A wide advertisement which will be shown on all devices. (700 x 100)

އޭއީސީގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މުޟައްފަރު ހޯދައިފި

މުޟައްފަރު އާއި އިމާދު އިއްޔެ ބައްދަލުކުރި ފައިނަލްމެޗް

ޏ.އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ 15 އަހަރުން މަތީގެ ޗެމްޕިއަންކަން މުޟައްފަރު ހައުސް ހޯދައިފިއެވެ. އަދި 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިމާދު ހައުސްއެވެ.
އިއްޔެ ފުވައްމުލަކު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު ފައިނަލްމެޗްގައި މުޟައްފަރު ހައުސް ޗެމްޕިއަންކަން ހޯދައިފައިވަނީ އިމާދު ހައުސްއާއި ވާދަކޮށް 3-4 އިންނެވެ. އިއްޔެގެ ފައިނަލްމެޗްގައި ދެ ޓީމުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފްގައި މުޟައްފަރު ގޯލެއް ކާމިޔާބުކޮށްފައިވަނިކޮށް ދެވަނަ ހާފްގައި އިމާދު އިން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ.

އަދި ދެވަނަ ހާފްގައި މުޟައްފަރު އިން އިތުރު ތިންގޯލް ޖަހައި ލީޑް ފުޅާކޮށްފައިވަނިކޮށް އިމާދު އިން މެޗްނިމެން ދަނިކޮށް ގޯލެއް ކާމިޔާބުކޮށްފައިވެއެވެ. މިމުބާރާތުގެ 15 އަހަރު ދަށުގެ އުމުރު ފުރާގެ ޗެމްޕިއަންކަން އިމާދު ހައުސް ހޯދައިފައިވަނީ މުޟައްފަރު ހައުސްއާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. އިއްޔެ މެންދުރު ކުޅުނު ފައިނަލް މެޗްގައި މުޟައްފަރު އިން ގޯލެއް ކާމިޔާބުކޮށްފައިވަނިކޮށް އިމާދު އިންވަނީ ފަހު ހާފްގައި ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. މިހެންކަމުން މެޗްގެ ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ އިން މުޟައްފަރު ކާމިޔާބުކުރީ 5-4 އިންނެވެ.

މުޟައްފަރު ހައުސްގެ ކީޕަރ ޕެނަލްޓީ ޝޫޓްއައުޓްގައި ޕެނަލްޓީއެއް ދިފާއުކޮށްފައިވެއެވެ.
މުބާރާތުގެ 15 އަހަރު ދަށާއި 15 އަހަރުން މަތީގެ ޗެމްޕިއަންޓީމަށާއި މަގާމްތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމްތައް ދީފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !