A wide advertisement which will be shown on all devices. (700 x 100)

އޭޝިއަން ޔޫތު އެތްލެޓިކްސް ޗެމްޕިއަންޝިޕަށް ފުވައްމުލަކު ހަތަރު ދަރިވަރަކު ގަތަރަށް ފުރައިފި

އޭޝިއަން ޔޫތު އެތްލެޓިކްސް ޗެމްޕިއަންޝިޕަށް މިއަދު ދޯހާ އަށް ފުރި އެތުލީޓުން. ފޮޓޯ އަލީ ޝާމް

ގަތަރުގެ ދޯހާގައި މިމަހު 8 އިން 11 އަށް ބާއްވާ އޭޝިއަން ޔޫތު އެތްލެޓިކްސް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގެ ގައުމީޓީމްގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހަތަރު ދަރިވަރުން ހިމެނި ޓީމާއި އެކު މިއަދު ފުރައިފިއެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ވިދާޅުވީ އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނެނީ 5 އެތުލީޓުންނާއި 2 ކޯޗުން އަދި މެނޭޖަރެއް ކަމަށެވެ. އެތުލީޓުންގެ ގޮތުގައި ހިމެނެނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިބްރާހީމް އަޝްފާން ޢަލީ، އަޙްމަދު ނާހިލް މަސްޢޫދު، ޢަލީ ނިފާޙް، ޢަލީ ޝާމް ގެ އިތުރުން ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަޒްލާ ވާފިރެވެ. މިޓީމްގެ ކޯޗުންނަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކޯޗް ޢާއިޝަތު ނާދިޔާ އާއި ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކޯޗް ޙުސައިން ރައުހަތު ގުދުރަތުﷲ އެވެ. މެނޭޖަރަކީ ކުރީގެ ބާރު ދުވުންތެރިޔާ މުޙައްމަދު ޢާމިރު އެވެ.
“މުބާރާތުގައި ނިފާޙް ޢަލީ ވާދަކުރާނީ ފިރިހެން ކުދިންގެ 100މ ދުވުމުގައާއި މިޑްލޭ ރިލޭގައި، އިބްރާހީމް އަޝްފާން ޢަލީ ވާދަކުރާނީ ފިރިހެން ކުދިންގެ 100މ، 200މ ދުވުމުގައާއި މިޑްލޭ ރިލޭގައި، އަޙްމަދު ނާހިލް މަސްޢޫދު ވާދަކުރާނީ ފިރިހެން ކުދންގެ 200މ ދުވުމުގައާއި މިޑްލޭ ރިލޭގައި، ޢަލީ ޝާމް ވާދަކުރާނީ ފިރިހެން ކުދިންގެ 400މ ދުވުމުގައާއި މިޑްލޭ ރިލޭގައި، ފަޒްލާ ވާފިރު ވާދަކުރާނީ އަންހެން ކުދިންގެ 800މ ދުވުމުގައި” އެތުލެޓިކްސް އެސޯސިއޭޝަނުން ވިދާޅުވިއެވެ.
ޓީމް އިއުލާންކުރުމަށް އިއްޔެ ސަލްސާރޯޔަލްގައި ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާއިބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ޒުވާން ކުޅުންތެރިންނަށް، ކުޅިވަރުގެ ދާއިރާއިން ހުރި ފުރުޞަތުތައް އެބަހުރިކަމާއި މުބާރާތުގައި ވާދަކުރާ އެތުލީޓުންނަށް ހިތްވަރު ދެއްވައި ވާހަކަ ދެއްކެވިއެވެ. މިރަސްމިއްޔާތުގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !