20 ސެޕްޓެމްބަރ 2019 ( ހުކުރު )

އައޑުގައި ކުޅޭވޭ ފުޓްސަލް މުބާރާތުގައި ހޯދަޑު ސްޕޯރޓްސްގެ ޖ.10 (ވ.) ބޯޅަ ހޯދައިގެން ކުރިއަށް ދަނީ. ފޮޓޯ: ހޯދަޑު ސްޕޯރޓަސް

ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ހޯދަޑު ސްޕޯރޓަސް ކުއާރޓަރ ފައިނަލަށް

މިހާރު އައްޑޫ ސިޓީގައި ކުރިޔަށްދާ އެވިޑު-ވަގުތު ފުޓްސަލް މުބާރާތުގައި ފުވައްމުލަކު ބައިވެރިވި ހޯދަޑު ސްޕޯރޓްސް ރޭ ކުޅުނު މެޗުން ބަލިވެއްޖެއެވެ. ނަމަވެސް ގްރޫޕުގެ 2 ވަނަ ޓީމުގެ ގޮތުގައި އެޓީމު ވަނީ ކްއާރޓަރ ފައިނަލަށް ހޮވިފައެވެ. އައްޑޫ ސިޓީ މަނިކު ސްޓޭޑިއަމްގައި ރޭ ކުޅެވުނު މެޗުން ހޯދަޑު ސްޕޯރޓްސް ބަލިވީ 2-0 ން އެފްސީ ބޭރުމަތި ޓީމު އަތުންނެވެ.  

ސޯޅަ ޓީމަކުން ވާދަކުރާ މި މުބާރާތުގައި ހޯދަޑު ޓީމު ހިމެނުނީ ގްރޫޕް އޭ ގައެވެ. މި ގުރޫޕުން އެއްވަނަ ހޯދީ ރޭގެ މެޗުން މޮޅުވި އެފްސީ ބޭރުމަތި ޓީމެވެ. ހޯދަޑު ސްޕޯރޓްސް އަށް ލިބެނީ ގްރޫޕުގެ 2 ވަނައެވެ.

ރޭގެ މެޗުން ބަލިވި ކަމުގައި ވިޔަސް ހޯދަޑު ޓީމުން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ހޯދާފައެވެ. އެއީ ފުރަތަމަ މެޗުގައި 9-1 ގެ މޮޅަކާއި ދެވަނަ މެޗުން 2-0 މޮޅެކެވެ. ދެވަނަ މެޗުގައި ހޮދަޑު ސްޕޯރޓްސް މޮޅުވީ އެސްޕީ ސްޕްރިންޓް އަތުންނެވެ. 

ކުއަރޓަރ ފައިނަލުގައި ހޯދަޑު ސްޕޯރޓްސް ބައްދަލުކުރާނީ ގްރޫޕް ބީ ގެ 1 ވަނަ ޓީމު ކަމަށްވާ އެފްސީ އުސްގަނޑާއެވެ. މިމެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު އެވެ.

ޗެމްޕިއަން ޓީމަށް 120000ރ.، (އެއްލައްކަ ވިހި ހާސް) ރުފިޔާ އިނާމަކަށް އަދި ރަނަރަޕް ޓީމަށް 30 ހާސް ރުފިޔާ ހުށަހަޅާފައިވާ ކަމަށް ވެއެވެ.

މި އަހަރު ބޭއްވުނު ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަނުންނަކީ ވެސް ހޯދަޑު ސްޕޯރޓްސް އެވެ.


ކިޔުންތެރިންގެ ޚިޔާލު


  1. Pingback: Hoadhadu sports in Vaguthu Futssal Muaatui Mirey