A wide advertisement which will be shown on all devices. (700 x 100)

ޑެމްބެލޭއަށް ވޯލްޑްކަޕާއި ގުޅިގެން ލިބުނު އާމްދަނީ އިން މިސްކިތް ބިނާކުރުމަށް ހޭދަކުރަނީ

ފްރާންސްގެ ޓީމާއިއެކު މިފަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި އޮސްމާނޭ ޑެމްބެލޭ އޭނާއަށް ވޯލްޑްކަޕާއި ގުޅިގެން ލިބުނު އާމްދަނީ މިސްކިތް ބިނާކުރުމަށް ހޭދަކުރުމަށް ނިންމައިފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ. މީޑިއާ ރިޕޯޓްތައް ހާމަކުރާ ގޮތުގައި ޑެމްބެލޭ މިސްކިތް އަޅާނެ ކަމަށް ބެލެވެނީ އޭނާގެ މަންމަގެ ގައުމުކަމަށްވާ މޮރިޓޭނިއާގައެވެ. އޮސްމާނޭގެ މަންމަގެ ގައުމުކަމަށްވާ އިސްލާމިކް ރިޕަބްލިކް އޮފް މޮރިޓޭނިއާއަކީ އިސްލާމީ ގައުމެކެވެ. 1960 ވަނަ އަހަރު ފްރާންސްގެ އަޅުވެތިކަމުގެ ދަށުން މިނިވަންވެފައިވާ މޮރިޓޭނިއާގެ އާާބާދީއަކީ 4.3 މިލިއަނެވެ. 

ފްރާންސަށް އުފަން 21 އަހަރުގެ ޑެމްބެލޭގެ މަންމައަކީ މޮރިޓޭނިއާ އަދި ސެނެގާލްގެ ދަރިކޮޅަކަށް ނިސްބަތްވާ މީހެކެވެ. އަދި ބައްޕައަކީ މާލީގެ މީހެކެވެ. މިއަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި ހިމެނޭ އެފްރިކާއަށް ނިސްބަތްވާ 15 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އޮސްމާނޭ ޑެމްބެލޭ ވަނީ މިދިޔަ އަހަރު ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ އާއި ގުޅިފައެވެ.

އޮސްމާނޭގެ އިތުރުން އޮސްމާނޭއާއިއެކު ފްރާންސް ގައުމީ ޓީމަށް ކުޅުނު ޒުވާން އެމްބާޕޭ ވަނީ ވޯލްޑްކަޕާއި ގުޅީގެން އޭނާއަށް ލިބުނު އާމްދަނީވެސް ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް ހަދިޔާކުރާނެ ކަމަށް ބުނެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !