20 ފެބުރުއަރީ 2020 ( ބުރާސްފަތި )

banner

ހޯދަޑު ސްޕޯރޓްސްއިން ަރަދޫ އެސްއެމްޓީ ބައްދަލުކުރީ 9-0ގެ ބޮދު ތަފާތަކުން. ފޮޓޯ: ހޯދަޑު ސްޕޯރޓްސް

ބޮޑު ތަފާތަކުން ހޯދަޑު ސްޕޯރޓސް މޮޅުވެއްޖެ.

މިހާރު އައްޑު ސިޓިަގއި ކުރިޔަށްދާ ފުޓްސަލް މުބާރާތުގައި ފުވައްމުލަކު ކުޅެ ހަމައެކަނި ޓީމު ކަމަށް ވާ ހޯދަޑު ސްޕޯރޓްސް ރޭ ކުޅުނު އެޓީމުގެ ފުރަތަމަ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ. ރޭ އައްޑޫ ސިޓީ މަނިކު ސްޓޭޑިއަމްގައި ކުރިޔަށް ދިޔަ މި މެޗު ހޯދަޑު ސްޕޯރޓްސް އާއި ވަދާކޮށް 9-0 ގެ ބޮޑު ތަފާތަކުން ބަލިވީ އައްޑޫ ސިޓީ މަރަދޫ އެސްއެމްޓީ ޓީމެވެ. 

މި މުބާރާތުގައި 16 ޓީމަކުން ވާދަކުރެއެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގައި ހޯދަޑު ސްޕޯރޓްސް ހިމެނެނީ ގްރޫޕް އޭ ގައެވެ. މި ގުރޫޕަގައި ދެން ހިމެނެނީ އެފްސީ ސްޕްރިންޓް ޓީމާއި އެފްސީ ބޭރުމަތި ޓީމެވެ. 

ރޭގެ މެޗުގައި ހޯދަޑު ޓީމުގެ އަޔާޒް އަޙުމަދު ވަނީ މޮޅު ކުޅުމެއް ދައްކައި މެޗުގައި ހެޓްރިކެއް ހަދާފައެވ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާއެވެ.

ހޯދަޑު ސްޕޯރޓްސް ގެ ދެވަނަ މެޗުގައި މާދަމާ 30 ޖުލައި ބައްދަލު ކުރާނީ އެސްސީ ސްޕްރިންޓް ޓީމާއެވެ. 

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 120000ރ.، އެއްލައްކަ ވިހި ހާސް ރުފިޔާ އިންމަކަށް ހުށަހަޅާފައިވާ ކަމަށް ވެއެވެ. އަދި ރަނަރަޕް ޓީމަށް 30 ހާސް ރުފިޔާ ހުށަހަޅާފައި ވެއެވެ.

މިއީ އެވިޑް ކޮލެޖާއި ވަގުތު އޮންލައިން ނޫހުގެ ފަރާޓުން އިންތިޒާމު ކުރާ މުބާރާތެކެވެ.

މި އަހަރު ބޭއްވުނު ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަނުންނަކީ ވެސް ހޯދަޑު ސްޕޯރޓްސް އެވެ.


ކިޔުންތެރިންގެ ޚިޔާލު