A wide advertisement which will be shown on all devices. (700 x 100)

އަތޮޅު ކައުންސިލުން ބެޑްމިންޓަން މުބާރާތެއް ބާއްވަނީ

މާލޭގައި ބޭއްވި އަތޮޅުތަކުގެ ބެޑްމިންޓަން މުބާރާތުގައި ފުވައްމުލަކު ދެ ކުޅުންތެރިން ކުޅެނީ. ފައިލް ފޮޓޯ

ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާ އިން އިންތިޒާމްކޮށްގެން ފުވައްމުލަކު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބެޑްމިންޓަން މުބާރާތެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ “ފުވައްމުލައް އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް 2015” ނަމުގައި ބާއްވާ މުބާރާތް އޮންނާނީ 14 މެއި 2015 ވަނަ ދުވަހު ފެށޭގޮތަށް ކަމަށެވެ.
“މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ އޮފީސްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ފުރުމަށްފަހު 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެން. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުވައްމުލަކު އަތޮޅު ކަންސިލްގެ އިދާރާއިން ލިބެންހުންނާނެ .” އިއުލާންގައި ބުނެފައިވެއެވެ.

އަތޮޅު ކައުންސިލުން ކުރިންވެސްވަނީ ތަފާތު ކުޅިވަރު މުބާރާތްތަކެއް ބާއްވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !