގޯލްޑެން ބޯލް ހޯދީ ކްރޮއޭޝިއާގެ ކެޕްޓަން ލޫކަރ މޮޑަރިޗެވެ.

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ފްރާންސްގެ އެމްބާޕޭއެވެ.

މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ ސްޕެއިން އެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު