22 ސެޕްޓެމްބަރ 2018 ( ހޮނިހިރު )

banner

ފުވައްމުލައް: ދިގު ފުންމުމުން ގައުމީ ރެކޯޑު މުގުރާލައިފި

މިއަދު ހަވީރު ފުވައްމުލަކުގައި ނިމުނު އިންޓަރ ސްކޫލް 21 ވަނަ އެތުލެޓިކްސް މީޓުގައި ގައުމީ ރެކޯޑެއް މުގުރާލައިފިއެވެ. މި އެތުލެޓިކްސް މީޓުގައި ގައުމީ ރެކޯޑު މުގުރާލާފައި ވަނީ ދިގު ފުންމުންމުން ނެވެ. 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ރެކޯޑު ހެދީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އާމިނަތު ނަހޫ އެވެ. 

ނަޙޫ މިރެކޯޑު ހަދާފައި ވަނީ 4.92 މީޓަރަށް ފުންމައިގެނެވެ. ކުރީގެ ރެކޯޑަކީ 4.75 އެވެ.

މީގެ އިތުރުން ވެސް މައިލޯ އެތުލެޓިކްސް މީޓްގެ 3000 މީޓަރު ގެ ދިގު ދުވުމުގެ ރެކޯޑު ޏ.އޭއީސީގެ އަޙުމަދު އައިހަމް މުސާ ވަނީ ގާއިމުކޮށްފައެވެ. 


ކިޔުންތެރިންގެ ޚިޔާލު