ނިމިދިޔަ ފީފާ ވޯލްޑްކަޕް 2018ގެ ސަޕޯޓަރުންގެ ގަދަ 11 ކުޅުންތެރިން ހޮވައި އިޢުލާން ކޮށްފިއެވެ. ބެލުންތެރިންގެ ވޯޓުން ހޮވި މި 11 ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ 3 ކުޅުންތެރިންނާއި، ފްރާނސްގެ 2 ކުޅުންތެރިންނާއި ބެލްޖިއަމްގެ 2 ކުޅުންތެރިން ހިމެނެއެވެ.
ފީފާ 11، މިފަހަރު އެއްވެސް ސަޕޯޓަރަކަށް އެއްކޮށް ދިމާކުރެވޭ ގޮތެއް ނިވިއެވެ. ނަމަވެސް 5 ސަޕޯރޓަރަކު ވަނީ 10 ކުޅުންތެރިން ދިމާކޮށްގެން 1 ވަނަ އިނާމަށް ކޮލިފައިވެފައެވެ. މި މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ހައިސެންސް 4 ކޭ 65 އިންޗީގެ ޓީވީއެއް ފީފާއިން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 2 ވަނަ އަށް ހޮވުނު 50 ސަޕޯޓަރަކަށް ފީފާ ވޯލްޑްކަޕް އެޑިޑާސް ބޯޅައަކާއި ރަޝިއާ ވޯލްޑް ކަޕްގެ މެސްކޮޓްގެ ސޮފްޓް ޓޮއީއެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސަޕޯޓަރުންގެ ފީފާ ގަދަ 11 ގެ 1 ވަނަ ލިބިފައި ވަނީ ފީފާ ގޯލްޑެން ބޯލް ހާސިލް ކުރި ކްރޮއޭޝިއާގެ ލޫކާ މޮޑަރިޗަށެވެ.
މިފަހަރުގެ ވޯލްޑް ކަޕް ސަޕޯރޓަރުންގެ ގަދަ 11 ކުޅުންތެރިން.
1. ލޫކާ މޮޑަރިޗް (ކްރޮއޭޝިއާ) %49
2. ފިލިޕް ކޫޓީނޯ (ބްރެޒިލް) %45.5
3. ކީލިއަން އެމްބާޕޭ (ފްރާންސް) %41.1
4. ހެރީ ކޭން (އިންގްލޭންޑް) %36.3
5. ރަފޭލް ވެރާން (ފްރާންސް) %31.5
6. ކެވިން ޑި ބްރޭނާ (ބެލްޖިއަމް) %30.6
7. ތިއާގޯ ސިލްވާ ބްރެޒިލް) %29.3
8. ޑިއެގޯ ގޯޑިން (އުރުގުއޭ) %25.8
9. ކްރިސްޓިއާނާ ރޮނަލްޑޯ (ޕޯރޗުގަލް) %25.2
10. ތިބޯ ކޯޓޯސް (ބެލްޖިއަމް) %19
11. މާސެލޯ (ބްރެޒިލް) %18
ޚިޔާލުތައް