A wide advertisement which will be shown on all devices. (700 x 100)

ޔޫއެފާ މޮޅު ކުޅުންތެރިއަކަށް މޮޑަރިޗް

ޔޫއެފާ ޗެމްޕިއަންސް ލީގު 2018/2019 ގެ ގުރޫޕްތައް.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރު ނެގުން ރޭގައި ފްރާންސްގެ މޮނާކޯގައި ބާއްވައިފިއެވެ. ޔޫރަޕުގައި ބޭއްވެ އެންމެ ފޯރިގަދަ ކްލަބް ލީގުގަގައި 32 ޓީމަކުން 8 ގްރޫޕެއްގައި ވާދަކުރެއެވެ. ފުރަތަމަ ބުރުގައި (ގްރޫޕް ސްޓޭޖްގައި) ކުޅޭނީ ލީގު އުސޫލުން ހޯމް އެންޑް އަވޭ ދެމެޗެވެ. ކޮންމެ ގްރޫޕަކުން 2 ޓީމު ދެވަނަ ބުރަށް ކޮލިފައިވާނެއެވެ. 

ޔޫއެފާ ޗެމްޕިއަންސް ލީގު ގެ ގުރު ނެގުން ފޯރި ގަދަ ވަނީ ބޮޑެތި ޓީމުތައް ވެސް އެއް ގުރޫޕަކަށް ދިއުމުގެ ފުރުސަތު އޮންނާތީއެވެ. އެގޮތުން ފާއިތުވި ލީގުގައި ވަރުގަދަ އެތުލެޓިކޯ މެޑްރިޑް ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.

މިފަހަރުގެ ގްރޫޕުތައް ހަމަޖެހިގެން ދިޔައި މެންޗެސްޓަރ ސިޓީ ހިމެނުނީ ފަސޭހަ ގްރޫޕެއްގައެވެ. އެކަމަކު މެންޗެސްޓަރ ޔުނިައޓެޑް ނިމުނު ސީޒަނުގައި ފަސޭހަ ގްރޫޕެއްގައި ހިމެނުނު ކަމަގައި ވިޔަސް މިފަހަރު ހިމެނުނީ އެންމެ ބާރު ބޮޑު ކަމަށް ބެލެވޭ ގްރޫޕު އެފްގައެވެ. ޕީއެސްޖީ ނަޕޯލީ އަދި ލިވަރޕޫލް ހިމެނޭ ގްރޫޕް ސީ އަކީ ވެސް ބާރު ބޮޑުވާނެ ކަމަށް ބެލެވެ ގްރޫޕެކެވެ.

ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ރިއަލް މެޑްރިޑްގެ ލޫކަރ މެޑްރިޗު ހޮވުނު އިރު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ އެޓީމުގެ ރާމޯސް އެވެ. އަދި ގޯލް ކީޕަރަކީ ކާލޯ ނަވާސް ފޯވަރޑަކީ ކްރިސްޓިއާނާ ރޮނަލްޑޯ އެވެ. އެންމެ މޮޅު އަންހެން ކުޅުންތެރިއަކީ ޑެންމާކްގެ ހާޑަރ އެވެ.

* ގްރޫޕް އޭ              * ގްރޫޕް ބީ

އެތުލެޓިކޯ މެޑްރިޑް (ސްޕޭން)   – ބާސެލޯނަ (ސްޕެއިން)

ބްރޯޝިއާ ޑޮމުނޑް (ޖަރުމަން)   – ޓޮޓްނަމް (އިނގިރޭސި ވިލާތް)

މޮނާކޯ (ފްރާންސް)         – އީއެސްވީ އެއިންދޯވަން (ނެދަރލޭންޑް)

ކްލަބް ބުރޫޖޭ (ބެލްޖިއަމް)         – އިންޓަރ މިލާން (އީޓާލީ)

* ގްރޫޕް ސީ              * ގްރޫޕް ޑީ

ޕީއެސްޖީ (ފްރާންސް)        – ލޮކަމޯޓިވް މޮސްކޯ (ރަޝިއާ)

ނަޕޯލި (އިޓާލީ)           – ޕޯރޓޯ (ފްރާންސް)

ލިވަރޕޫލް (އިނގިރޭސި ވިލާތް)   – ޝާލްކޭ (ޖަރުމަން) 

ކްރެވީނާ ޒުވެޒްޑާ (ސާރބިއާ)      – ގަލަޓަސަރާއީ (ތުރުކީ)

* ގްރޫޕް އީ             * ގްރޫޕް އެފް

ބެޔާން މިޔުނިކު (ޖަރުމަން)      – މަންޗެސްޓަރ ސިޓީ (އިނގިރޭސި ވިލާތް)

ބެންފީކާ (ޕޯރޗުގަލް)         – ޝަކްތަކް ޑޮނެސްކް (ޔުކުރޭން)

އަޔަކްސް (ހޮލޭންޑް)          – ލިއޯން (ފްރާންސް)

އޭއީކޭ އެތެނސް (ގްރީސް)      – ހޮފެނީމް (ޖާރުމަން)

* ގްރޫޕް ޖީ            * ގްރޫޕް އެޗް

ރިއަލް މެޑްރިޑް (ސްޕޭން)     – ޔުއެންޓާސް (އިޓާލީ)

ރޯމާ (އިޓާލީ)            – މެންޗެސްޓަރ ޔުނަިއޓެޑް (އިނގިރޭސި ވިލާތް)

ސީއެސްކޭ މޮޮސްކޯ (ރަޝިއާ)    – ވެލެންސިއާ (ސްޕެއިން)

ވިކްޓޯރިއާ ޕްލެޒެން (ޗެކް ރިޕަބްލިކް)     – ޔަންގް ބޯއިސް (ސްވިޒަރލޭންޑް)

މިމުބާރާތަށް ޔޫރަޕްގެ ކްލަބު ޓީމުތައް ކޮލިފައި ވަނީ  ޔޫއެފާ އެސޯސިއޭޝަން ތަކުގެ ރޭންކިން އަށް ބަލައިގެންނެވެ. އެގޮތުން ޔޫއެފާ އެސޯސިއޭޝަން ތަކުގެ ރޭންކިން އިން 1-3 އަށް ހިމެނޭ ގައުމުތަކުގެ ލީގުން އެންމެ ގަދަ 4 ޓީމަކަށް ފުރުސަތު ލިބެއެވެ. 4-6 ރޭންކް ކުރެވޭ އެސޯސިއޭޝަން ތަކުގެ ލީގުން އެންމެ މޮޅު 3 ޓީމަކަށް ޖާގަ ދެވެއެވެ. އަދި 7-15 އަށް 2 ޓީމަށް ޖާގަ ދެވެއެވެ. މީގެ ތެރެއިން ބައެއް ޓީމުތައް ޖެހޭނީ ޕްލޭ އޯފް ކުޅެގެން ފައިނަލް 32 ޓީމުގެ ޖާގައެއް ހޯދާށެވެ.

ޔޫރޮޕާ ލީގު ޗެމްޕިއަވެސް ވެސް ޖެހޭނީ ޕްލޭ އޮފް ކުޅެގެން ޖާގައެއް ކަށަވަރު ކުރާށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !